Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލްގެ ހަމަލާތައް ކުށްވެރިކުރުން

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ނިއުޒީލެންޑްގެ ލޭބަރ ޕާޓީން ގޮވާލައިފި

އިސްރާއީލުގެ އަމިއްލަ ދިފާއުގައި ތެދުވުމުގެ ހައްގު އިސްރާއީލަށް އޮންނާނެކަމަށް ވެސް ހިޕްކިންސް ވިދާޅުވި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2023 | އާދީއްތަ 08:36
ނިއުޒިލޭންޑްގެ ލޭބަރ ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރު ކްރިސް ހިޕްކިންސް

ނިއުޒިލޭންޑްގެ ލޭބަރ ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރު ކްރިސް ހިޕްކިންސް

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ނިއުޒީލެންޑްގެ ލޭބަރ ޕާޓީން ގޮވާލައިފި އެވެ.

ޣައްޒާގައި އިސްރާއީލުން، ފަލަސްތީނުގެ ޢާއްމު ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކުގައި ނިއުޒީލެންޑުގެ ވެރިކަން ކުރާ ލޭބަރ ޕާޓީން ބައިވެރިވެފައިވާއިރު، އެ ޕާޓީން ވަނީ އެ ސަރަހައްދުގައި އިސްރާއީލުން ހިންގާ އަސްކަރީ އަމަލުތަކަކީ ހަނގުރާމައިގެ ޢާއްމު އުޞޫލުތަކާއި، ބައިނަލް އަޤުވާމީ ޤަވާއިދުތަކާއި ޚިލާފު ނާޖާއިޒު އަމަލުތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

ލޭބަރ ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރު ކްރިސް ހިޕްކިންސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދެމުންދާ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ގިނަބައެއްގެ ފުރާނަ ގެއްލެމުންދާތީއާއި، ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެ ޕާޓީން ހިތާމަކުރާ ކަމަށެވެ.

އިސްރާއީލުގެ އަމިއްލަ ދިފާއުގައި ތެދުވުމުގެ ހައްގު އިސްރާއީލަށްވެސް އޮންނާނެކަމަށް ފާހަގަ ކުރައްވަމުން ހިޕްކިންސް ވިދާޅުވީ، އިސްރާއީލުގެ ހަމަލާތައް ފެންނަނީ ނުހައްގު ހަމަލާތަކެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށާއި އެއީ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި އެކު ދެމުންދާ ހަމަލާތަކެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ބޯލަނބަން ޖެހޭ ކަމަށް ތަކުރާރުކޮށް އެބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ނިއުޒިލޭންޑްގެ މި ވާހަކަތަކުން ދޭހަވަނީ އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ދުނިޔޭގައި ތިބި އިސްރާއީލަށް ސަޕޯޓްކުރާ ގިނަ ގައުމުތަކުންވެސް ބަލައިނުގަންނަ ހަމަލާތަކެއްކަމެވެ. އަދި އިންސާނިއްޔަތަށް ޓަކައި މިފަދަ ހަމަލާތައް ދިނުން ހުއްޓާލަން ޖެހޭކަމެވެ.  

ނިއުޒިލޭންޑުގެ ލޭބަރ ޕާޓީން މި ބަޔާން ނެރެފައި މިވަނީ ޣައްޒާގެ އުމްރާނީ ވަސީލަތްތަކާއި އާންމުންގެ އާބާދީއަށް ދިން ހަމަލާތަކާ ގުޅިގެން ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާ ކަމުގެ ތުހުމަތުގައި އިސްރާއީލްގެ ވެރިންނާ ދެކޮޅަށް އައިސީސީ އަށް މައްސަލަ އުފުލާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދެމުންދާ ތިން އެންޖީއޯއެއްގެ މަސައްކަތް ހުއްޓުވައިފި

ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދެމުންދާ ތިން އެންޖީއޯއެއްގެ މަސައްކަތް ހުއްޓުވައިފި

12 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް

29 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު