Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ހިންގުން

ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ހިންގުމަށް އައު އޮތޯރިޓީއެއް ގާއިމްކުރަނީ

5 ޖެނުއަރީ 2024 | ހުކުރު 03:24

އެމްއެމްއޭ އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖެނުއަރީ 2024 | ހުކުރު 03:24
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ހިންގުމަށް "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި އާ އޮތޯރިޓީއެއް ގާއިމްކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އަދި އިކޮނޮމިކް ޒޯން ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރތައް ރާއްޖޭގައި ގާއިމްކުރުމުގެ މަގު މިވަގުތަށް ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، އެމްއެމްއޭ އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ކ.ފުނަދޫ ތަރައްގީ ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކ. ފުނަދޫގައި މިހާރު ހުރި ތެޔޮ ރައްކާކުރުމުގެ ޚިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި ދޮޅު އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެމަސައްކަތް މުޅިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރެވި އެރަށާއި އެއަރޕޯޓާ ދެމެދުގައާއި، އަދި އެރަށާއި މާލެއާ ދެމެދު ބުރިޖުން ގުޅުވާލައި، ފަސޭހަކަމާ އެކީގައި ފަސިންޖަރުން، ކަސްޓަމަރުން، އަދި މުވައްޒަފުންނަށް ދަތުރުކުރެވޭފަދަ ނިޒާމެއް ގާއިމް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ "މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން" ގެ ނަމުން އާ ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަމަށެވެ. މިއީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ، އެމްޓީސީސީ ގުޅިގެން އުފައްދާ ކުންފުންޏެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މިކަންކަން ހުށަހަޅައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް