Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ބޮޑު މަސްލަހަތު ފުށޫއެރުމެއް، އަމިއްލަފުޅު ކުންފުނީގައި އެތައް ޕްރޮޖެކްޓެއް!

ގްރީންލައިނާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، އެއް މިލިއަން، ދެ ލައްކަ ސައުވީސް ހާސް، ސަތޭކަ ސާޅީސް ތިން ރުފިޔާ، ހަ ލާރިގެ އަގަކަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2023 | ބުރާސްފަތި 00:33
ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޢައްޔަން ކުރެއްވި، ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޟް

ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޢައްޔަން ކުރެއްވި، ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޟް

އައު ސަރުކާރުގެ، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޟް ޢައްޔަން ކުރައްވައިފަ އެވެ.

ނަމަވެސް ކުޅިވަރުގެ ޚިދުމަތްތެރިޔާ، ކުޅިވަރުގެ އެފަދަ މަތީ މަޤާމަކަށް ޢައްޔަން ކުރެއްވީއިރު، މިކަމުގެ ފަހަތުގައި ބޮޑު މަސްލަހަތު ފުށޫ އެރުންތަކެއް އޮތްކަން ހާމަވެއްޖެ އެވެ. އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ، ގްރީންލައިން މޯލްޑިވްސް އަކީ ރިޔާޟްގެ ވިޔަފާރި އެކެވެ. އެ ކުންފުނީގެ އޯނަރުގެ ގޮތުގައި ފެންނަން އޮތީ ރިޔާޟްގެ ނަމެވެ. ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ރިޔާޟް ޢައްޔަން ކުރައްވާފައިވާއިރު، މިދިޔަ ސަރުކާރުން އިއުލާންކުރި ބައެއް މަސައްކަތްތަކަށް ބިޑުކޮށް، ރިޔާޟްގެ ކުންފުނިން ވަނީ މަސައްކަތް ނަގައިފަ އެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތަކަކީ މިހާރު ވެސް ހިނގަމުން ދާ މަސައްކަތްތަކެވެ.

އޭގެ ތެރެއިން، "ރާއްޖެ ޓީވީ" އަށް ލިބިފައިވާ ލިޔެ ކިޔުންތަކުން ހާމަވެފައިވާ ގޮތުގައި، ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އަައުޓްޑޯ ވޮލީ ކޯޓު ޤާއިމު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެ ކުންފުންޏާ އެވެ. ގްރީންލައިނާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 1،224،143.06 (އެއް މިލިއަން، ދެ ލައްކަ ސައުވީސް ހާސް، ސަތޭކަ ސާޅީސް ތިން ރުފިޔާ، ހަ ލާރި)ގެ އަގަކަށެވެ. ކުޅިވަރު ވުޒާރާ އާއެކު އެ ކުންފުނީގެ ފަރާތުން ސޮއި ކޮށްފައި އޮތީ، ޕްރޮޖެކްޓްސް ޑިރެކްޓަރު ޢަބްދުﷲ ޞާލިޙް އެވެ.

މީގެ އިތުރުން ބައެއް އެހެން މަސައްކަތްތައް ވެސް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ހައްދުންމަތީ ގަމުގައި އައުޓްޑޯ ވޮލީ ކޯޓު ޤާއިމު ކުރުން ހިމެނެ އެވެ. ނަމަވެސް، މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް އެ ކުންފުންޏަށް ފެށިފައި ނުވާތީ، ކުޅިވަރު ވުޒާރާ އިން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެއަށްފަހު އެ މަސައްކަތް ވަނީ އެހެން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ރިޔާޟް އެ ވުޒާރާއެއްގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރައްވަމުން އަންނަ ކުޅިވަރު ވުޒާރާ އިން، ރިޔާޟްގެ ކުންފުންޏަށް މަސައްކަތް ހަވާލު ކޮށްފައި އޮތުމަކީ މަސްހަލަތު ފުށޫއަރާ ކަމެކެވެ.

މިކަމާ ގުޅިގެން ރާއްޖެ ޓީވީން ސުވާލު ކުރެއްވުމުން ރިޔާޟް ވިދާޅުވީ، ސްްޓޭޓް މިނިސްޓަރުގެ މަޤާމަށް ޢައްޔަން ކުރެއްވުމާއެކު، އެ އެއްބަސްވުންތައް ބާތިލް ކުރުމަށް، ކުޅިވަރު ވަޒީރުގެ އަރިހުގައި އެދިފައިވާނެ ކަމަށެވެ. އެހެން އެދިފައި ވަނީ، ފުށޫ އެރުންތަކެއް އުޅޭނެ ކަމަށް ޤަބޫލު ކުރެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިފަދަ ކަންކަމުގައި އަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ، މަގާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ވެސް އެއްބަސްވުންތައް ބާތިލް ކުރުމެވެ. ނުވަތަ މަސައްކަތްތައް ދޫކޮށްލުމެވެ. އެހެން ނަމަވެސް، އެކަމުގެ ސަބަބުން ވެސް ދައުލަތަށް ގެއްލުންތަކެއް ދައްކާނެ އެވެ. އަނެއްކޮޅުން، އެއްބަސްވުން ބާތިލު ކުރުމަށް އެދުނު ނަމަވެސް، އެ ކުންފުުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތައް ނިމުނު ކަމެއް ނުވަތަ ނޫން ކަމަށް ވެސް ޔަގީނެއް ނުވެ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާމުޙައްމަދު ރިޔާޒް (ވޮލީ)ކުޅިވަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު