Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފިކޭޝަން 2024

އަޔަލެންޑް ބަލިކޮށް، ނެދަލެންޑްސް ޔޫރޯ އަށް

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުން ނެދަލެންޑްސް ޖާގަ ހޯދީ، ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ނޮވެމްބަރު 2023 | އާދީއްތަ 04:58
މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނެދަލެންޑްސް މުބާރާތުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުން ނެދަލެންޑްސް ޖާގަ ހޯދީ، ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ހޮނިހިރު ދުވަހުގެ ރޭ އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅުނު ނެދަލެންޑްސްގެ ލަނޑު 12 ވަނަ މިނެޓުގައި ޖެހީ ވައުޓް ވެހޯސްޓް އެވެ. އޭނާ އެ ލަނޑު ޖެހީ ސްޓެފަން ޑީ ވާޖީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި ނެދަލެންޑްސް އޮތީ ހަތް މެޗުން 15 ޕޮއިންޓު ހޯދައިގެންނެވެ. ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. ކޮލިފިކޭޝަންގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ގިބްރޯލްޓާއާ ދެކޮޅަށެވެ.

މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށްފަހު، ނެދަލެންޑްސްގެ ކޯޗުކަމަށް ދެ ވަނަ ފަހަރަށް ރޮނާލްޑް ކޫމަން ހަމަޖެއްސީ ވެސް ޔޫރޯ އަށް ކޮލިފައިވުމުގެ މަޤުސަދުގަ އެވެ. ނެދަލެންޑްސް އިން ވަނީ 1998 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭރު އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ކޫމަން ކުޅުނެވެ. އެންމެ ފަހުން 2020 ވަނަ އަހަރު އޮތް ޔޫރޯގައި ނެދަލެންޑްސް އަށް ދެވުނީ ގަދަ 16އާ ހަމައަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު