Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަން

މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންގެ ކެނޑިޑޭޓުންގެ ގުރުއަތު ނެގުން މާދަމާ

ކެންޑިޑޭޓުންގެ ތަރުތީބު ގުރުއަތު ނެގުން ހޮނިހިރު ދުވަހުގެ މެންދުރު ކުރިން 11 ގައި އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2023 | ހުކުރު 06:33
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އިންތިޙާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީން ކުރި އިއުލާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު، މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ތަރުތީބު ގުރުއަތު ނެގުން ހޮނިހިރު ދުވަހުގެ މެންދުރު ކުރިން 11 ގައި އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންނާނެ ކަމަށެވެ.

އަދި އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ހާޟިރުނުވެވޭ ކެންޑިޑޭޓެއް ހުރި ނަމަ، އެ ކެންޑިޑޭޓުގެ ބަދަލުގައި ދަރުބާރުގެއަށް ވަޑައިގަންނަވާނެ ބޭފުޅަކު ބަޔާންކޮށް އެކަމުގެ ސިޓީ އެއް އެ ކޮމިޝަނަށް ހުށަހެޅުމަށް އެ ކޮމިޝަނން އެދެމެވެ.

އެހެން ނަމަވެސް، ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަން އެ ކޮމިޝަނުން ފާހަގަ ކުރި އެވެ.

މާލެ ސިޓީ ކައުންސިލުގެ ގިނަ މަގާމުތަކެއް ހުސްވެފައިވަނީ، އެ ކައުންސިލުގެ މޭޔަރު ކަމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ އެކި އިސް މަގާމުތަކަށް އެ ކައުންސިލުގައި ތިއްބެވި ބޭފުޅުން އައްޔަނުކުރެއްވުމުގެ ސަބަބުންނެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގައި ވެސް ސިޓީ ކައުންސިލުގައި ރައީސް މުއިއްޒުގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ތިއްބެވި އިރު، ބައެއް ބޭފުޅުން އެހެން މަގާމުތަކުގައި ވެސް އެބަ ތިއްބެވި އެވެ.

އެ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކުގެ ތެރެއިން އާންމު ގިނަ ރައްޔިތުން އެންމެ ޝައުގުވެރިވާ މަގާމަކަށްވެފައިވަނީ އެ ކައުންސިލުގެ މޭޔަރު ކަމުގެ މަގާމެވެ. އެގޮތުން އެ މަގާމަށް އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް ޢާޒިމް ނުކުންނަވާ އިރު، ޕީޕީއެމް-ޕީއެންސީގެ ފަރާތުން ނުކުންނަނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރެވެ.

އަދި ރައީސް ޔާމީންގެ ތާއީދާއެއްކޮށް، ރައީސް ޔާމީން އަލަށް އުފެއްދެވި ޕާޓީ ޕީއެންއެފް އިން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ނުކުންނަވާއިރު، ދަ ޑިމޮކްރެސްޓްގެ ފަރާތުން މާލޭ ސިޓީގެ ކައުންސިލަރެއްގެ މަގާމު މިހާރު ވެސް ފުރުއްވަމުންގެންދަވާ ސައިފް ފާތިހު ވެސް ވާދަކުރައްވަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު