Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އަންޗެލޮޓީ ދެކޭ ގޮތުގައި ރެއާލަށް އިރުޝާދު ދޭން އަލޮންސޯ އަކީ ރަނގަޅު ޗޮއިސެއް!

އަންޗެލޮޓީ ބުނީ، ރަނގަޅު ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އަލޮންސޯގެ ކިބައިގައި ހުރި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ނޮވެމްބަރު 2023 | އާދީއްތަ 00:38
ރެއާލްގެ ކޯޗު އަންޗެލޮޓީ އަދި ކުރީގެ ކުޅުންތެރިޔާ އަލޮންސޯ

ރެއާލްގެ ކޯޗު އަންޗެލޮޓީ އަދި ކުރީގެ ކުޅުންތެރިޔާ އަލޮންސޯ

ސްޕެއިންގެ ރެއާލް މެޑްރިޑަށް އިރުޝާދު ދިނުމަށް، އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އަކީ އެންމެ ރަނގަޅު ޗޮއިސެއް ކަމަށް އެ ޓީމުގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ރެއާލުން ކާޑިޒްއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އޭނާ ދެކޭ ގޮތުގައި ކުރިމަގުގައި ރެއާލްގެ ކޯޗަކަށް އަލޮންސޯ އަކީ ރަނގަޅު ފަރާތެއް ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ރެއާލަށް އިރުޝާދު ދިނުމަށް އަލޮންސޯ އަކީ ޝައްކެތް ވެސް ނެތް ގޮތުގައި އެންމެ ރަނގަޅު އެއް ޗޮއިސް އެވެ. އިތުރަށް އަންޗެލޮޓީ ބުނީ، ރަނގަޅު ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އަލޮންސޯގެ ކިބައިގައި ހުރި ކަމަށެވެ. އަލޮންސޯ އަށް ރެއާލްގެ ކޯޗުކަމުގެ ޒިންމާ ފުރިހަމަ އަށް އަދާ ކުރެވޭނެ ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިހާރު ލެވަކޫސަންގައި ވެސް އަލޮންސޯ ކުރަމުން އަންނަނީ ވަރަށް ރަނގަޅު އަދި ކާމިޔާބު މަސައްކަތެއް ކަމަށް ވެސް އަންޗެލޮޓީ ވަނީ ފާހަގަކޮށްފަ އެވެ. އެ ޓީމުގައި އަލޮންސޯ އަންނަނީ އޭނާގެ ފެންވަރު ސާބިތުކޮށްދެމުންކަން އަންޗެލޮޓީ ބުންޏެވެ. އޭނާ ބުނީ، މިހާރު ތިބި ކޯޗުންގެ ތެރެއިން އޭނާ އެންމެ ގަޔާވާ އެއް ފަރާތަކީ ވެސް އަލޮންސޯ ކަމަށެވެ. އެހެންކަމުން، އަލޮންސޯ އަށް އަބަދު ވެސް ފުރިހަމަ ކާމިޔާބަށް އެދެމުން ދާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

އަންޗެލޮޓީ މިފަދައިން ވާހަކަ ދައްކާފައިވާއިރު، ރެއާލާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންކަމުން، ރެއާލުން އަންނަނީ އަންޗެލޮޓީ އަށް އައު އެއްބަސްވުމެއް ހުށަހެޅުމަށް މަސައްކަތް ކުރަމުން ކަމަށް ސްޕެއިންގެ މީޑިއާ ތަކުން ބުނެ އެވެ. އެއީ އެ ކުލަބުން އޭނާ ބަހައްޓަން ބޭނުންވާތީ އެވެ. ނަމަވެސް، އަންޗެލޮޓީގެ ވިސްނުން އޮތީ އަންނަ އަހަރު ރެއާލްގެ އެއްބަސްވުން ހަމަވުމާއެކު، އެ ކުލަބު ދޫކޮށްލުމަށް ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ. އެއަށްފަހު، އޭނާ މަސައްކަތް ކުރަމުން އަންނަނީ ހުސްވެފައިވާ ބްރެޒިލް ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބްރެޒިލްގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި، އަންޗެލޮޓީ ވަނީ ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނާ އެކު އަނގަ ބަހުން އެއްބަސްވެފަ އެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

22 އެޕްރީލު 2017
އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު