Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ72 ކިލޯ ޑްރަގް ކޭސް

އިރުފާން ތަޤިއްޔު ބަންދު ނުކުރަން ނިންމީ ރަނގަޅަށްކަމަށް ހައިކޯޓުން ބުނުމުން ޕީޖީން ސުޕްރީމް ކޯޓަށް ދަނީ

ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ވަނީ ނިންމަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޑިސެމްބަރު 2023 | ބުރާސްފަތި 07:42
ޕީޖީ ޝަމީމް

ޕީޖީ ޝަމީމް

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށްކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމް އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިރުފާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލީ، އޭނާ ބަންދުކުރި ޙާލަތު ބަދަލުވިކަން ނުވަތަ ނޫންކަން ރަނގަޅަށް ތަފްސީލު ނުކޮށްކަަމަށް ހައިކޯޓުން މީގެ ކުރިން ވަނީ ނިންމާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އޭރު ނިންމަވާފައި ވަނީ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށައަޅައިފިނަމަ ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށެވެ.

އެގޮތުގެ މަތިން ދައުލަތުން ހުށައެޅުމުން 23 ނޮވެމްބަރުގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ގާޒީ ވަނީ އިރުފާން ބަންދުކުރިއިރު ހުރި ޙާލަތު މިހާރު ބަަދަލުވެފައިވާކަން ސަބަބުތަކާއެކު ބަޔާން ކުރައްވައި، އޭނާ ބަންދު ކުރެވެން ނެތްކަމަށް އަނެއްކާވެސް ނިންމަވާފައެވެ.

ނަމަވެސް އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ދެވަނަ ފަހަރަށް ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފު ކުރުމުން، ބުދަ ދުވަހު ހައިކޯޓުން ނިންމާފައިވަނީ މިފަހަރު އިރުފާން ބަންދު ނުކުރަން ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށެވެ.

ރާއްޖެއެމްވީން ގުޅާލުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ހައިކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރައްވާނެ ކަމަށާއި، މިހާރު އެކަމާ ގުޅޭ ލިއެކިއުންތައް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

ދައުލަތުން ހައިކޯޓުގެ ނިންމުން އިލްތިމާސް ކުރާނެކަަމަށް އުއްމީދު ކުރައްވާކަމަށް ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރުވެސް ވިދާޅުވެފައިވެއެވެ.  

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިރުވެސް ވަނީ އެ މައްސަލަ ގޮސްފައިވާ ގޮަތަށް އަލިއަޅުވާލައްވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ބުދަ ދުވަހު ނިންމަވާފައިވަނީ ފަނޑިޔާރަކަށް ލިބިގެންވާ އިޚްތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނެ ޙާލަތެއް މި މައްސަލައިގައި ދައުލަތަށް ބަޔާންކޮށްދެވިފައިވާކަމަށް ނުބެލެވޭކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2025

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު