Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރާމާރި

އެލްސިއޯން ބޭކަރީ ސަރަހައްދުގައި ހިންގި މާރާމާރިއަކާ ގުޅިގެން ފުލުހުން މީހުންތަކެއް ހައްޔަރުކޮށްފި

27 ޖުލައި 2017 | ބުރާސްފަތި 10:52

މާރާމާރީގައި ވަނީ 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖުލައި 2017 | ބުރާސްފަތި 10:52
ފުލުހުން ހައްޔަރުކޮށްފައިވާ 6 މީހުން

ފުލުހުން ހައްޔަރުކޮށްފައިވާ 6 މީހުން

އެލްސިއޯން ބޭކަރީ ސަރަހައްދުގައި ހިންގި މާރާމާރިއަކާ ގުޅިގެން ފުލުހުން މީހުންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރި ހިންގާފައި ވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހުގެރޭ ކަމަށާއި މާރާމާރީއާ ގުޅިގެން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަ މީހުންނަކީ ސ. ހިތަދޫ، ނާސިރައްދޫގެ އުމުރުން 21 އަހަރުގެ މުނާޒު މުޙައްމަދާއި ހއ. މޮޅަދޫ، ބަހާރުގެ އުމުރުން 20 އަހަރުގެ ސިރުފާން އިބްރާހިމް އާއި ވ. ބުލޫނިޔާއާގެ އުމުރުން 21 އަހަރުގެ މޫސާ އިބްރާހިމް އާއި ސ. ހިތަދޫ، ލުހާއުގޭ އުމުރުން 20 އަހަރުގެ އިބްރާހީމް ޢަރީން އަޙްމަދާއި ނ. މިލަދޫ، ކާރނޭޝަންމާގެ އުމުރުން 20 އަހަރުގެ ޢަބޫބަކުރު ފާރިޢު އަދި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ޢަބޫބަކުރު ފާރިޢު އާއި އިބްރާހީމް ޢަރީން އަޙްމަދު ޖުލައި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު މޫސާ އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި ސިރުފާން އިބްރާހިމް އާއި މުނާޒު މުޙައްމަދުގެ އިތުރުން 17 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ޖުލައި 25 ވަނަ ދުވަހުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިއެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަ މީހުންނަކީ މާރާމާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންކަން ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާއިރު މިމީހުންގެ މައްޗަށް ކުށް ސާބިކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޖުލައި 19 ވަނަ ދުވަހުގެރޭ އެލްސިއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މި މާރާމާރީގައި ވަނީ 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައިގެ އިތުރުން މާރާމާރީގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި

09 އެޕްރީލު 2017
މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް