Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާއަށް ދެމުންދާ ހަމަލަތައް

ޣައްޒާ ހަނގުރާމައަށް 74 ދުވަސް: ރަފަޙްގައި 29 މީހުން، ޖަބަލިއްޔާ ރެފިއުޖީ ކޭމްޕުގައި 10 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން ދިން ހަމަލަތަކުގައި މިހާތަނަށް ފަލަސްޠީނުގެ 19،453 މީހުން ޝަހީދުވެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 14:38
ޣައްޒާގައި ރެއާއި މިއަދުވެސް ވަނީ އެތައްބަޔަކު ޝަހީދުކޮށްފައި

ޣައްޒާގައި ރެއާއި މިއަދުވެސް ވަނީ އެތައްބަޔަކު ޝަހީދުކޮށްފައި

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަޙްގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލައެއްގައި ފަލަސްޠީނުގެ 29 މީހުން ޝަހީދުވެފައިވާއިރު، ޣައްޒާގެ އުތުރުގެ ހޮސްޕިޓަލެއް ބަލައި ފާސްކޮށް، އެ ސަރަހައްދުގައި ހުރި ރެފިއުޖީ ކޭމްޕަކަށް ދިން އިތުރު ހަމަލައެއްގައި 10 މީހުން ވަނީ ޝަހީދުވެފައެވެ.

ފަލަސްޠީނުގެ ޣައްޒާ-މިސްރު ބޯޑަރު ކައިރީގައި އޮންނަ ރަފަޙްގައި ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ހިމާޔަތް ހޯދީ އުތުރުގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލަތަކުން ސަލާމަތްވުމަށް ކަމަށް ފަލަސްޠީނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގައި އެއް ސަރަހައްދެއްގައި މީހުން ދިރިއުޅޭ ތިން އިމާރާތެއް ވަނީ ހަލާކުވެފައެވެ. އަދި ކުނިތަކުގެ ތެރެއިން އިތުރު ހަށިތައް ފެންނަމުން ދިއުމުގެ ސަބަބުން، މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު ބަޔަކުވެސް ތާށިވެފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ހުންނަ، ފަލަސްޠީނު ސަރުކާރުގެ މީޑިއާ އޮފީހުގެ ޓެލެގްރާމް ޗެނަލްގައި ބުނެފައިވަނީ، ރަފަޙްގައި ވައިގެ މަގުން ދިން ހަމަލާގައި މަރުވި 29 މީހުންގެ ތެރޭގައި ނޫސްވެރިޔާ ޢާދިލް ޒައުރަބްވެސް ހިމެނޭ ކަމަށެވެ.

ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލައެއްގައި ފަލަސްޠީނުގެ 10 މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް އެންކްލޭވްގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޣައްޒާގެ އުތުރުގައި ވަރުގަދަ ހަމަނުޖެހުންތައް ހިނގަމުން ދިޔައިރު ހަމާސްއިން ދަނީ ރައްދުގައި ވަރުގަދަ ހަމަލަތަކެއް އުފައްދަމުންނެވެ. އިސްރާއީލުގެ ޓޭންކުތަކާއި ސިފައިން އެ ސަރަހައްދަށް ވަތްތާ ހަތް ހަފުތާ ފަހުން މިހާރު އެންކްލޭވްއަކީ ހަލާކުވެފައިވާ ފަޅު ބިމެކެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލްކުދްރާ އަންގާރަ ދުވަހު ވިދާޅުވީ، 240ށްވުރެ ގިނަ މީހުން ހައްޔަރުކުރުމަށްފަހު އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރުގައި ހުންނަ އަލްޢަޥްދާ ހޮސްޕިޓަލް އެއްކޮށް ކަހަލަގޮތަކަށް ހުސްކޮށްފައެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މީހުންގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލުގެ 80 ސްޓާފުންނާއި، 40 ޕޭޝަންޓުންނާއި، ގެދޮރު ގެއްލިފައިވާ 120 މީހުންނެވެ. އެ މީހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އަޙްމަދު މުހަންނާވެސް ހިމެނޭ ކަމަށް އަލްކުދްރާ ވިދާޅުވިއެވެ.

އިސްރާއީލު ސިފައިން ވަނީ ޣައްޒާ ސިޓީގެ އަހްލީ ޢަރަބް ހޮސްޕިޓަލްވެސް ބަލައި ފާސްކޮށްފައެވެ. އެ ހޮސްޕިޓަލް ހިންގަމުން އަންނަ އިރުމަތީ ގުދުސްގެ ސެއިންޓް ޖޯޖް އެންގްލިކަން ކެތެޑްރަލްގެ ޕާސްޓަރެއް ކަމަށްވާ ޑޮން ބިންޑާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވާގޮތުގައި، އެ ރެއިޑްގެ ސަބަބުން ސީރިއަސް ޒަޚަމްވެފައިވާ 100އަށްވުރެ ގިނަ ބަލި މީހުންނަށް ފަރުވާ ދޭންޖެހުނީ އެންމެ ދެ ޑޮކްޓަރުންނާއި ހަތަރު ނަރުހުންނާއި ދެ ޖެނިޓަރުންނަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އިސްރާއީލުގެ އަސްކަރިއްޔާއިން މިދިޔަ ހަފުތާގައި ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލްގެ މަސައްކަތްތައް ހުއްޓުވައި، ތުއްތުކުދިން ހިމެނޭ ގޮތަށް ބަލި މީހުން އެތަނުން ނެރެފައިވާ ކަމަށެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި، ހަމާސްގެ ވެރިކަންކުރާ އެންކްލޭވްއަށް އިސްރާއީލުން ދިން ހަމަލަތަކުގައި މިހާތަނަށް ފަލަސްޠީނުގެ 19،453 މީހުން ޝަހީދުވެ، 52،286 މީހުން ޒަޚަމްވެފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދާނެކަމަށް ވަޢުދުވެފައެވެ.

އިސްރާއީލުން ދިން ރައްދު ހަމަލަތަކުގެ ސަބަބުން، އާންމުން މަރުވުމާއި ބަނޑުހައިހޫނުކަމާއި ގެދޮރު ގެއްލުމުގެ ސަބަބުން ގިނަ ސަރުކާރުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ދުނިޔެފަލަސްތީނުޣައްޒާއިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު