Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ކޯޕަންހޭގަނާ ދެކޮޅަށް ކުޅޭ މެޗު ވަރުގަދަ ވާނެ: ޓުޗެލް

29 ނޮވެމްބަރު 2023 | ބުދަ 00:46

ޓުޗެލް ބުނީ، ފުރަތަމަަ ލެގުގައި ފެނުނު ފަދައިން، ކޯޕަންހޭގަން އަކީ ވަރުގަދަ ޓީމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ނޮވެމްބަރު 2023 | ބުދަ 00:46
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުގައި ކޯޕަންހޭގަނާ ދެކޮޅަށް ކުޅޭ މެޗު ވަރަށް ވާދަވެރިވާނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ ކޯޕަންހޭގަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ޓުޗެލް ބުނީ، ފުރަތަމަަ ލެގުގައި ފެނުނު ފަދައިން، ކޯޕަންހޭގަން އަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު ބަޔާނުން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ. އެހެންކަމުން މެޗުގެ ކުރިން އޮންނަ ފަރިތަކުރުންތައް ވެސް ބަޔާނުން ބައްޓަން ކުރީ އެގޮތަށް ކަމަށް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ، ކުރިން ކުޅުނު މެޗާ އަޅާ ބަލައި، ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެފައިވާނެ ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ކޮންމެ މެޗެއްގައި ވެސް އެންމެ މޮޅަށް ކުޅެން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ، ކުރިއަށް އޮތް މެޗުގައި ވެސް ބަޔާނުން ދައްކަން ބޭނުންވަނީ އެ ޓީމުގެ އެންމެ ފުރިހަމަ ކުޅުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ގުރޫޕް ސްޓޭޖުގައި ކޯޕަންހޭގަން އިން ދައްކާފައި ވަނީ ވެސް މޮޅު ކުޅުމެއް ކަމަށެވެ. ކޯޕަންހޭގަންގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވި ނަމަވެސް، އެއީ އުނދަގުލުން ހޯދުނު މޮޅެއް ކަމަަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ކޯޕަންހޭގަން އިން ދައްކާ ކުޅުމާ މެދު ހައިރާން ނުވާކަން ފާހަގަކޮށް ޓުޗެލް ބުނީ، އެ ޓީމަކީ އެންމެ ހީނުކުރާ ވަގުތުގައި ވެސް ލަނޑު ދޭނެ ޓީމެއް ކަމަށެވެ. ބަޔާން ހިމެނޭ ގުރޫޕުގައި ބަޔާނާއި، އެހެން ޓީމުތަކާ ދެމެދު ޕޮއިންޓުގެ ގޮތުން ބޮޑު ފަރަގެއް އޮތް ނަމަވެސް، މެެޗުތަކުން އެކަން ނުފެންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އަމިއްލަ ދަނޑުގައި ކޯޕަންހޭގަންއާ ދެކޮޅަށް ނިކުންނައިރު ވެސް، ބަޔާން ވަނީ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ބަޔާން ހިމެނޭ ގުރޫޕް އޭގެ އެއް ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި ކޯޕަންހޭގަން އަށް ލިބެނީ ހަތަރު ޕޮއިންޓެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކްތޯމަސް ޓުޗެލް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް