Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދު ހައްޔަރުކުރުން

މެންބަރު ސައުދު ބަންދުކޮށް 15 ދުވަސް ޖަހައިފި

28 ޖުލައި 2017 | ހުކުރު 17:09

ސައުދު ހައްޔަރު ކުރީ މިއަދު އަމިއްލަފުޅަށް ފުލުުހަށް ހާޒިރުވެ ހުންނަވަނިކޮށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 28 ޖުލައި 2017 | ހުކުރު 17:09
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ބަންދަށް 15 ދުވަސް ޖަހާފައި މި ވަނީ، ސަައުދު ހޯދުމަށް ފުލުހުން އިއުލާނުކޮށް އޭނާގެ ފޮޓޯއާއި އެކު ފުލުހުން ބުރާސްފަތި ދުވަހުގެރޭ އާއްމުކުރުމުން އަމިއްލަފުޅަށް ހުކުރު ދުވަހުގެ ހަވީރު ފުލުހުހަށް ހާޒިރުވެ ހުންނަވަނިކޮށް ހައްޔަރުކުރުމަށްފަހުއެވެ. އޭނާ ހައްޔަރުކުރުމަށްފަހު މާ ގިނަ އިރު ތަކެއް ނުވަނީސް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިިިޔައެވެ.

Advertisement - newsAdvertisement

ސައުދު ހޯދުމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ގއ. ވިލިނގިލި އަޅިވިލާގެ އުމުރުން 36 އަހަރުގެ ސައުދު ހުސައިން ހޯދަމުންދާ ކަމަށެވެ. ސައުދު ހުސައިންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒު ކްރައިމް ޑިޕާޓްމެންޓަށް ގުޅައި، އެ މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ.

ސައުދު ހޯދުމަށް ފުލުހުން އިޢުލާނުކުރުމާއި ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަިއވަނީ، ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށެވެ. އަދި ގެއްލުވާލަން އުޅުނު ނަމަވެސް ނުގެއްލޭނެ ކަމަށާއި، ނުވެސް ފިއްލަވާނެކަމަށް ސައުދު ވިދާޅުވެފައިވެއެވެ. އެއާއެކު އަމުރު ރަނގަޅުތޯ ސައުދު ވަނީ ސުވާލުކުރައްވާފައެވެ.

ހުކުރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުން އެބޭފުޅާ ހައްޔަރުކުރި އިރު، މިދިޔަ އަންގާރަ ދުވަހު ރޭ ވެސް ސައުދު ހައްޔަރުކުރިއެވެ. އެހެން ނަމަވެސް ކޯޓުއަމުރުގައި ހުރި މައްސަލަތަކަކާއި ގުޅިގެން އޭނާ ވަނީ ފަހުން ދޫކޮށްލާފައެވެ.

އޭނާ އެފަހަރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާކަމުގެ ތުހުމަތުގައެވެ.އެހެން ނަަމަވެސް އަމުރުގައި ހައްޔަރުކުރުމަށް ބޭނުންވާ ސަބަބުގެ ގޮތުގައި ހިމަނާފައިވާ ބައިގައި ވަނީ މުހައްމަދު އަމީތު އަހްމަދު މަނިކުގެ ނަމެވެ.

ސައުދުގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރެވުނު މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ބަންދަށްވެސް ކުރިމިނަލް ކޯޓުން ހުކުރު ދުވަހުގެރޭ ވަނީ 15 ދުވަސް ޖަހައިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް