Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޒުވާން ޚަތީބު މަޝްރޫއު

ޒުވާން އިމާމު ކަމަށް 100 ޒުވާނުން ކުރިމަތިލައިފި، ރޯދަމަހަށް ތަމްރީނު ނިންމާލެވޭނެ: ޝަހީމް

10, 11، 12 ގައި ކިޔަވާ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2024 | ހޯމަ 13:22
ހުކުރު ހުތުބާ - އިނގިރޭސީ ބަހުން ވެސް ޝާއިޢުކުރަން ފަށައިފި

ހުކުރު ހުތުބާ - އިނގިރޭސީ ބަހުން ވެސް ޝާއިޢުކުރަން ފަށައިފި

ޒުވާން އިމާމުން ތަމްރީނު ކުރުމަށް ހިންގާ ޒުވާން ޚަތީބު މަޝްރޫއުގެ ތެރެއިން ޚުތުބާ ކިޔުމުގެ ހުއްދަ ނެގުމަށް 100 ޒުވާނުން ކުރިމަތިލައިފައިވާ ކަމަށާއި، އެ ޒުވާނުންނަށް ދޭންޖެހޭ ތަމްރީނުތައް މި އަންނަ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގްރޭޑް 10, 11، 12 ގައި ކިޔަވާ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.

Advertisement - newsAdvertisement

އެ މަސައްކަތުގެ އަދާހަމަ ދެއްވަމުން ހޯމަ ދުވަހު ވަޒީރު ޝަހީމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚުޠުބާ ކިއުމުގެ ހުއްދަ ނަގަން 100 ޒުވާނުން ކުރިމަތިލައިފައިވާ ކަމަށާއި، އެ ޒުވާނުންގެ އިންޓަވިއުތައް މި އަންނަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އޭގެ ފަހުން ފިގުހީ ތަމްރީނުތަކެއް ޒުވާނުންނަށް ދިނުމަށް ނިންމާފައިވާއިރު، އެ މަސައްކަތްތައް ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ ޕޯސްޓާއެކު ވަޒީރު ވަނީ ޒުވާން ޚަތީބު މަޝްރޫއު ރާވާފައިވާ ގޮތް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ޒުވާނުން ފޯމު ހުށަހެޅުމަށްފަހު، އެ ބައިވެރިންގެ އިންޓަވިއު ނެގުން އޮންނަ އިރު، އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ ހާޒިރުކޮށްގެން އަދި މާލެ ސަރަހައްދުން ބޭރުން ނަމަ އޮންލައިންކޮށެވެ.

އެގޮތުން އިންޓަވިއުގައި ޤުރްއާން ކިޔެވުން އަޑުއެހުމުގެ އިތުރުން، އިސްލާމީ ވުޒާރާގެ ވެބްސައިޓުގައިވާ ޚުތުބާތަކުން އެ ޒުވާނަކު އިޚްތިޔާރުކުރާ ޚުތުބާއެއް ކިޔުން އޮންނާނެއެވެ. އެ ޒުވާނުންނަށް ހުއްދަ ދޭނީ އެ އިންޓަވިއުއަށް ފަހުއެވެ.

އެގޮތުން ހުއްދަ ދެވޭ ޒުވާނުންނަށް އިމާމުކަމުގެ ޚަައްސަ ތަމްރީނެއް ދެވޭއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް އެ ތަމްރީނު ކުރިއަށްދާނީ މާލޭގައެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ތިބި ޒުވާނުން ނަމަ، އެ ސަރަހައްދުތަކެއްގައި އެ ތަމްރީނު ކުރިއަށްގެންދާނެއެވެ.

އެ ތަމްރީނުގައި މޮސްކް މެނޭޖްމެންޓް، ޚުޠުބާ ކިޔުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަޚްލާގު، މިސްކިތުގެ ދައުރު، ނަމާދުގެ ފިގުހު ފަދަ ދާއިރާތަކުން ތަމްރީނު ދޭނެއެވެ. މި ޕްރޮގްރާމުގައި އިމްތިހާނެއް ނޯންނާނެއެވެ.

މި ޕްރޮގްރާމަށް ފުރުސަތު ހުޅުވާލަމުން އެ މިނިސްޓްރީން އޭރު ބުނި ގޮތުގައި އެ ފުރުސަތު ހުޅުވާލާފައިވަނީ ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވައި، ނަމާދުގެ ފިޤުހުގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށެވެ. އެގޮތުން އެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށެއްގެ ދަރިވަރުންނަށް ވެސް ހުޅުވާލިއެވެ.

އިސްލާމިކް މިނިސްޓްރީއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު