Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަސްނޫއީ ދަގަނޑު އަތެއް ފެނުން

ތާރީޚުގެ ތެރެއިން 500 އަހަރު ކުރީގެ ވާހަކަތަކެއް ކިޔައިދިން ދަގަނޑު އަތް

އެމީހަކު މަރުވެފައި ވަނީ މީލާދީ ސަނަތުން 1450 އާއި 1620 ވަނަ އަހަރާ ދެމެދު ހިސާބެއްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ނޮވެމްބަރު 2023 | ހޯމަ 06:19
ޖަރުމަނުވިލާތުގެ ކޮންސްޓްރަކްޝަން ސައިޓަކުން ފެނުނު މަސްނޫޢީ ދަގަނޑު އަތް ލައްވާފައި ވަނީ، އެމީހާގެ ވާތުން އުނިވެފައި ވާ އިނގިއްޔެއްގެ ބަޔަކަށް

ޖަރުމަނުވިލާތުގެ ކޮންސްޓްރަކްޝަން ސައިޓަކުން ފެނުނު މަސްނޫޢީ ދަގަނޑު އަތް ލައްވާފައި ވަނީ، އެމީހާގެ ވާތުން އުނިވެފައި ވާ އިނގިއްޔެއްގެ ބަޔަކަށް

އުފެދުމުގައި ހުރި ގޮތެއްގެ ސަބަބުން ނުވަތަ ކުރިމަތިވާ ހާދިޘާއަކާ ހެދި ހަށިގަނޑުގައި ހުންނަ ނުކުޅެދުންތެރިކަން ފިލުވާލުމަށްޓަކައި މަސްނޫޢީ ގުނަވަންތައް ބޭނުން ކުރަމުން އަންނަ ތާ އަހަރުތަކެއް ވެއެޖެއެވެ. ހީކުރެވިފައި އޮތް ވަރަށް ވުރެ، މާސްނުޢީ ގުނަވަންތަކުގެ ތާރީޚަކީ ދިގު ތާރީޚެކެވެ.

ނިމިގެން މި ދާ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްތަކުން ދުވަހެކެވެ. ޖަރުމަނުވިލާތުގެ ދެކުނުގެ ސަރަޙައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ދިޔަ ސައިޓަކުން، މަސްނޫޢީ އަތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ އަތަކީ 500 އަހަރުވެފައި ވާ އަތެކެވެ. މިއުނިކްއާ މާ ދުރު ނޫން ހިސާބަކުން ފެނުނު މަސްނޫޢީ އަތް އުފައްދާފައި ވަނީ ދަގަނޑު ބޭނުން ކޮށްގެންނެވެ. އެ އަތް އަޅުވާފައި އޮތީ ދިޔައީ މެދުޒަމާން ނުވަތަ މިޑީވަލްއޭ ކިޔާ ޒަމާނުގައި ވަޅުލި ޤަބުރެއްގައެވެ.

ކޮންސްޓްރަކްޝަން ސައިޓުން ނެގި ޤަބުރު ކަށިގަނޑުގެ ވަނަވަރު ބެލުމަށް ރޭޑިއޯކާބަން ޑޭޓިންގް ދިރާސާތައް ވަނީ ހަދާފައެވެ. ދިރާސާގެ ހޯދުންތައް އެނގުނު ގޮތުގައި، އެމީހަކީ ޢުމުރުން 30 އަހަރާއި 50 އަހަރާ ދެމެދު ޢުމުރުފުރާގެ ފިރިހެނެކެވެ. އެމީހަކު މަރުވެފައި ވަނީ މީލާދީ ސަނަތުން 1450 އާއި 1620 ވަނަ އަހަރާ ދެމެދު ހިސާބެއްގައެވެ.

އާޘާރުތަކުގެ ޢިލްމީ މާޚިރު ނުވަތަ އާކިލޮޖިސްޓް، އާމިރާ ޢާޟިޔާ ފާހަގަ ކުރި ގޮތުގައި، ޖަރުމަނުވިލާތުން މި ފެނުނު މަސްނޫޢީ އަތަކީ، ހީކުރި ވަރަށް ވުރެ މުހިންމު ހޯދުމެކެވެ.

މާޒީގެ ތެރެއިން މި ފެނުނު އަތް ނިސްބަތްވާ ދުވަސްވަރަށް ރިޢާޔަތް ކުރާ އިރު، މެދުތެރޭ ޔޫރަޕްގެ ހިސާބުތަކުން މިހާތަނަށް ފެނިފައި ވަނީ ގާތްގަނޑަކަށް އެންމެ 50 އަކަށް މަސްނޫޢީ ނުވަތަ އަތްތިލައެވެ.

ޖަރުމަނުވިލާތުގެ ކޮންސްޓްރަކްޝަން ސައިޓަކުން ފެނުނު މަސްނޫޢީ ދަގަނޑު އަތް ލައްވާފައި ވަނީ، އެމީހާގެ ވާތުން އުނިވެފައި ވާ އިނގިއްޔެއްގެ ބަޔަކަށެވެ. އެ ބައި އުނިވެފައި ވަނީ، އެ ގުނަވަން ބުރިކޮށްލުމުގެ ސަބަބުން ކަމުގައިވުން އެކަށީގެންވާކަމަށްވެސް ބުރަވެވެއެވެ.

ގިނަ ބަޔަކު ވަޅުލާފައި ވާ ވަޅުގަނޑެއްގެ ތެރެއިން ފެނުނު މީހާގެ ޝަޚްސާ ބެހޭ އެއްވެސް ވަނަވަރެއް އަދި ސާފެއް ނުވެއެވެ. އޭނާގެ އަތް ބުރިވީ ކިހިނެއްކަމެއްވެސް ކަށަވަރެއް ނުވެއެވެ.

އެނގޭ ކަމަކީ، އެ ދުވަސްވަރަކީ އެކި ކަހަލަ ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކުގައި މީސްމީހުންގެ ހަށިގަނޑުގެ މުހިންމު ގުނަވަންތައް ބުރިބުރިވެގެން ދިޔަ ދުވަސްވަރެއް ކަމެވެ.

ދަގަނޑު އަތްޖަރުމަނު

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
06 ނޮވެމްބަރު 2025

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
06 އޮކްޓޯބަރު 2025

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް
14 ސެޕްޓެމްބަރު 2025

ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

14 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން
14 ސެޕްޓެމްބަރު 2025

ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް

14 ސެޕްޓެމްބަރު 2025
ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު