Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަދީމުގެ މަރުގެ މައްސަލަ

ނަދީމުގެ މަރު: އިސްތިއުނާފު މަރުހަލާ ނިމެންދެން އަލީ ނިފާޒު ބަންދަށް، ދެން ތިބި މީހުން ހައިކޯޓުން ބަންދެއްނުކުރި

26 ޑިސެމްބަރު 2023 | އަންގާރަ 09:15

ކަރަމް ސުހައިލާއި ހުސައިން ޝާމީން އަދި މަފާޒު، ހައިކޯޓުގެ މައްސަލަ ނިމެންދެން ބަންދު ކުރަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ނިންމެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޑިސެމްބަރު 2023 | އަންގާރަ 09:15
ނަދީމުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން

ނަދީމުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ސަލާމަތްވި މީހުން، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުންތައް ނިމެންދެން ބަންދުކޮށްނުދޭން ހައިކޯޓުން ނިންމި ނިންމުމާ ގުޅޭ އަޑުއެހުމެއް، އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 24 ޑިސެމްބަރު 2023ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، މި މައްސަލައިގައި ތުހުމަތުވާ އެންމެންގެ ކިބައިން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ކިޔައިދީފައެވެ.

Advertisement - newsAdvertisement

އެ ކަންކަމާ ގުޅިގެން، މައްސަލައިގައި ތުހުމަތުވާ މީހުންގެ ފަރާތުންވެސް ވަނީ ވާހަކަދައްކާފައެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ މުހައްމަދު ކަރަމް ސުހައިލާއި ހުސައިން ޝާމީނަށް ބަލާއިރު، އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމިފަހުން އެއްވެސް މައްސަލައެއްގައި އެމީހުން ހައްޔަރުކޮށްފައި ނުވާކަމަށާއި، އެމީހުން ވަޒީފާ އަދާކުރާކަމުގެ ލިޔުންވެސް ހުށަހަޅާފައިވާކަމަށެވެ.

ވުމާއެކު، ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، ކަރަމް ސުހައިލާއި ހުސައިން ޝާމީން، ހައިކޯޓުގެ މައްސަލަ ނިމެންދެން ބަންދު ކުރަންޖެހޭފަދަ ސަބަބެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ މަފާޒަށް ބަލާއިރު، މަފާޒަކީ މި މައްސަލައިގެ ކުރިންވެސް އަދި މައްސަލަ އިސްތިއުނާފު ކުރެވިފައި ވަނިކޮށްވެސް އެކި މައްސަލަތަކުގައި ހައްޔަރު ކުރެވިފައިވާ ފަރާތެއްކަމަށާއި، ދާދި ފަހުން އޭނާ ހައްޔަރުކުރި މައްސަލަތަކުގެ ތެރެއިން 3 މައްސަލައެއްގައި، ބަންދުގެ މުއްދަތުވެސް ޖަހާފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ ތެރެއިން 2 މައްސަލައެއްގައި ދައުލަތުން ދައުވާވެސް ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.  

ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ 2 ދައުވާގެ ތެރޭގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެއްވެސް ހިމެނޭކަމަށެވެ.

ނަދީމަކީ މަފާޒް ސީދާގޮތުން ދިން ހަމަލާއެއްގެ ސަބަބުން އަނިޔާވެ ދުނިޔެ ދޫކޮށްފައިވާ ފަރާތެއްކަން، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިތަކުންވެސް އެނގޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ވީއިރު، މަފާޒު ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތައް ހުރިކަމަށާއި، އޭނާގެ ފަރާތުން މުުޖުތަމައަށް ފެންނަން އޮތް ނުރައްކާ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްކަމަށް ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް މަފާޒް މިހާރުވެސް ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަންދުގައި ކަމަށާއި، އޭނާއަކީ މުޖުތަމައުގައި ހުރި މީހަކަށް ނުފޫޒެއް ފޯރުވުމުގެ ބާރެއް އޮތް މީހެއް ނޫންކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވެފައިވެއެވެ.

މަފާޒުގެ ބައިގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމެވީ، މަފާޒަކީ މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެހެން މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއް ކަމަށްވާތީ، ހައިކޯޓުގެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މަފާޒު ދޫކޮށްލާ ހާލަތެއްގައި ދައުލަތުން އޭނާ ބަންދުކޮށްދިނުން އެދި ހުށަހެޅުމަށް ހުރަހެއް ނެތްކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދެން ހިމެނެނީ އަލީ ނިފާޒެވެ. އެގޮތުން އަލީ ނިފާޒަކީ ކުށް ސާބިތުނުވާކަމަށް ހުކުމްކުރި ފަހުންވެސް، ތަކުރާރުކޮށް ކުށުގެ ވެށީގައި އުޅެމުންދާ މީހެއްކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކަކާއި، ކޯޓަށް ހާޒިރުނުވުމުގެ މައްސަލަތަކެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭނާއަކީ ނަދީމަށް ހަމަލާދިނުމަށް ކެފޭ ތެރެއަށް ވަތް ދެމީހުންގެ ތެރެއިން އެކަކުކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައިވެއެވެ.

އަދި ހަމަލާދިނުމުގައި އަލީ ނިފާޒު އަމަލީ ގޮތުން ބައިވެރިވެފައި ވާކަން ދަށުކޯޓުގައި ސިއްރު 2 ހެތްކަކު ހެކިބަސް ދީފައިވެއެވެ. ސީސީޓީވީ ފުޓޭޖުންވެސް އޭނާގެ ބައިވެރިވުން އޮތްކަން ފެންނަން ހުރެއެވެ.

އެކަންކަމަށް ރިއާޔަތްކުރައްވައި، އޭނާގެ ބައިގައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، އޭނާގެ ހައްޔަރު ރެކޯޑަށް ބަލާއިރު، އޭނާގެ މައްޗަށް ދައުވާކުރެވުނު ކުށާ ގުޅުވާލެވޭ ކޮންމެވެސް މިންވަރެއްގެ ހެކި އެބަހުރި ކަމަށެވެ. އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބުރަވެވޭ ކަމަށްވެސް ފަނޑިޔާރުން ވިދާޅުވިއެވެ.

ވުމާއެކު، މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވަނީ، ކަރަމް ސުހައިލާއި ހުސައިން ޝާމީން، އަދި މަފާޒު ހައިކޯޓުގެ މައްސަލަ ނިމެންދެން ބަންދު ކުރަންޖެހޭފަދަ ސަބަބެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އަދި، އަލީ ނިފާޒުގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތުމުން، އޭނާ ހައިކޯޓުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްވެސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކުރައްވާފައެވެ.

ނަދީމުކްރިމިނަލް ކޯޓްހައި ކޯޓު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް