Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލަންޑްގެ އައު ބޮޑުވަޒީރު

ނިއުޒިލަންޑްގެ ބޮޑުވަޒީރު ކަމަށް އައު ބޭފުޅެއް

ތެޔޮ އަދި ގޭސް ހޯދުމަށް "އެކްސްޕްލޯ" ކުރުމުގެ މަސައްކަތް އައު ސަރުކާރުން ފަށާނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 27 ނޮވެމްބަރު 2023 | ހޯމަ 08:25
ނިއުޒިލަންޑްގެ އައު ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސޯން

ނިއުޒިލަންޑްގެ އައު ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސޯން

ނިއުޒިލަންޑްގެ ބޮޑުވަޒީރު ކަމުގެ ހުވާ އައު ބޭފުޅަކު ކުރައްވާ މަގާމާ ހަވާލުވެ ވަޑައިގެންފިއެވެ.

ހޯމަ ދުވަހު އަލަށް މަގާމާ ހަވާލުވެ ވަޑައިގެންފައިވަނީ ކުރިން އެއާލައިން އެއް ހިންގެވި ބޭފުޅެއް ކަމަށްވާ ކްރިސްޓޮފަރ ލަކްސޯން އެވެ. ލަކްސޯން އާއެކު އޭނާގެ ސަރުކާރުގައި ހިމެނޭ މެންބަރުންވެސް ވަނީ މިއަދު ހުވާ ކުރައްވާފައެވެ.

އައު ސަރުކާރުގެ ޕޮލިސީތަކާއި ސެންޓްރަލް ބޭންކުގެ މެންޑޭޓް ފަދަ ކަންކަން އެކަށައެޅުމުގެ މަސައްކަތް ޕާލިއަމަންޓުން އަންނަ ހަފްތާގައި ފަށާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ތެޔޮ އަދި ގޭސް ހޯދުމަށް "އެކްސްޕްލޯ" ކުރުމުގެ މަސައްކަތް ކުރީ ސަރުކާރު ތަކުގައި މަނާކޮށްފައި އޮތްނަމަވެސް، އައު ސަރުކާރުގައި އެކަމަށް ހުއްދަ ދެވޭނެ ކަމަށް ޚަބަރު ލިބެއެވެ.

ވިޔަފާރީގެ މަސައްކަތުގައި އުޅުއްވި ކްރިސްޓޮފަރ ލަކްސޯން އަށް ބޮޑުވަޒީރުގެ މަގާމް ޔަގީން ވެފައިވަނީ މިދިޔަ މަހު ބޭއްވުނު އިންތިޚާބުގައި ވަކި އެއްޕާޓީ އަށް ފުދޭވަރަށް ވޯޓު ނުލިބުމާއި ގުޅިގެން އެހެން ކުޑަ ދެޕާޓީއަކާ އެކު ހެދި ކޯލިޝަން އަކަށް ފަހުއެވެ.  

ލަކްސޯން އަށް ބޮޑުވަޒީރުކަމުގެ ހުވާލައިދެއްވީ ވެލިންގޓަންގެ ގަވަންމަންޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ގަވަނަރ ޖެނެރަލް ސިންޑީ ކީރޯ އެވެ. އެއީ ހެޑް އޮފް ސްޓޭޓްގެ މަސްއޫލިއްޔަތު އަދާކުރައްވާ އިނގިރޭސި ރަސްގެފާނު ކިންގ ޗާލްސްގެ ފަރާތްޕުޅުންނެވެ.

އައު ސަރުކާރު ހުވާކުރުމާއެކު ހަ އަހަރުވަންދެން ނިއުޒިލަންޑްގައި އޮތް "ލެފްޓް ވިންގ" އުސޫލުތައް ވަނީ ނިމުމަކަށް އައިސްފައެވެ.

ހުވާކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ލަކްސޯން ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތު ވަރަށްވެސް ބޮޑުކަން ދެނެވަޑައިގެން ހުންނެވިކަމަށެވެ. ނަމަވެސް ކަމަށް އެކަށީގެންވާ ޓީމެއް އެބައޮތް ކަމަށާއި ކުރިޔަށް ދާންވީ ގޮތުގެ ޚިޔާލުތަކާއި ސާފު ޕޮލިސީ-ޕްރޮގްރާމެއް އެބައޮތް ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެތެރޭ ކުރައްވާނެ ކަންތައް ކަނޑައެޅުމަށް އަންގާރަ ދުވަހު ކެބިނެޓް މީޓިންގެއް ބާއްވަވާނެ ކަމަށާއި ފުރަތަމަ ދަތުރުފުޅު ޑިސެމްބަރު 26 ގެ ކުރިން އޮސްޓްރޭލިއާއަށް ކުރައްވަން ރާއްވަވާފައިވާ ކަމަށް ލަކްސޯން ވިދާޅުވެފައި ވެއެވެ.

ނިއުޒިލަންޑްގެ އައު ސަރުކާރުން ތެލާއި ގޭސް ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް އިއުލާނުކުރުމާ އެކު އެ ޤައުމުގެ ގްރީން ޕާޓީން ވަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. އަދި އެކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަށް އައު ސަރުކާރުގެ ކިބައިން އެދުމަށް ހުރިހާ އެންމެން އޭނާއާ ބައިވެރިވުމަށް ގްރީން ޕާޓީގެ ކޯ-ލީޑަރ ޖޭމްސް ޝޯ ގޮވާލައްވާފައި ވެއެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު