Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަތްކަނޑުގައި ޙޫޘީން ދޭ ޙަމަލާތައް

ރަތް ކަނޑުގައި އެމެރިކާ އިސްވެ ތިބޭ ކޮންމެ ދިފާއުއަކަށް ހަމަލާދޭނަން: ޔަމަނުގެ ޙޫޘީން

ޙޫޘީންގެ ލީޑަރު ވިދާޅުވީ އެމެރިކާއިން ކާމިޔާބުކަމާއެކު މުޅި ދުނިޔެ އެއްކުރި ނަމަވެސް ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލަންދެން ޙޫޘީންގެ އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 03:46
ޙޫޘީންގެ ޙަމަލާތަކުގެ އަމާޒަކަށް މިވަގުތު ހަދާފައިވަނީ އެމެރިކާގެ މަނަވަރުތައް

ޙޫޘީންގެ ޙަމަލާތަކުގެ އަމާޒަކަށް މިވަގުތު ހަދާފައިވަނީ އެމެރިކާގެ މަނަވަރުތައް

ރަތްކަނޑުގައި އިސްރާއީލަށް ދަތުރުކުރާ އުޅަނދުތައް ހިމާޔަތްކޮށް ދިފާއުކޮށްފި ނަމަ އެމެރިކާ އިސްވެ އޮތްކަމުގައި ވިޔަސް އެފަދަ ކޮންމެ ދިފާއީ ބާރަކަށް ހަމަލާ ދޭނެ ކަމަށް ޔަމަނުގެ ޙޫޘީން ބުނެފިއެވެ.

ޙޫޘީންގެ މަޝްވަރާވެރިޔާ މުހައްމަދު އަބްދުލް ސައްލަމް ވިދާޅުވީ އެ ޖަމާއަތުން އިސްރާއީލާ ދިމާލަށް ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތައް ދެމުންދާ ހަމަލާތައް ބްލޮކްކޮށް، އެކަން ހުއްޓުވަން މަސައްކަތް ކުރާ ކޮންމެ ބާރަކަށް ވެސް ހަމަލާ ދޭނެ ކަމަށެވެ.

"ކުރިމަތިލުން އިތުރަށް ވަރުގަދަކުރަން މަސައްކަތް ކުރާ މީހާއަށް އޭނާގެ އަމަލުތަކުގެ ނަތީޖާ ދައްކަން ޖެހޭނެ، އެމެރިކާގެ އިއްތިހާދަކީ އެއްވެސް ސަބަބެއް ނެތި އިސްރާއީލު ދިފާއުކޮށް ކަނޑު އަސްކަރީ ކުރުން، އަދި (މިކަމުގެ ސަބަބުން) ޣައްޒާއަށް ތާއީދުކޮށް ޔަމަނުން ހިންގާ ގާނޫނީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނާންނާނެ،" ސައްލަމް އެކްސްގައި ލިޔުއްވާފައިވެ އެވެ.

ދާދި ފަހުން ޙޫޘީން ވަނީ ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާތައް ދީފައެވެ. ހަމަލާ ދިން އުޅަނދުތަކަކީ އިސްރާއީލަށް ދަތުރުކުރާ އުޅަނދުތަކެއް ކަމަށް ބެލެވޭ އިރު ޙޫޘީން ބުނެފައި ވަނީ އެ ހަމަލާއަކީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ޔަމަނުގެ ހޫޘީން ޝިޕިންލައިންތަކަށް ހަމަލާދޭން ފެށުމުން، އެ ސަރަހައްދުގެ ޝިޕިން ކުންފުނިތަކަށް ދަތުރުތައް މެދުކަނޑާލަން މަޖުބޫރުކުރުމާ ގުޅިގެން، ރަތް ކަނޑުގެ ވިޔަފާރި ދިފާއުކުރުމަށް އެމެރިކާއިން 10 ގައުމުގެ މަލްޓިނޭޝަނަލް ސެކިއުރިޓީ އިނީޝިއޭޓިވްއެއް ވަނީ އިއުލާނުކޮށްފައެވެ.

ޙޫޘީންގެ ލީޑަރު މުހައްމަދު އަލް ބުޚައިޓީ ވިދާޅުވީ އެމެރިކާއިން ކާމިޔާބުކަމާއެކު މުޅި ދުނިޔެ އެއްކުރި ނަމަވެސް ޣައްޒާގައި ހިނގަމުންދާ ޖަރީމާތައް ހުއްޓާލަންދެން ޙޫޘީންގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި ތެޔޮ އަބަދުވެސް ފޯރުކޮށްދެވެންދެން ހަނގުރާމަ ކުރިއަށް ދާނެ ކަމަށާއި ބަދަލުގައި ޙޫޘީންނަށް ލިބޭނެ ދުނިޔަވީ މާބޮޑު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަމަނުގެ ދިފާއީ ވުޒާރާއިން ރަތް ކަނޑުގައި އެމެރިކާގެ މަލްޓިނޭޝަނަލް ޑިފެންސްގައި ބައިވެރިނުވާނެ ކަމަށް ބުނުމުން، ޔަމަނުގެ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލްގެ ނައިބު ރައީސް އަދި މިނިވަންކަމަށް ތާއީދުކުރާ ސަދަން ޓްރާންސިޝަނަލް ކައުންސިލްގެ ރައީސް އައިދަރަސް އަލް ޒުބައިދީ ވިދާޅުވީ ދުނިޔޭގެ ޝިޕިން ރޫޓްތައް ހިމާޔަތް ކުރުމަށް ކޮންމެ މަލްޓިލޭޓަރަލް ކޯޕަރޭޝަނެއްގައި ޔަމަނުގެ ސިފައިން ބައިވެރިވާނެ ކަމަށެވެ.

ހޫޘީންގެ ރިއެކްޝަނާއި ދެކޮޅުވެރިކަން އިއުލާނުކުރެވުނީ އޭގެ ފަހުންނެވެ.

ދުނިޔެޣައްޒާފަލަސްތީނުއިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު