Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަރވިސް ކޮމިޝަން

ޕީއެސްގެ މަޤާމަކީ ޑެޕިއުޓީ މިނިސްޓަރާ އެއްފަންތީގެ މަޤާމެއްކަމަށް ބަޔާންކުރާ މާއްދާ އުވާލައިފި

3 ޖެނުއަރީ 2024 | ބުދަ 08:57

އިސްލާޙުގައި ވަނީ ސިވިލް ސަރވިސް ޤަވާއިދުގެ 26 ވަނަ މާއްދާގެ (ށ) އުނިކުރާ ވާހަކަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖެނުއަރީ 2024 | ބުދަ 08:57
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަކީ ދަރަޖައިގެ ގޮތުން ޑެޕިއުޓީ މިނިސްޓަރާ އެއްފަންތީގެ މަޤާމެއްކަމަށް ބަޔާންކޮށް ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގައި ހިމަނާފައިވާ މާއްދާ އުވާލައިފިއެވެ.

މި މާއްދާ އުވަލާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ ދަށުންނެވެ.

Advertisement - newsAdvertisement

އެ އިސްލާޙުގައި ވަނީ ސިވިލް ސަރވިސް ޤަވާއިދުގެ 26 ވަނަ މާއްދާގެ (ށ) އުނިކުރާ ވާހަކައެވެ.

ސިވިލް ސަރވިސް ޤަވާއިދުގެ 26 ވަނަ މާއްދާއަކީ ޕާމަނަންޓް ސެކެޓަރީއާ ބެހޭ މާއްދާއެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޕަރމަނަންޓް ސެކްރެޓަރީއަކީ އޭނާ ވަޒީފާ އަދާ ކުރާ އޮފީހުގެ އިސްވެރިޔާ ކަނޑައަޅާ ސިޔާސަތާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަސްއޫލު އޮފީހާއި ދާއިރާގެ އެންމެހައި ކަންތައްތައް ހިންގުމުގައި ފުރިހަމައަށް އެހީތެރިވެ އެއްބާރުލައި، އިސްވެރިޔާގެ އިރުޝާދާ އެއްގޮތަށް އެ ކަންތައްތައް ތަންފީޛުކޮށް ހިންގައި ބެލެހެއްޓުމުގެ ޒިންމާދާރު އިސްވެރިޔާ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި އޮންނަނީ  ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަކީ ދަރަޖައިގެ ގޮތުން ޑެޕިއުޓީ މިނިސްޓަރާ އެއްފަންތީގެ މަޤާމެެއް ކަމަށެވެ. ނަމަވެސް އަލަށް ގެނައި އިސްލާޙާއެކު އެ މާއްދާ މިހާރު ވަނީ އުވާލާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، ފުރަތަމަ 2008 ވަނަ އަހަރު ޕީއެސްއިން އައްޔަނުކުރިއިރު މުސާރަ ހަމަޖެއްސުމަށް އޭރު ބެލިއިރު، މިނިސްޓަރުން ފިޔަވައި ސިޔާސީ ގޮތުން އެންމެ މަތީ މަޤާމަކަށް އޮތީ، ޑެޕިއުޓީ މިނިސްޓަރުންގެ ދަރަޖަ ކަމަށެވެ. ވުމާއެކު އޭރު ބެލީ އެ މުސާރައާ އެއް ފެންވަރުގެ މުސާރައެއް ދިނުމަށް ކަމަށް ނާސިހު ވިދާޅުވިއެވެ.

މިހާރުގެ ޙާލަތަށް ބަލާއިރު، ސްޓޭޓު މިނިސްޓަރުން ފަދަ ޑެޕިއުޓީ މިނިސްޓަރުންނަށްވުރެ މަތީ ފަންތީގެ މަަޤާމުތައް ތިބޭކަން ފާހަގަ ކުރައްވައި ނާސިހު ވިދާޅުވީ، ސީއެސްސީގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނައިރު ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށެވެ.

ސިވިލް ސަވިރސް ކޮމިޝަން

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
07 ސެޕްޓެމްބަރު 2025

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި
19 އޯގަސްޓު 2025

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި
21 އެޕްރީލު 2025

ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި

21 އެޕްރީލު 2025
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
20 އެޕްރީލު 2025

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި

20 އެޕްރީލު 2025
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
23 ޖުލައި 2024

ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި

23 ޖުލައި 2024
ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި
09 ޖޫން 2024

ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

09 ޖޫން 2024
ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް