Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރު ފަލާހު

މެންބަރު ފަލާހުގެ މައްޗަށް ވެސް ޖިނާއީ ހަތަރު ތުހުމަތެއް ކޮށްފި

29 ޖުލައި 2017 | ހޮނިހިރު 09:29

ބައެއް މެންބަރުން ބަންދުގައި، ބައެއް މެންބަރުންގެ މައްޗަށް ތަހުގީގާއި ޝަރީއަތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 29 ޖުލައި 2017 | ހޮނިހިރު 09:29
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ މައްޗަށް ވެސް ޖިނާއީ ހަތަރު ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

މިމަހުގެ 24 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގަތުމުން، އެ މެންބަރުންނަށް ހުރަސް އަޅައި ފުލުހުން ހިންގި ކަންތައްތަކާ ގުޅިގެން މަޖިލިސް މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއްކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ. އެގޮތުން ފަލާހުގެ އިތުރުން، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ގެ މައްޗަށް ވެސް ހަތަރު ތުހުމަތެއްކޮށްފައިވެއެވެ. އިބޫއާއި ފަލާހުގެ އިތުރުން، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ވެސް ތުހުމަތުތައްކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ.

Advertisement - newsAdvertisement

އެ މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލުމާއި، ގާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމާއި ،ހުއްދަނޫން ތަނަކަށް ވަނުމުގެ އިތުރުން މާރާމާރީ ހިންގުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ.

މެންބަރު ފަލާހުގެ މައްޗަށް ހިންގާ ތަހުގީގުގައި ހުކުރު ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، ހޮނިހިރު ދުވަހުގެ ހެނދުނު ވެސް ވަނީ ހާޒިރުކޮށްފަ އެވެ.

ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރު ފުލުހުންގެ އިދާރާގައި ހުންނެވުމަށް ފަހު ނިކުމެވަޑައިގެން ފަލާހު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އޭނާ ދެއްވި ބަޔާން ފުލުހުން ލިޔެފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި އެހެންކަމުން ހޮނިހިރު ދުވަހު އަލުން ބަޔަން ދެއްވާފައިވާނެ ކަމަށެވެ. ފަލާހު ވަނީ ވަކި މިސްރާބަކަށް ތަހުގީގު ގެންދަން ފުލުހުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް، އޭނާ ވިދާޅުވީ ތަހުގީގުގައި ފުލުހުން އެދުނު ހުރިހާ ކަމަށް އެއްބާރުލުން ދެއްވާފައިވާނެ ކަމަށެވެ.

ފަލާހު ވިދާޅުވީ މަޖިލިސް މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އަދި އެކަން ކުށަކަށް ވާނެ ގޮތެއް ވެސް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ތަހުގީގުތަކެއް ހިންގަނީ، މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ފަހު ޕީޕީއެމްއަށް އަލުން މަޖިލިސް މެޖޯރިޓީ "ލިބިއްޖެޔޭ" ބުނުމުގެ ބޭނުމުގަ އެވެ.

ފަލާހު ވަނީ ފުލުހުންގެ ބަންދުގައި ތިބި މެންބަރުން ދޫކޮށް، މެންބަރުންގެ މައްޗަށް ހިންގާ ތަހުގީގުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ. ފަލާހު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ކުރިމަތިވަމުންދާ ފަދަ ކަންތައްތަކެއް މީގެ ކުރިން އެއްވެސް އިރެއްގައި މަޖިލިސް މެންބަރުންނަށް ދިމާވެފައެއް ނުވެ އެވެ.

ފަލާހުގެ ގާނޫނީ ވަކީލު ސަފާ ޝަރީފް ވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނުން ކުށަކަށް ވާނެ އެއްވެސް ގާނޫނީ އަސާސެއް ނޯންނާނެ ކަމަށެވެ. އަދި މެންބަރުން މަޖިލީހަށް ވަނުމަށް ފުލުހުން ހުރަސްއަޅާފައިވާއިރު، އެއީ ވަރަށް ބޮޑު ކުށެއް ކަމަށާއި އެ ކުށް ކުރި ފުލުހުންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ސަފާ ވިދާޅުވި އެވެ.

ފަލާހު އާއި ރިޔާޒާއި، އިބޫގެ މައްޗަށް ތަހުގީގު ހިންގާއިރު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިހާރު ވެސް ތިއްބެވީ ބަންދުގަ އެވެ. ފާރިސްގެ މައްޗަށް ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ހިންގާއިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ. އަބްދުﷲ ރިޔާޒުގެ މައްޗަށް ވެސް ދައުވާއެއް ކުރިއިރު، އެ މައްސަލަ ދަށު ކޯޓުން ވަނީ ސާބިތުނުވާ ކަމަށް ކަނޑައަޅާފަ އެވެ. ދައުލަތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް