Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު 2023

2024 ގައި އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމައަށް ވަނީ ހުޅުވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޑިސެމްބަރު 2023 | ހޮނިހިރު 06:39
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމް.ޑީ.ޕީގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ 16 ޑިސެމްބަރު 2023 ވާ ހޮނިހިރު ދުވަހުން ފެށިގެން 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމައަށެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ޖެނުއަރީ 26 އަދި 27 ގައި ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ޕްރައިމަރީ ބާއްވަވާނެކަމަށެވެ. އެގޮތުން ޕްރައިމަރީގައި ވާދަކުރެވޭނީ މުއްދަތުގެ ތެރޭގައި ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ އެމްޑީޕީ ޓިކެޓުގައި ވާދަކުރަން ޝައުޤުވެރިވާ މީހުންގެ ޝަރުތުތައްވެސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވާ މީހެއްކަމުގައިވުން ހިމެނެއެވެ.

އެމްޑީޕީން ވަނީ ވާދަކުރުމަށް އެދޭ ފަރާތްތަކުން މިފަހަރު ފޯމާއެކު ކުށުގެ ރެކޯޑުތައްވެސް ހުށައެޅުމަށް އެދިފައެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ގޫގުލްފޯމްމެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރުމަށް އެދިފައެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާފޯމްއެއިދާރާއިން ސާފުކޮށް ފުރިހަމަކޮށް، ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު ހުށައެޅުމަށް ޕާޓީންވެސް ވަނީ އެދިފައެވެ.

އިބުރޭ އިތުރަށް ވިދާޅުވީ، ޕާޓީއަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ޕާޓީގައި އުޅެފައިވާ މުއްދަތާއި، ޕާޓީގެ ޤަވާއިދުގައި ބުނެފައިވާ ޝަރުތުތަކަށްވެސް ބަލާނެކަމަށެވެ. އެގޮތުން ބަލާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުންނާ ދެކޮޅަށް ނުވަތަ ޕާޓީގެ ރޫޙާ ޚިލާފަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކެއްނަމަ، އެކަން ބެލުމަށް އަމިއްލައަށްވެސް ހުށައަޅުއްވާނެކަމަށް އިބުރޭ ވިދާޅުވިއެވެ.

އެއީ ޕާޓީގެ ޓިކެޓު ލިބުމުގެ ޝަރުތު އުނިވާނެ ސަބަބެއްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު