Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް ފްލެޓް ދޫކުރުން

ވިނަރެސް ފްލެޓްތައް ލިބިފައިވާ ބައެއް މީހުންނަށް އޮފަރ ލެޓަރ ދިނުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި

ވަކި ތަރުތީބަކުން ޕްރޮސަސް ކުރިއަށް ގެންދާނަމަ އެކަންވެސް އަންގައިދިނުމަށް އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޑިސެމްބަރު 2023 | ހޮނިހިރު 07:35
ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓްތައް ލިބިފައިވާ ބައެއް މީހުންނަށް އޮފަރ ލެޓަރ ދިނުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ ވިނަރެސް ފްލެޓް ލިބުނުކަން އަންގާފައިވާކަމަށާއި، ފްލެޓްގެ ޔުނިޓް ސެލެކްޓްކޮށްފައި ވާކަމަށެވެ. އަދި ފައިނޭންޝަލް އިވަލުއޭޝަން ފީއާއި ސްކްރީނިންގ ފީ، ނޮވެންބަރު މަހުގެ ތެރޭގައި ދައްކާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެއްވެސް މައުލޫމާތެއް އާބަންކޯގެ ފަރާތުން ނުލިބޭކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

އެމީހާ ބުނިގޮތުގައި ބައެއް މީހުންނަށް ވަރަށް އަވަހަށް ހުރިހާ ޕްރޮސަސްއެއް ނިންމައިދެއެވެ. އަދި ވަކި ތަރުތީބަކުން ޕްރޮސަސް ކުރިއަށް ގެންދާނަމަ އެކަން ވެސް އަންގައިދިނުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށެވެ. މީގެ އިތުރުން އެމީހާ ބުނީ، ބައެއް މީހުން މިހާރު ވިނަރެސް ފްލެޓް ކުއްޔަށްދީ ވިޔަފާރި ފަށާފައިވާކަމަށާއި، ބައެއް މީހުން އެތަނުގައި ދިރިއުޅެން ފަށާފައިވާ ކަމަށެވެ. އަދިި އާބަންކޯގެ ވެރިންނާ ގާތްގުޅުން އޮންނަ މީހުންނަށް އަވަސް ޚިދުމަތްތަކެއް ދޭކަމަށް ތުހުމަތުކޮށްފައިވެއެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ އަގަށް ގެނައި ބަދަލާއެކު، ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އަލުން ހުރިހާ އެއްބަސްވުންތަކެއް ހަދަންޖެހުމުން މަސައްކަތަށް ވަގުތު ނަގާނެކަމަށާއި، އެމަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ވިނަރެސްގެ ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ކުޑަކޮށްދިނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ވިނަރެސްގެ ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން، ފްލެޓް ލިބުނު ފަރާތްތަކުންވަނީ ކުރީ ރައީސާ ހިއްސާކޮށްފައެވެ. މިއާއެކު ރައީސް ސާލިހު ވަނީ ވިނަރެސް ކުލީގެ އަގަށް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސްގެ އެ ނިންމެވުމާއެކު، އެ ބަދަލު އޭރު އާބަންކޯއިން ވަނީ ގެނެސްފައެވެ. ނަމަވެސް މި ސަރުކާރުން ބުނެފައިވަނީ ވިނަރެސް ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތައަށް ކުޑަކުރީ މި ސަރުކާރުން ކަމަށެވެ.

ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާ 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން، ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކައި ނިންމާގޮތަށެވެ.

ވިނަރެސްއަރބަންކޯ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
21 ޑިސެމްބަރު 2024

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި

21 ޑިސެމްބަރު 2024
އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި
21 ޑިސެމްބަރު 2024

ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ

21 ޑިސެމްބަރު 2024
ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ
04 ޑިސެމްބަރު 2024

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ

04 ޑިސެމްބަރު 2024
ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު