Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓޫރިޒަމް މިނިސްޓަރު

ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިޔުން، ސުވާލު އުފައްދަނީ ގާބިލުކަމަށް!

ރައީސް މުއިއްޒު ވިދާޅުވީ މިއީ ތައުލީމީ، ގާބިލު ކެބިނެޓެއް ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2023 | އާދީއްތަ 00:59
ރައީސް މުއިއްޒު ޓޫރިޒަމް މިނިސްޓަރާ ސަލާމް ކުރައްވަނީ

ރައީސް މުއިއްޒު ޓޫރިޒަމް މިނިސްޓަރާ ސަލާމް ކުރައްވަނީ

ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އެންމެ ބޮޑު ދާއިރާއެވެ. އެންމެ ބޮޑު އާމްދަނީއެއް ރާއްޖެއަށް ވަންނަނީ އެ ދާއިރާއިންނެވެ. އެހެންކަމުން އެ ދާއިރާއާ ހަވާލުވެ ހުންނަންވާނީ ވަރަށް ގާބިލު ބޭފުޅެއް ކަމާމެދު އެއްވެސް މީހަކު ދެކޮޅު ނުހަދާނެއެވެ. ނަމަވެސް ދާދި ފަހުން މި ސަރުކާރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ހަފުލާއެއްގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަ ބަޔަކު މިވަނީ ވަޒީރުގެ ގާބިލުކަމާމެދު ސުވާލު އުފައްދާފައެވެ.

މިދައްކަނީ ޑިސެމްބަރު 2، 2023 ވަނަ ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާގައި މިނިސްޓަރު އިބްރާހިމް ފައިސަލް ދެއްކެވި ވާހަފުޅުގެ ވާހަކައެވެ. އޭނާ އެ ޖަލްސާގައި ވާހަކަދެއްކެވީ އިނގިރޭސި ބަހުންނެވެ. ލިޔެފައިވާ ލިޔުމެއް ބަލައިގެންކަން ވީޑިއޯއިން އެނގެއެވެ. ބޯޓިންގ ދާއިރާއަކީ ފަތުރުވެރިކަމާ ގުޅުން ހުރި އެހެނިހެން ދާއިރާތަކާ އެއްގޮތަށް ބިދޭސީން ގިނަ ދާއިރާއެއްކަމުން އިނގިރޭސިން ވާހަކަދެއްކެވުމަކީ މީގެ ކުރިން ވެސް މިނިސްޓަރުން އަދި ދާއިރާގެ އިސް ބޭފުޅުން ކުރައްވާ ކަމެކެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރު ފައިސަލަށް އަމާޒުވީ އިނގިރޭސިއަށް ކޮށިވުމުގެ ސަބަބުންނެވެ.

ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައިވާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ހުންނަން ޖެހޭ ފެންވަރެއް ނޫނެވެ. ފަތުރުވެރިކަމަކީ ޚާރިޖީ ވުޒާރާ ނެގުމަށްފަހު ދުނިޔޭގެ އެކި ޤައުމުތަކާ އެންމެ ބޮޑަށް ގުޅިފައިވާ ވުޒާރާއަށްވާއިރު އެ ވުޒާރާއާ ހަވާލުވެވަޑައިގެން ހުންނަވާ ބޭފުޅެއްގެ ތައުލީމީ ފެންވަރު އެއަށްވުރެ ރަނގަޅުވާން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން، ބައެއް މީހުން ވަނީ އެ މީހުންގެ ކުޑަ ދަރިން އިނގިރޭސިން ވާހަކަދައްކާ ގޮތާއި ފައިސަލްގެ ވާހަކަފުޅާ އަޅާކިޔާފައެވެ.

އެހެން ބައެއް ފަރާތްތަކުން ވަނީ ފައިސަލް ފަދަ ބޭފުޅެއް އެފަދަ މަގާމެއްގައި ހުންނަވައިގެން ޤައުމު ތަމްސީލް ކުރެއްވުމަކީ ކުރިއަށް އޮތްތަނުގައި ޤައުމަށް އޮތް ލަދުވެތިކަމަކަށް ވެދާނެ ކަމަށް ބުނެފައެވެ. އެގޮތުން، އެކި ޤައުމުތަކަށް ވަޑައިގެން އިސް ބޭފުޅުންނާ ބައްދަލުކުރައްވައި އެފަދަ ގޮތަކަށް ވާހަކަދެކެވުމުން ސަރުކާރުގެ ފެންވަރާއި ރާއްޖެއާ މެދު އެ ފަރާތްތަކުން ސުވާލު އުފައްދާނެ ކަމަށް ބުނެއެވެ.

ޓޫރިޒަމް މިނިސްޓަރުގެ ރޯލަކީ ވަރަށް ބޮޑު ރޯލެއް ކަމަށާއި ފައިސަލް އަކީ އެ ރޯލަށް އެންމެ ފިޓު ބޭފުޅާ ކަމަށް ނުދެކޭތީ އެކަމާ މެދު ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިއުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ އެދިފައެވެ.

ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ "ނެޕޮޓިޒަމް" ގެ ނަތީޖާއެވެ. ވަކި ބޭފުޅެއްގެ ދަރިކަލަކަށްވާތީ މަގާމުތައް ދެއްވުމުން ވާނެ ގޮތް މިއަދު ފެނިގެންދާ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތަށް އެ ފަރާތްތަކުން ބުނަނީ ފައިސަލް އަކީ މި ސަރުކާރުގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، އަދި ސަރުކާރު ތަމްސީލު ކުރާ ޕާޓީ، ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުންނަށްވާތީއެވެ. މި ސަބަބުތަކާހުރެ ފައިސަލްއަށް މަޖިލީހުން ރުހުން ނުދިނުމަށް ވެސް ގޮވާލާފައިވެއެވެ. އަދި ބައެއް މީހުން ވަނީ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމަށްވުމަށްވެސް ފައިސަލްއަށް ގޮވާލާފައެވެ.

ފާޑުކިޔުންތަކާއެކު ފައިސަލްގެ ދިފާއުގައި ވެސް ބައެއް ފަރާތްތަކުން ވަނީ ނުކުމެފައެވެ. އޭނާއަކީ މިފަދަ ކަންކަމަށް އައު ބޭފުޅެއް ކަމަށާއި އާއްމުންގެ ތެރޭގައި ވާހަކަދެއްކުމަށް ބިރުގަންނަ ބޭފުޅަކަށްވާތީ ވަގުތު ދިނުމަށް އެ ފަރާތްތަކުން އެދެއެވެ.

އިނގިރޭސި ނޭނގުމަކީ ކުށެއް ނޫނެވެ. އެކަން އެންމެން ވެސް ގަބޫލުކުރެއެވެ. އަދި މީހުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ ވެސް ހުނަރެއްކަން ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭނެއެވެ. ނަމަވެސް ވަޒީރެއްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި އެ ހުނަރުތައް ހުންނަން ޖެހޭކަން އިންކާރެއް ނުކުރެވޭނެއެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުގެ ކިބައިގައި އެ ހުނަރުތައް ހުންނަން ޖެހެއެވެ. އެ ހުނަރުތައް ދަސްކުރަން ވަގުތު ދީގެން ތިބެން މިއީ އިންޓާންޝިޕެއް ނޫނެވެ.

"އިންޑަސްޓްރީގެ މީހުން މަގާމަށް ކުރާ ގަދަރާހެދި މި މަންޒަރު (ފައިސަލްގެ ވާހަކަފުޅު) ބަލަން ނުހީ ތިބެދާނެ. އެކަމު މިފަދަ ނާގާބިލު މީހުންގެ ކިބައިން އިންޑަސްޓްރީއަށް ކުރިއެރުމެއް ލިބިދާނެ ކަމުގެ ކޮން އުއްމީދެއް ކުރެވޭނީ!" މިއީ ވެސް ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކު އެކްސްގައި ހިއްސާކޮށްފައިވާ ޚިޔާލެކެވެ.

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ނަންތައް އިއުލާންކުރެއްވުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވަމުންގެންދެވީ އެމަނިކުފާނުގެ ކެބިނެޓު ވެގެންދާނީ ތައުލީމީ، ގާބިލު ކެބިނެޓަކަށް ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއް ނުވަނީސް އެމަނިކުފާނުގެ ދެ ވަޒީރެއްގެ ގާބިލުކަމަށް ރައްޔިތުން މިވަނީ ސުވާލު އުފައްދާފައެވެ. ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކަންކަން ކުރެއްވި ގޮތުން އޭނާގެ ގާބިލިއްޔަތުކަމާމެދު ވެސް ސުވާލުތައް އުފެދިގެންދިޔައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ކެބިނެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓުގައި ބައިވެރިވެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓުގައި ބައިވެރިވެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

11 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ 25 ގައި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ 25 ގައި

08 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ބަޖެޓުން ޖުޑިޝަރީއަށް ވަކި އިންސައްތައެއް ކަނޑައަޅަން ނިންމީ މިނިވަންކަމާއެކު ޖުޑިޝަރީ ހިންގުމަށް މަގުފަހިކުރުމަށްޓަކައި: ރައީސް މުއިއްޒު

ބަޖެޓުން ޖުޑިޝަރީއަށް ވަކި އިންސައްތައެއް ކަނޑައަޅަން ނިންމީ މިނިވަންކަމާއެކު ޖުޑިޝަރީ ހިންގުމަށް މަގުފަހިކުރުމަށްޓަކައި: ރައީސް މުއިއްޒު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ ކެބިނެޓް ވަޒީރަކަށް ވެސް އިސް ވެރިއަކަށް ވެސް މަލީ ހާލަތެއް ރަނގަޅަށް ނޭނގޭ - އަމީރު

ސަރުކާރުގެ ކެބިނެޓް ވަޒީރަކަށް ވެސް އިސް ވެރިއަކަށް ވެސް މަލީ ހާލަތެއް ރަނގަޅަށް ނޭނގޭ - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު