Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުން

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

މުޅި މަޝްރޫއަށް ޖުމްލަ 259 މިލިއަން ޑޮލަރު ނުވަތަ 3.98 ބިލިއަން ރުފިޔާ ޚަރަދުވާނެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2023 | ހޮނިހިރު 13:45
ހުޅުމާލޭ ތިންވަނަ ފިޔަވަހި

ހުޅުމާލޭ ތިންވަނަ ފިޔަވަހި

ތިން ފޭސްއަކަށް ބަހާލައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމްލަ 62.6 ހެކްޓަރުގެ ބިން ހިއްކާއިރު، އެންމެ ފުރަތަމަ ފޭސްގައި 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އެއާއެކު، ހޮނިހިރު ދުވަހު ފެށި އެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން 29 ހެކްޓަރު ހިއްކުމަށް ވަނީ ކަނޑައެޅިފައެވެ. އަދި ތިންވަނަ ފޭސްގައި 24 ހެކްޓަރު ހިއްކާނެއެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަަޒުލް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. ފަޒުލް ވިދާޅުވީ، ފުރަތަމަ ސްޓޭޖްގެ ބިން ހިއްކުމަށްފަހު، ޑްރެޖަރުގެ މަރާމާތަކަށް މަސައްކަތް މެދުކަނޑާލަން ޖެހުނުނަމަވެސް، މި ޕްރޮޖެކްޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެކަމަށެވެ.

ޖުމްލަ 259 މިލިއަން ޑޮލަރު ނުވަތަ 3.98 ބިލިއަން ރުފިޔާ ޚަރަދުވާނެ މި މަސައްކަތް ސީއެމްސީއާ ހަވާލުކުރީ، ދިޔަނެރުފަޅާއި ތިލަފުށިން ބައެއް ހިއްކުމުގެ މަސައްކަތާވެސް އެކުގައެވެ. އެގޮތުން އެ މަސައްކަތް ސީއެމްސީއާ ހަވާލުކޮށްފައިވަނީ ބިން ހިއްކުމުގެ އިތުރުން ރިވެޓްމަންޓް ޖަހައި ޝޯ ޕްރޮޓެކްޓުކުރުމާއި، މަގުހެދުމާއި، ފާލަން ހެދުމާއި، ޖެޓީ ހެދުން ހިމެނޭގޮތަށެވެ. މި މަސައްކަތް ނިންމަން ތާވަލުކޮށްފައިވަނީ ތިން އަހަރުގެ ތެރޭގައިއެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަކީ، ކުރިން ހުޅުމާލެ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންގައި ހިމެނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އެ މަސައްކަތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމުގެ ގޮތުން ފެށި މަސައްކަތެކެވެ.

ހުޅުމާލޭ 3 ވަނަ ފިޔަވަހި ހުޅުމާލެއަރބަންކޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު