Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފި

އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 ނޮވެމްބަރު 2023 | ހޯމަ 00:22
ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާ ބައްދަލު ކުރެއްވުން

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސިފައިންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފިއެވެ.

ދިވެހި ސިފައިންގެ ފަރާތުން ވަނީ މިދިޔަ ހުކުރު ދުވަހު އެމަނިކުފާނަށް މަރުހަބާ ކިޔައިފައެވެ. އެގޮތުން މި މަރުހަބާ ކިޔާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރެއްވުމަށް ފަހު ނޮވެންބަރު 17 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައިމަރުކަޒު، ބަންޑާރަކޮށްޓަށް އެމަނިކުފާނު ކުރެއްވި ފުރަތަމަ ޒިޔާރަތުގައެވެ.

ބަންޑާރަ ކޮށިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް އާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) އަބްދުﷲ ޝަމާލްގެ އިތުރުން ޤައުމީ ދިފާއީ ބާރުގެ ޖެނެރަލް އޮފިސަރުންނެވެ. ދިވެހި ސިފައިންގެ ހަތްކޮޅުގައި ބަންޑާރަކޮށްޓަށް އެމަނިކުފާނު ވަޑައިގެންނެވުމުން، އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ، ޤައުމީ ދިފާޢީ ބާރުގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންނާއި، އެންލިސްޓެޑް ސިފައިންނާ ބައްދަލުކުރައްވައިފާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އަލަށް ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޣައްސާން މައުމޫނަށް ވެސް ހޮނިހިރު ދުވަހު މަރުހަބާ ކިޔައިފައެވެ. އެގޮތުން ބަންޑާރަކޮށްޓަށް ކުރެއްވި ފުރަތަމަ ޒިޔާރަތުގައި މިނިސްޓަރުގެ ޝަރަފުގައި ވެސް ސިފައިން ވަނީ ގާޑް އޮފް އޮނަރއެއް އަރުވައިފައެވެ.

އެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު