Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިއުމަން ރައިޓްސް 75

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން އެންމެ ބޮޑަށް ބާރުއަޅާ އެއް ކަމަކީ ހަމަހަމަކަން: ނައިބު ރައީސް

12 ޑިސެމްބަރު 2023 | އަންގާރަ 15:21

މި ސަރުކާރުން ތަރައްޤީގެ ކަންކަމުގައި ގެންގުޅޭ ވިސްނުމަކީ، ތަރައްޤީއަށް ކުރާ ދަތުރުގައި އިންސާނީ ތަރައްޤީއަށް އިސްކަންދިނުމުގެ ވިސްނުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2023 | އަންގާރަ 15:21
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައިވެސް އެންމެބޮޑަށް ބާރުއަޅާކަމަކީ ހަމަކަން ކަމަށާއި، އަދި ބައިބައިވުމަށް ފުރުޞަތެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްވިޒަރލެންޑްގެ ޖެނީވާގައި "ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ޙަރަކާތްތަކުގެ ޕެނަލް ޑިޝްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިންސާނީ ޙައްޤުތައް ކުރިއަށް ނެރެ، މިއަދާ އަދި ކުރިމަގުގެ މައްސަލަތައް ޙައްލުކުރުމުގެ މައުޟޫޢުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ ކަންކަމުގައި ގެންގުޅޭ ވިސްނުމަކީ، ތަރައްޤީއަށް ކުރާ ދަތުރުގައި އިންސާނީ ތަރައްޤީއަށް އިސްކަންދިނުމުގެ ވިސްނުން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް 75 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރާއިރު، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކުން މަޙްރޫމުވެ ކުރިމަތިލާންޖެހިފައިވާ ދަތި ޙާލަތަށް އަލިއަޅުއްވާލައްވައި، ޣައްޒާގައި ހިންގަމުންދާ ޢުދުވާންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން ޣައްޒާގެ މިހާރުގެ ޙާލަތާއި އަދި އެހެން ޤައުމުތަކުގައި ހިންގަމުންދާ މިފަދަ ހަނގުރާމަތަކަކީ އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް ބޭނުންޖެހިފައިވާ މިންވަރު ދައްކުވައިދޭ މިސާލުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މައިގަނޑު 5 ނުކުތާއެއް ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް، އިންސާނީ ޙައްޤަކީ އިތުރު ބަޙުޘެއް ނުކޮށް ލިބެންޖެހޭ ޙައްޤެއްކަމާއި، އަދި އެއީ ފަރުދެއްގެ ކަރާމާތް ރައްކާތެރިކުރުމަށް އެންމެ ކުޑަ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދެވަނަ ކަމަކަށް އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތް ކުރިއަށްގެންދަންވާނީ ސަރުކާރާއި، ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކާއި، ވަކިވަކި ފަރާތްތައް ހިމެނޭހެން، ވަށާޖެހޭ ގޮތެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ތިންވަނަ ކަމަކަށް، އިންސާނީ ޙައްޤުތަކާގުޅޭ ޢިލްމުތައް ހުރިހާ ފަންތިއެއްގައި ފެތުރުމެވެ. އަދި ހަތަރުވަނަ ކަމެއްގެ ގޮތުގައި، ތަރައްޤީއާއި ޞުލްޙަމަސަލަސްކަމާއި ސަލާމަތްކަން ކުރިއަރުވައި، މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މަލްޓިލެޓަރަލިޒަމާއި ވަކި ހަމަތަކެއްގެ މައްޗަށް ބިނާވެގެން ބައިނަލްއަޤްވާމީގޮތުން ކަންކުރަމުން އަންނަ އުޞޫލުތައް ބަލައިގަނެ ކުރިޔަށްދިއުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފަހު ކަމެއްގެ ގޮތުގައި، ކުރިމަގަށް ކުރެވޭ އުންމީދުތައް އާކުރުމުގެ ގޮތުން އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުކުރުމާއެކު، ކަންކަން ނިންމުމަށް މަގުފަހިކުރުމުގެ ގޮތުން އިންސާނީ ޙައްޤުތަކާއި މޫސުމަށް އަންނަ ބަދަކުތަކާގުޅޭ ވާހަކަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

"ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ޙަރަކާތްތަކަކީ އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަރލެންޑްގެ ސަރުކާރު ގުޅިގެން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ޙަރަކާތްތަކެކެވެ.

ދިވެހިރާއްޖެއަކީ އދ.ގެ ހިއުމަންރައިޓްސް ކައުންސިލުގެ މެންބަރު ޤައުމެކެވެ. އަދި ކައުންސިލުގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ނައިބު ރައީސްގެ މަޤާމު މިހާރު ފުރަމުން ދަނީވެސް ދިވެހިރާއްޖެއިންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
03 މެއި 2017

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި
02 މެއި 2017

އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

02 މެއި 2017
އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ
08 އެޕްރީލު 2017

ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި

08 އެޕްރީލު 2017
ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި
23 މާރިޗު 2017

ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް

23 މާރިޗު 2017
ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް