Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިހާބު

ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ މަޖިލިސް ޓިކެޓް 36 ފަރާތަކަށް

ޓިކެޓް ކަށަވަރުވި މެންބަރުންގެ ތެރޭގައި މިހާރުވެސް މަޖިލީހުގައި އެކި ދާއިރާތައް ތަމްސީލުކުރައްވާ 14 މެންބަރުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖެނުއަރީ 2024 | ބުރާސްފަތި 02:42
އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަ ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަ ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 36 ދާއިރާއަކަށް ކުރިމަތިލި ފަރާތްތަކަށް ޕްރައިމަރީއާއި ނުލައި ޓިކެޓް ކަށަވަރުވެއްޖެއެވެ.

އެމްޑީޕީން ބުނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުންނަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނުލާ ޕާޓީ ޓިކެޓް ކަށަވަރުކުރެވިފާ ކަމަށެވެ. 36 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރީއަކާއި ނުލާ ކަށަވަރުވެފައިވާ އިރު، އެއް ކެންޑިޑޭޓަަކަށްވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ޤައުމީ މަޖްލީހުން ނިންމުމާއި އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމާގޮތެއް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވި މެންބަރުންގެ ތެރޭގައި މިހާރުވެސް މަޖިލީހުގައި އެކި ދާއިރާތައް ތަމްސީލުކުރައްވާ 14 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހަށެވެ.

އެމްޑީޕީން ބުނެފައިވަނީ ޖެނުއަރީ 26 އަދި 27 ގައި ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ޕްރައިމަރީ ބާއްވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އިންތިޚާބުމަޖިލިސް އިންތިޚާބު 2024

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު