Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްޖަޒީރާ ކެމެރާމަން ޝަހީދުވުން

އިސްރާއީލުން ދިން ހަމަލާތަކުގައި ޒަޚަމްވި އަލްޖަޒީރާގެ ކެމެރާމަން ޝަހީދު ވެއްޖެ

16 ޑިސެމްބަރު 2023 | ހޮނިހިރު 02:07

އަބޫދައްޤާ ޝަހީދުވީ ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ލިބުނު ޒަޚަމްތަކަށް ފަރުވާއެއް ނުދެވި ލޭމަނާނުވެ އޮވެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޑިސެމްބަރު 2023 | ހޮނިހިރު 02:07
އަލްޖަޒީރާ ކެމެރާމަން

އަލްޖަޒީރާ ކެމެރާމަން

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާ ކަވަރު ކުރަމުންދަނިކޮށް އިސްރާއީލުން ދިން ހަމަލާގައި ޒަޚަމްވި އަލްޖަޒީރާގެ ކެމެރާމަން ސާމިރް އަބޫދައްޤާ އަށް ލިބުނު އަނިޔާތަކާއި ގުޅިގެން އޭނާ ޝަހީދުވެއްޖެއެވެ.

އިސްރާއީލުން ހަމަލާދީފައިވަނީ ކެމެރާމަން އަބޫދައްޤާ އާއި އަލްޖަޒީރާގެ އަރަބިކްގެ ޣައްޒާގެ ބިއުރޯ ޗީފް ވާއެލް ދަހުދޫ އަށެވެ. އިސްރާއީލުން ޚާންޔޫނުސްގެ ފަރްހާނާ ސްކޫލަށް ދިން ހަމަލާ ކަވަރުކުރަށް އެސްކޫލަށް ވަތް އަލްޖަޒީރާ ކްރޫ އާއި ރެސްކިޔުޓީމަށް އިސްރާއީލުން ވަނީ ހަމަލާދީފައެވެ. މިހަމަލާގައި ވާއެލް އަށް ވަނީ އެކިވަރުގެ އަނިޔާތައްވެފައެވެ.

އިސްރާއީލުން އެސަރަހައްދަށް ވަރުގަދަ ހަމަލާތައް ދެމުންދިޔުމުގެ ސަބަބުން ރެސްކިޔުޓީމަށް ވަނީ ކެމެރާމަން އަބޫދައްޤާ އާ ހަމައަށް ނުދެވިފައެވެ. އެހެންކަމުން އޭނާ އަށް ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަކަށް ގެންދެވޭނެ ގޮތެއް ނުވިއެވެ. ސާމިރް އަބޫދައްޤާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި ޝަހީދުވުމާއި ގުޅިގެން އަލްޖަޒީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސަަރަހައްދަށް އެމްބިޔުލަންސަށްވެސް އަދި އެހެން މީހަކަށްވެސް ނުވަދެވޭ ގޮތަށް އިސްރާއީލުން ހުރަސްއަޅާފައިވާކަމަށެވެ.

އަދި އަބޫދައްޤާ ޝަހީދުވީ ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ލިބުނު ޒަޚަމްތަކަށް ފަރުވާއެއް ނުދެވި ލޭމަނާނުވެ އެހެން އޮވެކަމަށް ވަނީ ބުނެފައެވެ.

ވާއެލްއަށް ލިބުނު އަނިޔާތަކަށް ނާސިރު ހޮސްޕިޓަލުން ވަނީ ފަރުވާދީފައެވެ. ވާއެލްގެ އާއިލާ ދިރިއުޅެމުންދިޔަ ގެއަށް އަމާޒުކޮށް އިސްރާއީލުން ވަނީ އޮކްޓޯބަރ މަހުގެ ފަހުކޮޅު ހަމަލާދީފައެވެ. އެހަމަލާގައި ވައެލްގެ އަންހެނުންނާއި، 15 އަހަރުގެ ފިރިހެން ދަރިފުޅާއި، 7 އަހަރުގެ އަންހެން ދަރިފުޅާއި ކާފަ ދަރިފުޅު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކަވަރުކުރަމުންދާ ނޫސްވެރިންނާއި ނޫސްވެރިންގެ އާއިލާތަކަށް އަމާޒުކޮށް އަންނަނީ ތަކުރާރުކޮށް ހަމަލާތައްދެމުންނެވެ. ޣައްޒާ ހަނގުރާމަ ކަވަރުކުރަމުންދިޔަ 90 ނޫސްވެރިންގެ ފުރާނަ މިހާތަނަށް ވަނީ އިސްރާއީލުން ދިން ހަމަލާތަކުގައި ގެއްލިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް