Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވުޒާރާތަކުގެ މެންޑޭޓް

ސްލޯ ނޫންކަމަށް ދައުވާ ކުރާ ސަރުކާރު: މަހެއް ވެގެންދިޔައިރު ވުޒާރާތަކުގެ މަސައްކަތް ފާސްކުރަން މަޖިލީހަށް ފޮނުވުނީ އަދިކިރިޔާ

18 ޑިސެމްބަރު 2023 | ހޯމަ 13:46

ވަޒީރުންނަށް ރުހުން ހޯދުމަށް ފޮނުވަނީ ވުޒާރާތުގެ މެންޑޭޓް ފާސްކުރުމަށް ހުށަނާޅާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޑިސެމްބަރު 2023 | ހޯމަ 13:46
ރައީސް މުއިއްޒު ކެބިނެޓް ވަޒީރުންނާއެކު

ރައީސް މުއިއްޒު ކެބިނެޓް ވަޒީރުންނާއެކު

މަސައްކަތުގެ ސްޕީޑް އަވަސްވެފައި ކުރީ ސަރުކާރާއި ތަފާތުވާނެކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރުގެ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި، މަސް ދުވަސްފަހުން މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 2023 ނޮވެންބަރު 17 ގައި އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި މިއަދު އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އައު ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތްތައް ފާސްކުރުމަށް މަޖިލީހަށް ފޮނުވާފައި މިވަނީ ސަރުކާރަށް މަހެއްވި ފަހުންނެވެ. ސަރުކާރަށް މަހެއްވެގެން ދިޔައިރު ވުޒާރާތަކުގެ މަސައްކަތްތައް ފާސްކުރުމަށް މަޖިލީހަށް ނުފޮނުވާ ރައީސް ހިމެނޭހެން ސަރުކާރުގެ މުހިންމު މިނިސްޓްރީތަކުގެ ވެރިން ގެންދިޔައީ ރާއްޖެއިން ބޭރަށް ދަތުރުތައް ކުރައްވަމުންނެވެ. އެގޮތުން ތުރުކީއަށް ކުރި ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި މަޝްހޫރު ފިލްމީތަރިންނާއި ބައްދަލުކުރައްވާފައިވެއެވެ.

މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުންދޭން އެޖެންޑާ ކުރި ނަމަވެސް މެންޑޭޓު ފާސްނުކުރާތީ ރުހުންދިނުމުގެ މައްސަލަ ވަނީ ފަސްކޮށްފައެވެ. މަޖިލީހުގެ މި ދައުރު ހޯމަ ދުވަހަށް ނިންމުމަށް މަޖިލީހުން މަސައްކަތް ކުރި ނަމަވެސް، ސަރުކާރު ސްލޯވެގެން ވަޒީރުންނަށް ރުހުންދިނުމާއި، ވުޒާރާތަކުގެ މެންޑޭޓްތައް ފާސްކުރަން ނުފޮނުވާ ދިގުލައިގެން ދިޔައެވެ.

އަދި ވުޒާރާތުގެ މެންޑޭޓް ފާސްކުރަން މަޖިލީހަށް ނުފޮނުވާ ވަޒީރުންނަށް ރުހުން ހޯދުމަށް ހޯމަ ދުވަހުގެ މެންދުރު ފޮނުވާފައިވާއިރު، ހޯމަ ދުވަހު ޖަލްސާއަށް ވަޒީރުންނަށް ރުހުން ދިނުމަށް ނިންމައި ތަޅުމަށް ފޮނުވި ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގެ ކޮމިޓީ ރިޕޯޓް ކޮމިޓީން ފާސްކޮށްފައި އޮތީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ފާހަގަކޮށްފައެވެ.

އަދި މިކަމާއި ގުޅިގެން މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރުމަށްފަހު ރިޔާސަތުން ވަނީ ކޮމިޓި ރިޕޯޓް އަނބުރާ ކޮމިޓިއަށް ފޮނުވަން ނިންމާފައެވެ.

ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދާ ކަމަށެވެ. އަދި ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްތާ އެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

އަދި (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް