Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުޒިލަންޑުގައި ސްމޯކްފްރީ ގާނޫނު އުވާލަނީ

ނިއުޒިލަންޑުގައި ޓެކްސް ކުޑަކުރާތަން ފޫބެއްދުމަށްޓަކައި، ޒުވާނުންނަށް އަލުން ސިގިރެޓް ވިއްކަން ފަށަނީ

ނިއުޒިލަންޑުގައި ފާއިތުވި އަހަރުދުވަހުގެ ތެރޭގައި 80 ހާހަށްވުރެ ގިނަ މީހުން ވަނީ ސިގިރެޓް ބުއިން ހުއްޓާލާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2023 | ހޯމަ 11:53
ސިގިރެޓް ބަޓް އެއްލާލަނީ

ސިގިރެޓް ބަޓް އެއްލާލަނީ

ޒުވާނުންނަށް ސިގިރެޓް ވިއްކުން ހުއްޓާލުމަށް އަމާޒުކޮށް، ނިއުޒިލަންޑުގައި މިދިޔަ އަހަރު ފާސްކުރި ގާނޫނު އުވާލުމަށް، އަލަށް ވެރިކަމާ ހަވާލުވެވަޑައިގަތް ސަރުކާރުން ނިންމައިފިއެވެ.

ނިއުޒިލަންޑުގެ އައު ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސޯން ހޯމަ ދުވަހު ހުވާކުރައްވައި، މަގާމާ ހަވާލުވެވަޑައިގެންފައި ވާއިރު، އައު ސަރުކާރުގެ ފައިނޭންސް މިނިސްޓަރު ނިކޮލާ ވިލިސް އިއުލާންކުރައްވާފައި ވަނީ ސިގިރެޓް މަނާކުރާ ގާނޫނު އުވާލައްވާނެ ކަމަށެވެ. އަދި އެއީ ކޯލިޝަނުގައި ހިމެނޭ އަނެއް ދެ ޕާޓީންވެސް ބާރުއަޅާ ކަމެއް ކަމަށާއި، މިކަން ކުރެވޭނީ ސަރުކާރުން ވަކިކަހަލަ ޓެކްސްތަކެއް ކުޑަކުރުމުން އުނިވާބައި ފޫބައްދަން ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

15 އަހަރުން ދަށުގެ ކުދިންނަށް ސިގިރެޓް ވިއްކުން މަނާކުރާ ގާނޫނަކީ އޭރުގެ ބޮޑުވަޒީރު ޖެސިންދާ އާޑަންގެ ސަރުކާރުގައި މިދިޔައަހަރު ފާސްކުރި ގާނޫނެކެވެ. އެ ގާނޫނަށް އަމަލުކުރަން ރަސްމީކޮން ފައްޓާގޮތަށް އޮތީ މި އަހަރުއެވެ. ނަމަވެސް ގާނޫނު ފާސްވުމާއެކު ވެސް, އާބާދީގެ ބޮޑު ބައެއް ވަނީ ސިގިރެޓާ ދުރުވެފައެވެ. މިގޮތުން ފާއިތުވި އަހަރުދުވަހުގެ ތެރޭގައި 80 ހާހަށްވުރެ ގިނަ މީހުން ވަނީ ސިގިރެޓު ބުއިން ހުއްޓާލާފައެވެ. މިހާރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިހާރު އެގައުމުގައި ސިގިރެޓްގެ އިސްތިއުމާލުކުރަނީ އާބާދީގެ އެންމެ އަށެއް އިންސައްތައެވެ.

ސިގިރެޓްގެ އިސްތިއުމާލުކުރުމަކީ އުމުރު ކުރުވާ ކަމަކަށް ވާއިރު، މިފަދަ ގާނޫނެއްގެ ބޭނުމަކީ ޒުވާން އުމުރުގައި ސިގިރެޓާ ދުރުކޮށް މުޅި އުމުރުގައިވެސް އެގޮތުގައި ބޭތިއްބުމެވެ. އަދި ބަލިތަކާ ދުރުކޮށް، ސިއްހަތު ސަލާމަތުން ބޭތިއްބުމެވެ. އެ ގާނޫނުގެ ދަށުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި؛ ރީޓެއިލްކޮށް ސިގިރެޓް ވިއްކޭ ތަންތަން މަދުކުރުމާއި ސިގިރެޓުގައި ނިކޮޓީން ބޭނުންކުރެވޭ މިންވަރު ދަށްކުރުން ހިމެނެއެވެ.

"ސްމޯކްފްރީ" ގާނޫނު އޮތް ގޮތަށް އޮތްނަމަ, ނިއުޒިލަންޑުގެ ހެލްތު ސިސްޓަމަށް 790 މިލިއަން ޑޮލަރު، ކުރިޔަށް އޮތް 20 އަހަރުތެރޭގައި ބާކީކުރެވުނީހެވެ. އެއީ ބޭސްފަރުވާއަށް ކުރެވޭ ޚަރަދު މަދުވާނެތީއެވެ.   

ސިގިރެޓް ވިއްކުން ފުޅާކުރަން އައު ސަރުކާރުން ނިންމުމާ ގުޅިގެން ސިއްހީ އޮފިޝަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކަރިސާއިން އަރައިގަތުމަށް ކަރަންޓާއި ތެލުން ނަގާ ޓެކްސް ބޮޑުކުރަން ހުށަހަޅައިފި

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކަރިސާއިން އަރައިގަތުމަށް ކަރަންޓާއި ތެލުން ނަގާ ޓެކްސް ބޮޑުކުރަން ހުށަހަޅައިފި

04 މާރިޗު 2022
ޓެކްސް އާމްދަނީ ފޫބެއްދުމަށް އިންޑިޔާ ސަރުކާރުން 22 ބިލިއަން ޑޮލަރު މާކެޓުން ނަގަނީ

ޓެކްސް އާމްދަނީ ފޫބެއްދުމަށް އިންޑިޔާ ސަރުކާރުން 22 ބިލިއަން ޑޮލަރު މާކެޓުން ނަގަނީ

29 މެއި 2021
ވެކްސިން ދިނުމުގައި އިންޑޮނޭޝިއާއިން އިސްކަން ދޭނީ ޒުވާނުންނަށް

ވެކްސިން ދިނުމުގައި އިންޑޮނޭޝިއާއިން އިސްކަން ދޭނީ ޒުވާނުންނަށް

16 ޑިސެމްބަރު 2020
ދެކުނު ކޮރިއާގެ ޒުވާނުންނަށް އޮތީ ދެގޮތެއް، އަސްކަރިއްޔާ އާއި ގުޅުން ނުވަތަ ޖަލަށް ދިއުން

ދެކުނު ކޮރިއާގެ ޒުވާނުންނަށް އޮތީ ދެގޮތެއް، އަސްކަރިއްޔާ އާއި ގުޅުން ނުވަތަ ޖަލަށް ދިއުން

27 އޮކްޓޯބަރު 2020
'ކޮރޯނާ ޓައިގަރ ފޯރސް' ގައި ބައިވެރިވުމަށް ޕާކިސްތާނުގެ ޒުވާނުންނަށް ގޮވާލައްވައިފި

'ކޮރޯނާ ޓައިގަރ ފޯރސް' ގައި ބައިވެރިވުމަށް ޕާކިސްތާނުގެ ޒުވާނުންނަށް ގޮވާލައްވައިފި

02 އެޕްރީލު 2020

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު