Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ޓެރީ ވެނަބްލްސް

ޓެރީ ވެނަބްލްސް: ބާސެލޯނާގެ އެންމެ ފުރަތަމަ ''ޔޯހަން ކްރައިފް''

އޭނާ ކޯޗަކަށް ގެނައުމުން ކުޅުންތެރިންނާއި މީޑިއާ އާއި ސަޕޯޓަރުން އެއީ ކާކުތޯ އޮޅުންފިލުވައި ސުވާލުކުރި

ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2023 | ހޯމަ 05:41
އިނގިރޭސި އަދި ބާސެލޯނާގެ ކުރީގެ ކޯޗު ޓެރީ ވެނަބްލްސް

އިނގިރޭސި އަދި ބާސެލޯނާގެ ކުރީގެ ކޯޗު ޓެރީ ވެނަބްލްސް

1984 ވަނަ އަހަރުގެ ޖޫން މަހު ބާސެލޯނާއާ ހަވާލުވާން އިނގިރޭސި ކޯޗު ޓެރީ ވެނަބްލްސް ސްޕޭނަށް ދިއުމާއެކު އެންމެންވެސް ކުރި ސުވާލަކީ އެއީ ކާކު ހެއްޔެވެ؟ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ފުށުން ވެސް ފެނިގެންދިޔައީ ވެނަބްލްސްގެ ގާބިލްކަމާމެދު ސުވާލު އުފެއްދިތަނެވެ. އޭނާ އަކީ ކާކުކަން އޮޅުންފިލުވައިދިނުމަށް އެދެމުންދިޔަ ތަނެވެ. މިއީ މިޒަމާނުގައި ފެނުން ވަރަށް ދުރު މަންޒަރުތަކެކެވެ. އެކަމަކު ތިން އަހަރު ފަހުން ވެނަބްލްސް ބާސެލޯނާ ދޫކޮށްލިއިރު މުޅި ބާސެލޯނާގެ އޮތީ އޭނާގެ ފަހަތުގަ އެވެ. ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ތިބީ ވަކިނުވެވޭ ވަރަށް ގާތްވެފަ އެވެ.

އުމުރުން 80 އަހަރުގައި މިދިޔަ ހަފުތާގައި ވެނަބްލްސް ވަނީ މަރުވެފަ އެވެ. މާ ގިނަ ބަޔަކަށަ އަޅައިނުގަތަސް އޭނާ އަކީ ސްޕޭނުގެ ބާސެލޯނާ އަށް ހާއްސަ ކޯޗެކެވެ. 1984 ވަނަ އަހަރުން ފެށިގެން 1987 ވަނަ އަހަރާ ހަމައަށް އޭނާ ކޯޗުކަމުގައި ބާސެލޯނާ ހޯދި ކާމިޔާބީތަކާއި ކުރިއެރުންތަކާއި މިއަދުގެ ޖީލުތައް ވެސް ހަނދާންކޮށްލަންޖެހެ އެވެ. ވެނަބްލްސް ސަބަބުން ބާސެލޯނާ އާއި ސްޕޭނުގެ ފުޓްބޯޅަ އަށް އައި ބަދަލުތަކާއި ކުރިއެރުމަކީ ފަނޑުކޮށްނުލެވޭނެ ކަންތައްތަކެކެވެ.

މިވަގުތު ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިންމު ކަމަކީ ވެނަބްލްސް ހަވާލުވިއިރު ބާސެލޯނާ އަކީ ތަށިތަކެއް ހޯދަމުންދިޔަ ޓީމެއްނޫން ކަމެވެ. އެއީ މިއަދު މި ފެންނަ ބާސެލޯނާއެއް ނޫނެވެ. އޭނާ ހަވާލުވިއިރު ބާސެލޯނާ އަށް ސްޕެނިޝް ލީގު ނުލިބޭތާ ވެސް 10 އަހަރުވެއްޖެ އެވެ. އެކަމަކު ވެނަބްސް އިނގިރޭސިވިލާތުގެ ޓޮޓެންހަމަށް ބަދަލުވީ ބާސެލޯނާ އަށް ސްޕެނިޝް ލީގާއި ކޮޕާޑެލްރޭ ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ގެންގޮސްދީފަ އެވެ. އެއިރު ބާސެލޯނާ އޮތް ފެންވަރަށް ބަލާއިރު ޗެމްޕިއަންސް ލީގު ފައިނަލުގައި ރޫމޭނިޔާގެ ސުޓުއާ ބުކަރެސްޓް އަތުން ބަލިވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. މިހެންވެ ޗެމްޕިއަންސް ލީގުގެ ތަށި ނުލިބުން ވެގެންދިޔައީ ވަރަށް ބޮޑު ހައިރާންކަމަށެވެ.

ވެނަބްލްސްގެ ހަނދާން ބާސެލޯނާގައި ހަރުލާފައިވަނީ އޭނާ ހޯދި ކާމިޔާބީތަކަކުން އެކަންޏެއް ނޫނެވެ. އޭނާ ވަނީ މިއަދަށް ވެސް ފެތޭ ގިނަ ބަދަލުތަކެއް ގެނެސްދީފަ އެވެ. ޕްރެކްޓިސްތައް އޭނާ ރާވަމުންދިޔަ އައު ގޮތްތަކާއި އޭނާގެ ދިރިއުޅުމުގެ ސިފަތައް ހުރި ގޮތުން ވެނަބްލްސްގެ ދެކެ ގަޔާވާ މީހުން ގިނަވި އެވެ.

އޭނާ ބާސެލޯނާ އަށް ބަދަލުވިއިރު ސްޕޭނުގެ މީހުން އެހެން ގައުމުތަކުގެ ފުޓްބޯޅަ ބަލައި ދިރާސާކޮށް ނުހަދަ އެވެ. އެކަމަކު އިނގިރޭސި ކުލަބުތައް ޔޫރަޕުގައި ހޯދަމުންދިޔަ ކާމިޔާބީތަކުގެ ސަބަބުން ޓްރެންޑަށްވެފައި އޮތީ އިނގިރޭސި ކުލަބުތަކެވެ. މިހެންވެ ސްޕޭނުގައި ވެސް އެންމެ ހިނގާ ނަންތަކަކަށް އިނގިރޭސި ކުލަބުތައްވި އެވެ. ނަމަވެސް ސްޕޭނަކީ އިނގިރޭސި ކޯޗުންނާއި ކުޅުންތެރިންގެ މަގުބޫލު މަންޒިލެއްނޫނެވެ.  

"ތިޔައީ ކާކު" މިއީ ބާސެލޯނާގެ އެއިރުގެ އެންމެ މޮޅު ކުޅުންތެރިޔާ، ޖަރުމަނުގެ ބާންޑް ޝޫސްޓާ ވެނަބްލްސް ކޯޗަކަށް ހަވާލުވުމުން އޭނާއާ ކުރިމަތިކުރި އެއް ސުވާލެވެ. މިފަދަ ގިނަ ސުވާލުތަކާހުރެ ބާސެލޯނާގައި ވެނަބްލްސް އަށް ޖެހުނީ ކުޅުންތެރިންނާއި މީޑިއާ އާއި ސަޕޯޓަރުންނާއި ދެން ތިބި ބަޔަކަށް ވެސް އޭނާގެ ފެންވަރު ސާބިތުކޮށްދޭށެވެ.

ވެނަބްލްސް ބާސެލޯނާ އަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެކުލަބުގެ ކުރީގެ ނާއިބް ރައީސް އަދި ފަހުން ރައީސް ކަމަށް ވަޑައިގެންނެވި ޖޯން ގަސްޕާޓެވެ. އޭނާ އަށް ވެނަބްލްސްގެ ނަން ދިނީ އިނގިރޭސި ގައުމީ ކޯޗުކަމުގައިހުރި ބޮބީ ރޮބްސަން އެވެ. އެއީ އެންމެ މޮޅު އިނގިރޭސި ކޯޗަކީ ކޮބާތޯ ރޮބްސަންކުރެން އެހުމުންނެވެ.

ބާސެލޯނާ ބަދަލު ކުރުމަށް ވެނަބްލްސް ފުރަތަމަ ވެސް ކުރި ކަމަކީ ކުޑަކޮޓަރިއެއްގައި އެކަނިމާއެކަނި އިނދެ ވަރަށް ގިނަ އަދަދެއްގެ މެޗުތައް ދިރާސާ ކުރުމެވެ. މިކަމަށް އެތައް ހަފުތާއެއް ހޭދަވި އެވެ. އެ ޓޭޕްތަކުން ވެނަބްލްސްއަށް ފެނުނީ ބާސެލޯނާ އަކީ ވަރަށް ފިޒިކަލް ޓީމެއް ކަމަށެވެ. އަދި ޑިފެންސްލައިނާ ގާތަށް ބޯޅަ އައުމުން ފިޔަވައި ޓީމުގައި މާބޮޑު ޖޯޝެއް ނުހުންނަ ކަމެވެ. އެކަމަކު ބޯޅައާއެކު ބާސެލޯނާ އަކީ އިދިކޮޅު ޓީމަށް ދަނޑުގެ ކޮންމެ ދިމާލަކުން ވެސް ގިނަ ޕްރެޝަރުތަކެއް ކުރެވޭނެ ޓީމެއް ކަމަށް ގަބޫލުކޮށް ވެނަބްސްލް ޕްރެކްޓިސް މެތަޑްތައް ބަދަލުކޮށްލި އެވެ. މިކަންވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ފުރަތަމަ ޓީމުގެ ކުޅުންތެރިން އެކަން ކުރެވިދާނެތޯ ސުވާލު އުފެއްދީ އެވެ. ސަބަބަކީ އެއީ އެހާތަނަށް ދުވަހަކު ވެސް ބާސެލޯނާގެ ކުޅުންތެރިން ގާތުގައި މީހަކު ދެއްކި ވާހަކައަކަށް ނުވާތީ އެވެ.

ވެނަބްލްސްގެ އޭރޮބިކް ސްޓައިލްގެ ތަމްރީނުތައް ކުޅުންތެރިންނަށް ކަމުނުދިޔަ އެވެ. އެކަމަކު ޕްރީ ސީޒަނުގައި ކުޅުނު މެޗުން 9-0އިން ބާސެލޯނާ މޮޅުވުމުން ވެނަބްލްސްގެ ޕްލޭން ކާމިޔާބު ވެދާނެ ކަމަށް ކުޅުންތެރިން ގަބޫލުކުރަންފެށި އެވެ. އެހިސާބުން ވެނަބްލްސް ފެށީ ޓީމު ޒުވާން ކުރުމަށެވެ. ބީ ޓީމުގެ ފަރިތަކުރުންތައް ބަލައި އެ ޓީމުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ދިރާސާކުރި އެވެ. ބީ ޓީމުގައި ތިބި ރޯމަން ކަލްޑޭރޭ އާއި ނާޔިމް އަދި ހުއާން ކާލޮސް ރޯހޯ ފުރަތަމަ ޓީމަށް ނުކުޅުވަނީ ކީއްވެތޯ ވެނަބްލްސް ސުވާލުކުރި އެވެ. ބީ ޓީމުގެ ކޯޗުގެ ޖަވާބަކަށްވީ އެކަން ނުކުރަނީ އެ ކުޅުންތެރިން މާ ޅަ، ވުމުން ކަމަށެވެ. އެކަމަކު 23 އަދި 24 އަހަރުގެ ކުޅުންތެރިންނަކީ ފުރަތަމަ ޓީމަށް ކުޅެންޖެހޭ އުމުރުގެ ކުޅުންތެރިން ކަމަށް ދެކި ވެނަބްލްސް ބާސެލޯނާގެ އުސޫލުތައް އޭނާ ބޭނުންވާ ގޮތަށް އަނބުރާލި އެވެ. މިއަށް ފަހު އިނގިރޭސި ތަރި ގެރީ ލިނެކާ އާއި މާކް ހިއުސް އާއި ސްކޮޓްލޭންޑްގެ ސްޓީވް އާޗިބަލްޑް ބާސެލޯނާ އަށް ގެނެސް ޓީމު ވަރުގަދަކުރި އެވެ. ދެން ކުރި ކަމަކީ ސްޕޭނަށް 4-4-2 ސިސްޓަމް ތައާރަފްކުރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެދުވަސްވަރު އެންމެ ފެންވަރު ރަނގަޅު، އެންމެ ރީތި ފުޓްބޯޅައެއް ކުޅޭ ބަޔަކަށް ބާސެލޯނާ ވިއެވެ.

ވެނަބްލްސް ބުނެފައިވާ ގޮތުން އޭނާއަށް ފުޓްބޯޅައިގައި ދިމާވި އެންމެ ހިތްދަތި ދުވަހަކީ ވެސް މިހާ މޮޅު ޓީމެއް ތައްޔާރުކުރިފަހުން ޗެމްޕިއަންސް ލީގު ފައިނަލުގައި ބާސެލޯނާ ބަލިވުމެވެ. 1986ގެ އެ ފައިނަލަކީ ސްޕޭނުގައި ކުޅުނު ފައިނަލަކަށްވުމުން އެކަންވީ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުން ފަދަ ކަމަކަށެވެ. ބާސެލޯނާ ފައިނަލުން މޮޅުވާނެ ކަމަށް އުއްމިދުކުރި ނަމަވެސް ވެނަބްލްސް ޓީމަށް ދިމާވި މައްސަލައަކީ ތަށި ލިބިފައިނުވާ މުބާރާތެއްގެ ފައިނަލްގައި ކުޅެން ޖެހުމުން ޕްރެޝަރ މާބޮޑުވެ، ޕާފޯމް ނުކުރެވުމެވެ. އެ މެޗުން އަލުން ކުޅެފިނަމަ ބާސެލޯނާ މޮޅުވާނެ ކަމަށް 100 އަކުން 99 މީހުން ބުނަމުންދިޔަ އެވެ. އެ މެޗުގައި އެންމެ ހާއްސަ ކަމަކަށް ފާހަގަވީ ބާސެލޯނާގެ އެންމެ އިތުބާރު ޕެނަލްޓީ ޖެހުންތެރިޔާ ޝޫސްޓާ ބަދަލުކުރުމެވެ. މެޗު ޕެނަލްޓީ އަށް ގޮސް ބާސެލޯނާ ބަލިވީ އޭނާ ބޭލި ފަހުންނެވެ.

ޗެމްޕިއަންސް ލީގު ތަށި ނުލިބުނަސް ދަނޑު ބޭރުގައި ވެސް ވެނަބްލްސް އަކީ ހާއްސަ މީހެކެވެ. އުފެއްދުންތެރި މީހެކެވެ. ހަނދާން ގަދަ މީހެކެވެ. ޓީވީ ޝޯތަކުގައި ގިނައިން ވާހަކަ ދައްކާ މީހެއްގެ ގޮތުގައި ސްޕޭން މީހުން އޭނާ ފާހަގަ ކުރަނީ ހަނދާން ގަދަ މީހެއްކަމަށް ބުނެ އެވެ. އެމީހުންގެ ނަޒަރުގައި އޭނާ އަކީ ފޮތް ލީޔާ މީހެކެވެ. ފެންނަ ކޮންމެ ތަނަކުން ވެސް ރީތިކޮށް ހެދުން އަޅައިގެން ހުންނަ ސާދާ މީހެކެވެ. 60 ނުވަތަ 70 މީހުންގެ ކިޔޫއެއް އޮތަސް އެންމެނަށް އޮޓޯގްރާފް ދީހަދަ އެވެ. ސަޕޯޓަރުންނާ ވާހަކަ ދައްކައި ސަމާސާ ކުރެ އެވެ. ސްޕޭނުގެ މަޝްހޫރު ލިޔުންތެރިން ބުނާ ގޮތުގައި އޭނާގެ ވާހަކަ ކިޔައިދީ ސަޕޯޓަރުންގެ ވާހަކަ އަޑުއަހަން ވެނަބްލްސް ލޯބިކުރި އެވެ. މިކަން އެމީހުން ސިފަކުރަނީ ވެނަބްލްސް ބާސެލޯނާގައި އުޅުނީ ޔޯހަން ކްރައިފަށް ލިބުނު ފަދަ އިއްޒަތަކާއި އިހްތިރާމާއި ލޯތްބާއި އެކު ކަމަށް ބުނެ އެވެ. ވެނަބްލްސް ބާސެލޯނާ އާއި ސްޕޭނުގެ ފުޓްބޯޅަ އަށް ގެނައި ބަދަލުތަކަކީ ފޮހެވިދާ ވަރަށްވުރެ ފުން، އަގުހުރި ބަދަލުތަކެކެވެ.

އިންގްލެންޑުގެ ގައުމީ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ

އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ

14 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު