Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބު ޖީއެސް ވޮލީ މުބާރާތް

ކުލަބު ޖީއެސް ވޮލީ މުބާރާތުގެ ފޯރިގަދަ ފައިނަލް އަންގާރަ ދުވަހުގެރޭ

މުބާާރާތުގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޑިސެމްބަރު 2023 | އަންގާރަ 02:35
ކުލަބު ޖީއެސް ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން

ކުލަބު ޖީއެސް ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން

ހއ. ހޯރަފުށީ ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގަައި ހޯރަފުށީ ޕާމް ޓީމު އަދި ހިޔާ ޓީމު ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތަކީ ހއ. ހޯރަފުށީ ކުލަބު ޖީއެސްގެ ފަރާތުން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާާރާތުގައި ބައިވެރިވި ޓީމުތަކަކީ، ކެލާ ކައުންސިލް ޓީމު، ކެލާ ޓީއޯ ސްޕޯޓްސް ކުލަބު، ހޯރަފުށީ ހިޔާ ޖަމިއްޔާ އަދި ހޯރަފުށީ ޕާމް ޓީމެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުންނެވެ. އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށްފަހު، އެއް ވަނަ ޓީމު ސީދާ ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ލިބުނީ ދެ ވަނަ ޓީމާއި، ތިން ވަނަ ޓީމުގެ މެދުގައި ކުޅުނު ސެމީ ފަައިނަލް މެޗު މޮޅުވި ޓީމަށެވެ.

މުބާރާތުގެ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދީ ހިޔާ ޓީމެވެ. ޕާމް ޓީމު ފައިނަލްގެ ފަހު ޖާގަ ހޯދީ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގައި އެ ޓީމުން ވަނީ ކެލާ ކައުންސިލްގެ މައްޗަށް، ތިން ސެޓު ދެ ސެޓުން ކުރިހޯދައިފައެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 25،000 (ފަންސަވީސް ހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެ ވަނަ އަށް ދާ ޓީމަކަށް 10،000 (ދިހަ ހާސް) ރުފިޔާ ލިބޭނެއެވެ. މުބާރާތުގައި ރާއްޖެ އިން ބޭރުގެ މަޝްހޫރު ކުޅުންތެރިން ވެސް ކުޅެއެވެ. އެގޮތުން ސްރީލަންކާ އަދި ޕާކިސްތާނުގެ ޤައުމީ ޓީމުގެ ކުޅުންތެރިން އަންނަނީ އެކި ޓީމުތަކަށް ކުޅެމުންނެވެ. މިއީ ކުލަބު ޖީއެސްގެ ފަރާތުން ހޯރަފުށީގައި ވޮލީގެ ރޫހު އާލާ ކުރުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު