Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލްގެ އެއްބަސްވުން އައުކޮށްފާނެކަމުގެ އިޝާރާތެއް އަންޗެލޮޓީ ދީފި

އަންޗެލޮޓީ ބުނީ، އޭނާ ކުލަބުގައި ހުންނަން ރެއާލުން އުފާވާ ނަމަ، އެކަމާ އޭނާ ވެސް އުފާވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2023 | އާދީއްތަ 01:54
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ސްޕެއިންގެ ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފާނެކަމުގެ އިޝާރާތެއް އެ ކުލަބުގެ ކޯޗު، ކާލޯ އަންޗެލޮޓީ ދީފިއެވެ.

އުމުރުން 64 އަހަރުގެ އަންޗެލޮޓީ ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުން އައުކޮށް، އިތުރު މުއްދަތަކަށް އޭނާ ކުލަބުގައި ބަހައްޓަން ރެއާލުން ބޭނުންވެއެވެ. ނަމަވެސް، އެކަމުގައި މިހާތަނަށް އަންޗެލޮޓީ ވަކި ގޮތެއް ނިންމައިފެއް ނުވެއެވެ. ރެއާލްގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ ކުލަބު ދޫކޮށް، ބްރެޒިލްގެ ޤައުމީ ޓީމާ އަންޗެލޮތީ ހަވާލުވާން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އެ ވާހަކަތައް އަންޗެލޮޓީ ދޮގު ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ދެމުން އައީ ފިނި ޖަވާބެކެވެ.

ރެއާލްގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން، އައު އެއްބަސްވުމަކާމެދު ވިސްނަން ޖެހޭނީ އޭގެ ފަހުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އިތުރަށް އަންޗެލޮޓީ ބުނީ، އޭނާ ކުލަބުގައި ހުންނަން ރެއާލުން އުފާވާނަމަ، އެކަމާ އޭނާ ވެސް އުފާވާނެ ކަމަށެވެ. ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ރެއާލްގެ އެއްބަސްވުން އަންޗެލޮޓީ އައު ކުރުމުގެ ފުރުސަތު އެބައޮތެވެ.

ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ގުޅުނީ 2021 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލް ވަނީ 139 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 97 މެޗުން މޮޅުވެފައެވެ. 22 މެޗުން ބަލިވެފައިވާއިރު، 20 މެޗު ވަނީ އެއްވަރުވެފައެވެ. ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވެ އޭނާ ވަނީ އެ ކުލަބާއެކު ހަ ތައްޓެއް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2017

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
26 މެއި 2017

ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި

26 މެއި 2017
ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު