Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް އެކްސިޑެންޓް

ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ދައުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމަނީ

ސައިކަލުގައި އިން ފިރިހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ސެޕްޓެމްބަރު 2024 | އާދީއްތަ 07:58
އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ މީހުން

އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ މީހުން

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތުހުމަތު ކުރެވޭ ތިން މީހުންނަށް ދަޢުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންނަށް ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހަޅާފައިވާ މައްސަލަ ބަލައިގެންފައިވަނީ 14 ސެޕްޓެމްބަރުގައި ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އަދި މި މައްސަލައިގައި ދަޢުވާކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ނުނިންމާ ކަމަށާއި، 29 ސެޕްޓެންބަރުގެ ކުރިން ގޮތެއް ނިންމާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓް ކައިރީގައެވެ. މި ހާދިސާގައި ރޭސިންގ ކާރެއް ދުއްވާފައި ގޮސް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައިވެއެވެ.

ބާރު ސްޕީޑްގައި ދުއްވާފައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ވަނީ އެދުވަހު ފިލައިގެން ގޮސްފައެވެ. އަދި ފަހުން އޭނާއެކު އެ ކާރުގައި ތިބި އިތުރު 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ހ. ނޫރަަންމާގެއާގެ، އިކްރާމުއްރަހްމާން އާއި، މ. ލޭންޑްއޮފްގާރޑްން އިބްރާހީމް އިކްރާމާއި، ގއ. ކަނޑުހުޅުދޫ އާޒާދުގެ، ޖިނާހް އިސްމާޢީލްއެވެ.

އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، ވީޑިއޯ އިން ފެންނަ ގޮތުގައި ކާރު ދުއްވާފައި ދަނީ ވަރަށް ބާރު ސްޕީޑްގައެވެ. ކޮންޓްރޯލް ނުވެ ސައިކަލު ދުއްވާ ލޭނުން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލުގައި ވަރަށް ބާރަށް ޖެހެއެވެ. ސައިކަލުގައި އިން މީހާ ވިއްސައިގެން ގޮސް ވެއްޓެނީ އެސަރަހައްދުގައި އިން ފިހާރައެއް ކައިރިއަށެވެ. އަދި ދުވާރު ކައިރީގައި އިންދާފައި އިން ގަސް ވެސް ވިއްސައިގެންދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ޕާކު ކޮށްފައި އިން އެހެން ސައިކަލަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި އިން ފިރިހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.

ވިނަރެސްމޯލްޑިވްސް ޕޮލިސް ސަރވިސްޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު