Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް ފްލެޓު

ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ

އިތުރު ތަފްސީލެއް ހިއްސާކޮށްފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 13:13
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާތްފަރާތުގައި ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް ރަޖުނީ ޝުއައިބު

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާތްފަރާތުގައި ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް ރަޖުނީ ޝުއައިބު

ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ސޯޝަލް މީޑިއާ ގައި ތުހުމަތު ކޮށްފައިވާ ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިސްވެ ހުންނަވައި ވަގަށް ގޯތި ދޫކުރި ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެޗްޑީސީން ގިނަ ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. މިތުހުމަތުތަކާއި ގުޅިގެން 18 ޑިސެންބަރު 2024 ވަނަ ދުވަހުގެ ރޭ ފުލުހުން އެޗްޑީސީއަށް ވަދެ، ޖީނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން 19 ޑިސެންބަރު 2024ވީ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ކުރިއަށް ގެންދާ ތަހުގީގާއި ގުޅިގެން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވެފައިވަނީ ތަހުގީގަށް ލިބިފައިވާ ހައުސިން މިނިސްޓްރީގެ ލިޔުންތަކާ ގުޅިގެން، ލިޔުން ލިބުނު ފަރާތްތަކާ ސުވާލު ކުރުމުން އެ ލިޔުންތަކަކީ ކުރީ ސަރުކާރުން ދީފައިވާ ލިޔުންތަކެއް ކަމަށް ބުނެފައިވާ ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުން ވަރަށް ބޮޑަށް ސިޔާސީ ކޮށްފައިވާ ކަމަށާއި، މިސަރުކާރު ދިފާއު ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެއާއެކު ފުލުހުންގެ ތެރޭގައި ވެސް ވިނަރެސްއިން ކޮރަޕްޝަންގެ ތެރެއިން ފްލެޓު ގަނެފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެގެން ގޮސްފައެވެ.

މިތުހުމަތުތަކާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބު އާއި އެހެން ފުލުހުން އެ ފްލެޓު ގަތުމުގައި ގޯހުން ކަމެއް ކޮށްފައިވޭތޯ ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހިއްސާކޮށްފައިނުވެއެވެ.

އެޗްޑީސީ ގޯތީގެ ވައްކަމުގެ މައްސަލަ ޖީނާއީ މައްސަލައެއް ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، އިންސާފުވެރިނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވިނަރެސް މަޝްރޫއުގައި ހިމެނޭ 13 ބުރީގެ 10 ޓަވަރުގައި ޖުމުލަ 1،344 ފްލެޓު ހިމެނެއެވެ. ވިނަރެސްއިން ފްލެޓު ދޫކުރަން ކަނޑައެޅި އެންމެންނަށް ފްލެޓު ދޫކޮށް ނިމުމަށްފަހު، ބާކީ 123 ފްލެޓެއް ހުއްޓެވެ. އަދި ފްލެޓުތައް ދޫކުރުމަށް 5 ނޮވެންބަރު 2023 ގައި ހުޅުވާލި ނަމަވެސް އޮންލައިން ޕޯޓަލްއަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ފުރުސަތު ބަންދުކުރި އެވެ. އޭގެފަހުން މި ފްލެޓުތައް ދޫކޮށްފައިވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި، އެޗްޑީސީގެ ބައެއް ބޭފުޅުންނަށް ބައި ލިބޭ ގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މީގެ ތެރޭގައި ސިޔާސީ ބާރުވެރި ފަރާތްތައް ހިމެނޭ ކަމަށާއި، މުއައްސަސާތަކުގެ ވެރިން ހިމެނޭ ކަމަށް ވެސް ދަނީ ތުހުމަތުތައް ކުރެވެމުންނެވެ.

ވިނަރެސްމޯލްޑިވްސް ޕޮލިސް ސަރވިސްއެޗްޑީސީވައްކަން ކުރުންސަރުކާރުގެ ޚިޔާނާތް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު