Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓަނަލް ހަދާ މީހުން

"މިހާރުވެސް އެއް ދަރި ގެއްލިއްޖެ، ދެން ދުވަހަކުވެސް މަޖީތެއް ނުފޮނުވާނަން ޓަނަލް ހަދާކަށް"

ޓަނަލްގެ މަސައްކަތުގައި އުޅުނު 41 މީހުންގެ ތެރޭގައި ހިމެނޭ އެކަކީ މަޖީތު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2023 | ހޯމަ 12:34
ް: ޗޯދްރީ؛ އިންޑިއާ ޓަނަލްގައި ތާށިވި މަޖީތު ޗޯދްރީގެ ބައްޕަ

ް: ޗޯދްރީ؛ އިންޑިއާ ޓަނަލްގައި ތާށިވި މަޖީތު ޗޯދްރީގެ ބައްޕަ

އެއީ ނިމެމުން މި ދާ ނޮވެމްބަރ މަހުގެ 12 ވީ އާދީއްތަ ދުވަހެވެ. އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ސިލްކްޔާރާ ޑަންޑަލްގާއޯން ޓަނަލް ބިނާ ކުރުމުގެ މަސައްކަތުގައި އުޅުނު 41 މީހަކު އެތަނުގެ އެތެރޭގައި ތާށިވިއެވެ. ނުކުމެވޭނެ އެއްވެސް މަގެއް ނެތް ގޮތަށް، ޓަނަލުން ބައެއް ވެއްޓުމުގެ ނަތީޖާއަކަށް ވީ 2 ހަފުތާ ފާއިތުވެގެން ދިޔައިރުވެސް އެމީހުން ސަލާމަތް ކުރެވޭނެ ގޮތެއް ނުވުމެވެ. އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ކެނޑިނޭޅި ކުރަމުން ދާ މަސައްކަތްތަކުންވެސް އެދެވޭ ކުރިއެރުމެއް އަދި އޮތީ ނުލިބިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ފަރުބަދަބަރީގެ ގޮތުގައި ސިފަ ކުރާ ހިމާލަޔާ ފަރުބަދައިގެ އިންޑިއާއާ ވީ ފަޅީގައި ތަރައްޤީ ކުރަމުންދާ ހައިވޭ ޓަނަލްގެ މަސައްކަތުގައި އުޅުނު 41 މީހުންގެ ތެރޭގައި ހިމެނޭ އެކަކީ މަޖީތުއެވެ. މަޖީތުގެ ބައްޕަ ޗޯދުރީ ބުނީ، ޓަނަލް ހެދުމުގެ މަސައްކަތަށް ދުވަހަކުވެސް ދެން އޭނާގެ ދަރިފުޅު ނުފޮނުވާނެ ކަމަށެވެ.

ތާށިވި މީހުން ސަލާމަތް ކުރުމުގެ މިޝަންގައި ބޭނުން ކުރަމުން ދިޔަ މެޝިނަރީއަށް ލިބުނު ގެއްލުންތަކާއެކު، ވެއްޓިފައި ވާ ޓަނަލްގެ ބައިތައް ނަގައި، މީހުންނެރެވޭ ވަރުގެ މަގެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ އަތުން ހިފާ ގެންގުޅޭ ޒާތުގެ ތޮރުފާ ޢާލާތްތައް ބޭނުން ކޮށްގެންނެވެ. ޢުމުރުން އެންމެ 22 އަހަރުގެ މަޖީތުއާއެކު 41 މީހަކު ތާށިވެފައި ތިބެން ޖެހޭނީ އަދި ކިހާ ދުވަހެއް ވަންދެން ކަމެއް ބުނާކަށް އެކަކަށްވެސް ނޭނގެއެވެ.

ޓަނަލް ވެއްޓުނު ސަރަޙައްދުގައި އުފެދިފައި އޮތް ގައުކުނޑީގެ 60 މީޓަރުގެ ސަރަޙައްދެއް ތޮރުފަން ގެނައި ބަރު މެޝިން ހަލާކުވީ ނޮވެމްބަރ 24 ވަނަ ދުވަހުއެވެ. އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ބާކީ އޮތް 10 ވަރަކަށް ނުވަތަ 15 ވަރަކަށް މީޓަރުގެ ސަރަޙައްދު ތޮރުފަން ޖެހޭނީ، އަތުން ހިފާ ގެންގުޅޭ ޢާލާތްތައް ބޭނުން ކޮށްގެންނެވެ.

ޓަނަލުން ބައެއް ވެއްޓެން ދިމާވި ސަބަބެއް، ރަސްމީ ސިފައެއްގައި އަދި ހާމަކޮށްފައި ނުވި ނަމަވެސް، އިބްތިދާއީ ހޯދުންތަކާ ޙަވާލާދީ، މީޑިއާގައި ދައުރުވާ މަޢުލޫމާތަށް ބަލާއިރު، ޙާދިޘާ ހިނގާފައި ވަނީ ބިންގަނޑުކަނޑައިގެން ދިއުމާ ގުޅިގެންނެވެ. ޓަނަލް އަޅަމުން ދިޔަ ސަރަޙައްދަކީ ޤުދުރަތީ ގޮތުން އެފަދަ ޙާދިޘާތައް ޢާންމު ސަރަޙައްދެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އެއީ ބިންހެލުންތަކާއި، ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިޘާތަކުގެ އިތުރުން، ފެންބޮޑުވުމުގެ ހާދިޘާތައްވެސް ޢާންމު ސަރަޙައްދެއް ކަމަށް ޚަބަރު ލިބެއެވެ.

މިހާތަނަށް ލިބިފައި ވާ އިތުރު މަޢުލޫމާތަށް ބަލާއިރު ޓަނަލް އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ހުރީ، ރައްކާތެރިކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ. ޙާދިޘާއެއް މެދުވެރިވެއްޖެ ހިނދެއްގައި ނުކުންނާނެ އިމަރޖެންސީ އެގްޒިޓެއްވެސް މަސައްކަތް ކުރިއަށް ދިޔަ ސަރަޙައްދުގައި ނެތް ކަމަށް މަޢުލޫމާތު ލިބެއެވެ.

ޓަނަލްގައި ތާށިވެފައި ތިބި 41 މީހުންނަށް ބޭނުން ވާ ކާބޯތަކެއްޗާއި، ބޯ ފެނާއި ބޭސްފަރުވާގެ ސާމާނު ފޮނުވަނީ ވަގުތީ ގޮތުން އަޅާފައިވާ ހޮޅިއެއް މެދުވެރިކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި

މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި

09 މާރިޗު 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
ދަރިން ބެލުމުގެ ހަރަދު ދޭން ބްރެޑްޕިޓް ދެކޮޅު ހަަދައިފި

ދަރިން ބެލުމުގެ ހަރަދު ދޭން ބްރެޑްޕިޓް ދެކޮޅު ހަަދައިފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު