Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމް

"ކޮންމެ ކުއްޖަކަށް އާއިލާއެއް"ގެ ދަށުން ކުދިން ހަވާލުކުރާ އާއިލާތައް ސްކްރީންކޮށް ޓްރެއިންނިން ސެޝަންތައް ބާއްވާނެ: ނަމްޒާ

13 ޑިސެމްބަރު 2023 | ބުދަ 02:54

ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 164 ކުދިން އެބަތިބި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޑިސެމްބަރު 2023 | ބުދަ 02:54
އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ނައިބު އައިމިނަތު ނަމްޒާ

އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ނައިބު އައިމިނަތު ނަމްޒާ

އުފާވެހި ޕްރޮގްރާމްގެ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާއި ހަވާލުކުރެވޭނީ އެ އާއިލާތައް ސްކްރީންކޮށް ޓްރެއިނިންގ ސެޝަނެއް ބޭއްވުމަށްފަހު ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ނައިބު އައިމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް ”ކޮންމެ ކުއްޖަކަށް އާއިލާއެއް“ ޕްރޮގްރާމު އެކުލަވާލުމަކީ މިސަރުކާރުގެ ހަފްތާ 14ގައި ހިމެނޭ ކަމެކެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލެ އާއި އަތޮޅުތެރޭގައި މިހާރުވެސް 164 ކުދިން އެބަތިއްބެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ގޮތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަމްޒާ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ދައުލަތުގެ ބެލެމުގައި ދަށުގައި ތިބޭ ކުދިންނަށް އާއިލީ ވެއްޓެއްގައި އުޅެ ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދެވޭނެކަމަށެވެ. އެގޮތުން ވަގުތީ ގޮތުން ކުދިން ފޮސްޓަރ ކުރެވޭއިރު ދާއިމީ ގޮތެއްގައި ވެސް ކުދިން ފޮސްޓަރ ކުރެވޭނެއެވެ.

ނަމްޒާ ވިދާޅުވީ މިވަގުތު ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާއިރު މިކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުގެ ކުރިންވެސް އަމިއްލައަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް މިނިސްޓްރީން ގުޅާނެކަމަށާއި މިހާރުވެސް ދަފްތަރު އެކުލަވާލުމުގެ މަސައްކަތްކުރަމުންދާކަމަށް ނަމްޒާ ވިދާޅުވިއެވެ. ނަމްޒާ ވިދާޅުވީ ކުދިން ފޮސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން އެކަމުގެ ފޯމު ލިބިގެންދާނެކަމަށެވެ.

ނަމްޒާ ވިދާޅުވީ މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި މާލެ އާއި ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ކުރިޔަށް ގެންދާނެކަމަށެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެވުޒާރާގެ ސީނިއަރ ލީގަލް ކައުންސެލް އަލްއުސްތާޛާ އައިޝަތު އިފާދާ ވިދާޅުވީ މަސައްކަތްކުރަމުންދަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުދިން އާއިލާތަކާއި ހަވާލުކުރަން ކަމަށާއި އެކަންކުރުމަށް ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި ވަގުތީ ގޮތުން ކުދިންގެ ބެލެނިވެރިކަމާއި ހަވާލުވާ އާއިލާތަކާއި ޖެނުއަރީ މަހު ޓްރެއިނިންގ ބޭއްވޭނެކަމަށް އިފާދާ ވިދާޅުވިއެވެ.

އިފާދާ ވިދާޅުވީ ވަގުތީ ގޮތުން ބެލެނިވެރިކަން އާއިލާއަކާ ހަވާލުކުރިނަމަވެސް މަސައްކަތްކުރާނީ ކުއްޖާގެ އަސްލު އާއިލާއަށް ކުއްޖާއަށް އަނބުރާ އާދެވޭނެ ގޮތަށްކަމަށެވެ.

އިފާދާ ވިދާޅުވީ ދާއިމީކޮށް ކުއްޖަކު ފޮސްޓަރ ކުރާނަމަ އެކުއްޖާގެ އުމުރުން 18 ވަންދެން ކޯޓު މެދުވެރިކޮށް ކުއްޖާގެ ބެލެނިވެރިކަން ގާނޫނީ ގޮތުން ހޯދައިދެވޭނެކަމަށެވެ. އެ ހާލަތުގައި އެކުއްޖާއަށް އިތުރު ބެލެނިވެރިކަން ހޯދައިދިނުމަށް މަސައްކަތް ނުކުރާނެކަމަށް އިފާދާ ވިދާޅުވިއެވެ.

ފޮސްޓަރ އާއިލާގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނައިރު އެ އާއިލާތަކުން ކުދިންނާމެދު އަމަލުކުރާގޮތް މިނިސްޓްރީން ގާތުން ބަލަމުންދާނެކަމަށް އިފާދާ ވިދާޅުވިއެވެ. އެގޮތުން އެކުދިން ތިބޭ ތަންތަނަށް ގޮސްގެންނާއި ގުޅައިގެން ވެސް ހާލަތު ގަވާއިދުން ބަލަމުންދާނެކަމަށް އިފާދާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް