Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީން 13 މެމްބަރަކު ވަކިވުން

"އެމްޑީޕީގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި، ހިތްވަރުގެ ކަމަރު ބަނދެގެން"

ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަމަށާއި، އެމްޑީޕީ ވަނީ އުފަލާއި، ހިތާމާއި، ކާމިޔާބީ އާއި ނާކާމިޔާބީ ވެސް ތަޖުރިބާކޮށްފައި ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2023 | ހުކުރު 01:08
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދިދަ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދިދަ

އެމްޑީޕީގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި ހިތްވަރުގެ ކަމަރު ބަނދެގެން، ކުރިޔަށް މިސްރާބު ޖަހައިގެން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާޙިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ 13 މެމްބަރަކު، އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއަށް ބަދަލުވެވަޑައިގަތުމާ ގުޅިގެން "އެކްސް"ގައި ކުރެއްވިޕޯސްޓެއްގައިއެވެ.

Advertisement - newsAdvertisement

އެގޮތުން އެކަމަށް އިޝާރަތްކުރެއްވި ނަމަވެސް، ވަކި ކަމެއް ވިދާޅުނުވެ ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހި ރައްޔިތުންގެ އުންމީދުތައް ޙާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަމަށާއި، އެމްޑީޕީ ވަނީ އުފަލާއި، ހިތާމާއި، ކާމިޔާބީ އާއި ނާކާމިޔާބީ ވެސް ތަޖުރިބާކޮށްފައި ކަމަށެވެ.

އެގޮތުން މި ދަނޑިވަޅަކީ އަނެއްކާވެސް އައު ހިތްވަރާ، އައު ޖޯޝަކާއި އެކު ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި ސާބިތުވެ ތިބެންވީ ވަގުތު ކަމަށާއި، މި ވަގުތަކީ އައު އުންމީދުތަކާއި އައު ލަނޑުދަނޑިި ތަކަކާއި އެކު ނިކުންނަންވީ ދަނޑިވަޅު ކަމަށެވެ.

އެއާއެކު ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި ހިތްވަރުގެ ކަމަރުބަނދެގެން، ކުރިޔަށް މިސްރާބު ޖަހައިގެން ކަމަށެވެ.

ޝާހިދު އެފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ މެމްބަރުންނަށް ބޮޑެތި އޮފާތަކެއް ހުށަހެޅިކަމުގެ އަޑު ފެތުރިފައި ވަނިކޮށް، 13 މެމްބަރަކު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ވަނީ ސޮއިކުރައްވައިފައެވެ.

ޕީއެންސީއަށް ސޮއިކުރެއްވި މެމްބަރުންނަކީ

1 - މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

2 - މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ހައިތަމް

3 - ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

4 - އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު

5 - ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ

6 - ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް

7- މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރް

8 - މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު

9- ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު

10- ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝާޒް

11- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

12- ކޮމަންޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ރާޝިދު، އަދި

13- މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޢަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު