Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަމަން އަޙްމަދު ޢާޠިފާ

ހަ އަހަރުގެ ހާފިޒެއްގެ ޚާއްސަ މެސެޖް

އަމަން އަކީ ކުޑައިރުއްސުރެ ގުރުއާން ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ޖުލައި 2021 | ހުކުރު 13:57
އަމަން އަޙްމަދު ޢާޠިފާ

އަމަން އަޙްމަދު ޢާޠިފާ

ކޮންމެ މަޔަކުވެސް ދުނިޔެއަށް ދަރިއަކު އުފަންކުރާ ހިނދު ވަރަށް ގިނަ ހުވަފެންތައް އެ ކުއްޖަކާ ދޭތެރޭ ދެކެއެވެ. ކުއްޖާއަށް ބަނޑުބޮޑުވާ ދުވަހުން ފެށިގެން މައިންބައިފައިން އެ ކުއްޖަކާ ދޭތެރޭ ގިނަ ހުވަފެންތައް ދެކެއެވެ. ދުނިޔެވީ ގޮތުންނާއި ދީނީ ގޮތުން ވެސް އެކުއްޖަކާ މެދު ވަރަށް ފޮނި ހުވަފެންތައް ދެކެއެވެ. ތިމާގެ ދަރި އަކީ "ހުރިހާ ގޮތަކުން ވެސް މޮޅު" ކުއްޖަކަށް ހެދުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރެއެވެ.

ބ. ހިތާދޫ ޑެއިޒީމާގެ އުމުރުން އެންމެ 6 އަހަރުގެ އަމަން އަހުމަދު އާތިފްގެ މައިންބަފައިން ވެސް އޭނާއާ ދޭތެރޭ ވަރަށް ގިނަ ފޮނި ހުވަފެންތައް ދެކެއެވެ. މި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި މަސައްކަތް ފަށާ، ފުރަތަމަ މަރުހަލާ މިވަނީ ކަޑަތުކޮށްފައެވެ. ކުޑަކުޑަ އަމަން މިވަނީ އޭނާގެ މައިބައިފައިންގެ ބުރަ މަސައްކަތުން ހާފިޒަކަށް ހަދާފައެވެ. ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އަމަންގެ މަންމަ ލުބާނަތު މުހައްމަދު ބުނީ އަމަން އަކީ ކުޑައިރުއްސުރެން ގުރުއާން ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށެވެ. އެގޮތުން އުމުރުން އެންމެ ތިން އަހަރުގައި އަމަން ގުރުއާނަށް ޝައުގުވެރިކަން ހުންނަކަން ފާހަގަވީ ގޭގައި ޓީވީން ގުރުއާން އަޅުވާފައި ހުންނައިރު އެތައް އިރެއްވިޔަސް ގުރުއާން އަޑުއަހަން އޮންނާތީ ކަމަށެވެ. އަދި ވާހަކަ ދެއްކޭ އުމުރަށް ދިޔަތަނާ އަމިއްލައަށް ވެސް ގުރުއާން ޖަހައި ދިނުމަށް އަމަން މަންމަ ކައިރީގައި އެދޭނެ ކަމަށް ލުބާނަތު ބުންޏެވެ.

ގުރުއާނަށް އަމަންގެ ހިތުގައި އޮތް ލޯބި ފާހަގަވުމުން އަމަންގެ މައިބައިފައިން އޭނާގެ ހިތުގައި އެ ލޯބި އިތުރަށް ޖެއްސުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އަމަންއަށް ގުރުއާން ކިޔަވައިދީ ހިތުދަސް ކުރުވުމުގެ މަސައްކަތް ފެށިއެވެ. ހިތު ދަސްކުރުމުގެ ބައި ގޭގައި ބޮޑަށް ކުރިއަށް ގެންދިޔައިރު އަމަން މެންދުރު ނަމާދު ކޮށްގެންނާއި މަޣުރިބަށްފަހު ހިތުދަސް ކުރަން ފަށާ ކަމަށް އަމަންގެ މަންމަ ބުންޏެވެ. 2019 ވަނަ އަހަރު ފެށި މި މަސައްކަތުގެ ފޮނިމީރުކަން ލިބުނީ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ. ދޮޅު އަހަރުގެ ތެރޭގައި އަމަން ވަނީ ކީރިތި ގުރުއާން އެއްކޮށް ހިތުދަސްކޮށް އެ އުމުރުފުރައިގެ ކުދިންނަށް ނަމޫނާ ދައްކާފައެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިހާރުވަނީ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގައި ކީރިތި ގުރްއާން ހިތުދަސް ކުރި ހާފިޒެއްގެ ގޮތުގައި އަމަން ރަޖިސްޓްރީކުރުމަށްޓަކައި ހުށަހަޅާފައެވެ. އަމަންވަނީ ސުކޫލުން ވެސް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ކީރިތި ގުރުއާނުގެ 30 ފޮތް ސްކޫލުގައި ކިޔައިދިނުމުން އިނާމެއްގެ ގޮތުގައި އަމަންއަށް ވަނީ ސްކޫލުން 30 ޓްރޮފީ ދީފައެވެ.

އަމަން ބުނީ ހާފިޒަކަށް ވުމުން ވަރަށް ވަރަށް އުފާވާ ކަމަށެވެ. އަމަންގެ މަންމަ ވެސް ބުނީ އަމަން އެކަމަށްޓަކައި ވަރަށް ފަޚުރުވެރިވާ ކަމަށާއި ދަރިފުޅު ހޯދި ކާމިޔާބީއަށް ވެސް ފަޚުރުވެރިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ވަނީ އަމަންއާ ބައްދަލުކުރައްވައި އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އުމުރުން އެންމެ ހަ އަހަރުގެ މި ކުޑަކުޑ ހާފިޒުގެ މެސެޖެއް ހުރިހާ ކުދިންނަށްވެސް އެބައޮތެވެ. އެއީ "ހުރިހާ ކުދިން ވެސް ގުރުއާން ކިޔަވާށެވެ."

ޤުރުއާން

އިތުރަށް ކިޔާލަން

25 ޖޫން 2025

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

25 ޖޫން 2025
އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި
16 މެއި 2025

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ
19 އެޕްރީލު 2025

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
03 ފެބުރުއަރީ 2025

މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

03 ފެބުރުއަރީ 2025
މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް
12 ޑިސެމްބަރު 2024

ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

12 ޑިސެމްބަރު 2024
ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު