Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީބާޖާގެ މައްސަލަ

ދައުލަތާއެކު އެއްބަސްވުމަކަށް އާދެވުމުން ދީބާޖާ އިން ކުރި ދައުވާ އެ ކުންފުނިން އަނބުރާ ގެންގޮސްފި

19 ނޮވެމްބަރު 2023 | އާދީއްތަ 17:57

ދީބާޖާ އިންވެސްޓްމަންޓާ އެކީ ޓްރާންސްޕޯޓް މިނިސްޓްރީން ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައި ވަނީ ގޯސްކޮށް ކަމަށް ސުޕްރީމްކޯޓުން ވަނީ ކަނޑައަޅާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ނޮވެމްބަރު 2023 | އާދީއްތަ 17:57
ޖަސްޓިސް ބިލްޑިންގ

ޖަސްޓިސް ބިލްޑިންގ

ދައުލަތާއެކު އެއްބަސްވުމަކަށް އާދެވުމުން ދީބާޖާ އިން ކުރި ދައުވާ އެ ކުންފުނިން އަނބުރާ ގެންގޮސްފިއެވެ.

ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ޓްރާންސްޕޯޓް މިނިސްޓްރީން ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައި ވަނީ ގޯސްކޮށް ކަމަށް ކަނޑައަޅާ އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ވަނީ ތަހުވީލުކޮށްފައެވެ. ބުރާސްފަތި ދުވަހު އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނީ ދީބާޖާ އިން ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން އެ ކުންފުނިން ނިންމުމުންނެވެ. އެ މައްސަލަ އަނބުރާ ގެންދަން ދީބާޖާއިން އެދިފައި ވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ ޙުކުމްގައި ވަނީ މައްސަލަ އަނބުރާ ގެންދަނީ އެ މައްސަލަ އާއި ކޯޓުން ބޭރުގައި ދައުލަތާ އެކު އެއްބަސްވުމަކަށް އާދެވިފައިވާތީ ކަމަށެވެ. ތިން އަތޮޅަކަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏާ ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއީ 2010 ވަނަ އަހަރު އެވެ. އޭގެ 3 އަހަރުފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ.

އެ އެއްބަސްވުން ބާތިލް ކުރީ އުސޫލާއި ޚިލާފަށް ކަމަށް ބުނެ ދީބާޖާ އިން ސިވިލްކޯޓަށް ފުރަތަަމަ ހުށަހެޅި މައްސަލައިގައި ހުކުމްކޮށްފައި ވަނީ ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާދޭން ޖެހޭނެ ކަމަށެވެ. ހައިކޯޓުގައި ދައުލަތުން އެ މައްސަލަ އިސްތިޢުނާފްކުރުމުން ވަނީ ސިވިލްކޯޓުގެ ޙުކުމް ބާތިލްކޮށްފައެވެ.

އެހެންނަމަވެސް އޭގެ ފަހުން 2019 ވަނަ އަހަރު އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން މައްސަލަ ނިމުނީ ދީބާޖާ އާއި އެއްކޮށެވެ. އެއާއި އެކު ދީބާޖާ އަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ނިންމީ މަޝްވަރާކޮށްގެންނެވެ.

ދައުލަތުން އެ ހުކުމް އަލުން ދިރާސާކުރުމަށް ހުށަހެޅިއެވެ. ހުކުމް ދިރާސާކުރުމަށް ފަހު ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ކުރީގެ ޙުކުމް ބާތިލްކުރަން ނިންމާފައެވެ. ދީބާޖާ އަށް ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ފުރުސަތު ދިނުމުން، ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ އެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއެވެ.

އޮކްޓޫބަރު 9، 2022 ގައި ކުރި ސުޕްރީމް ކޯޓުން ވަނީ ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ނިންމާފައެވެ. އަދި ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރު ރަނގަޅު ނޫން ކަމަށް ވެސް ހުކުމްގައި އޮތެވެ. އެހެންކަމުން ދީބާޖާ އަށް ލިބޭ ބަދަލު ކަނޑައެޅުމަށް އިތުރު މައްސަލަ އެއް ހުށަހަޅަން ވަނީ ފުރުސަތު ދީފައެވެ. ބުރާސްފަތި ދުވަހު ދީބާޖާ އިން އަނބުރާ ގެންދިޔަ މައްސަލަ އަކީ އެއީއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް