Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން ގޯސްވުން

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ. ކައްދުއާއި މާލެއަށް

31 ޑިސެމްބަރު 2023 | އާދީއްތަ 13:40

މޫސުން ގޯސްވެ، ކ އަތޮޅުން ފެށިގެން އދ އަތޮޅަށް އާދިއްތަ ދުވަހު ވަނީ އޮރެންޖް އެލަރޓް ނެރެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޑިސެމްބަރު 2023 | އާދީއްތަ 13:40
މޫސުން

މޫސުން

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ. ކައްދުއަށް ކަމަށް، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހޮނިހިރު ދުވަހު ހެނދުނު 8:00ން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 8:00އާ ހަމައަށް، ކައްދުއަށް 119 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ. އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. އެއީ 73.7 މިލިމީޓަރުގެ ވާރެއެވެ.

Advertisement - newsAdvertisement

މާލެ ފިޔަވައި ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވަނީ އއ. ތޮއްޑުއާއި ހުޅުމާލޭގެ އިތުރުން ކާށިދުއަށެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި ފެންބޮޑުވެފައިވާ ރަށްތަކުގައި އެހީތެރިކަން ފޯރުކޮށްދީ، ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންހިންދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ، ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މޫސުން ގޯސްވެ، ކ އަތޮޅުން ފެށިގެން އދ އަތޮޅަށް އާދިއްތަ ދުވަހު ވަނީ އޮރެންޖް އެލަރޓްވެސް ނެރެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކ އަތޮޅުން ފެށިގެން އދ އަތޮޅަށް ނެރެފައިވާ އޮރެންޖް އެލަރޓް ނެރެފައިވަނީ އާދިއްތަ ދުވަހުގެ 15:15އިން ފެށިގެން 17:30ށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ސަރަހައްދުތަކަށް ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އާދިއްތަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން މީގެ ކުރިންވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ނ އަތޮޅުން ފެށިގެން ލ އަތޮޅަށެވެ. އެއީ އާދިއްތަ ދުވަހުގެ 13:00ން 17:00ށެވެ.

މޫސުން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 ޖޫން 2025

އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

05 ޖޫން 2025
އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
27 ޖެނުއަރީ 2025

މުޅި ރާއްޖެއަށް މޫސުން ގޯސް، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

27 ޖެނުއަރީ 2025
މުޅި ރާއްޖެއަށް މޫސުން ގޯސް، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
21 ޑިސެމްބަރު 2024

އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލައިފި

21 ޑިސެމްބަރު 2024
އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލައިފި
17 ޑިސެމްބަރު 2024

ށ އަތޮޅުން އދ އަތޮޅާ ހަމަ އަށް ޔެލޯ އެލަޓް ނެރެފި

17 ޑިސެމްބަރު 2024
ށ އަތޮޅުން އދ އަތޮޅާ ހަމަ އަށް ޔެލޯ އެލަޓް ނެރެފި
18 ނޮވެމްބަރު 2024

ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ

18 ނޮވެމްބަރު 2024
ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް