Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު، ރައީސް ވަހީދާ ބައްދަލުކުރެއްވުން

ރައީސް މުއިއްޒު، ކުރީގެ ރައީސް ވަހީދާ ބައްދަލުކުރައްވައިފި

މި ދުވަސްވަރު ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ކުރީގެ ރައީސުންނާ ބައްދަލުކުރައްވަމުން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 26 ޑިސެމްބަރު 2023 | އަންގާރަ 13:05
ރައީސް މުއިއްޒު ރައީސް ވަހީދާ ބައްދަލުކުރެއްވުން

ރައީސް މުއިއްޒު ރައީސް ވަހީދާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހާސަންއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް މުއިއްޒު، ރައީސް ވަހީދާ ބައްދަލުކުރައްވާފައިވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާވެސް އާދިއްތަ ދުވަހު ބައްދަލުކުރައްވާފައި ވަނިކޮށެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި ރައީސް ވަހީދު ވަނީ، ސިޔާސީ އަދި އިޖުތިމާއީ ކަންކަމާ ގުޅޭގޮތުންނާއި، ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި، ގައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދުވަސްވަރު ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ކުރީގެ ރައީސުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް ދަ ޑިމޮކްރެޓްސްގެ ޗެއަރޕަރސަން ހަސަން ލަތީފު، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް، އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާވެސް ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ. އެހެންނަމަވެސް އެ ބައްދަލުވުންތަކުގެ ބޭނުމެއް، އަދި ދެކެވުނު ވާހަކަތަކުގެ މަޝްވަރާއެއްވެސް ސަރުކާރުންވެސް އަދި އެ ބޭފުޅުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު