Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޯހިތު ޝެޓީ

ރަންވީރު ސިންހާ އެކު ރޯހިތު ޝެޓީ ފިލްމެއް ހަދަނީ

މި ފިލްމްގެ ޝޫޓިން ފެށޭނެ އިރެއް ހާމައެއް ނުކުރޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 ޖުލައި 2017 | އަންގާރަ 05:37
ރޯހިތު ޝެޓީ

ރޯހިތު ޝެޓީ

ރަންވީރު ސިންހާ އެކު ޑައިރެކްޓަރ ރޯހިތު ޝެޓީ ފިލްމެއް ހަދަން ތައްޔާރުވެފައިވާ ކަމަށް ބުނެފިއެވެ.

ރަންވީރުއާ އެކު ފިލްމެއް ހަދަން ތައްޔާރުވެފައިވާ ކަމަށް ރޯހިތު މިކަން ހާމަކޮށްފައި ވަނީ "ޚަތުރޯން ކީ ކިލާޅީ" ގެ އަށްވަނަ ސީޒަނާ ބެހޭގޮތުން ވާހަކަ ދައްކަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރޯހިތު ބުނީ މިހާރު ރަންވީރު އެ ފިލްމަށް ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިފިލްމަކީ އެކްޝަން ފިލްމެއް ކަމަށާއި ރަންވީރުގެ އެކްޝަން މަންޒަރުތައް މި ފިލްމުގައި ފެންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ރަންވީރުގެ އާންމުކޮށް ނުފެންނަ ސައިޑެއް ކަމަށް އޭނާ ބުންޏެވެ.

ރަންވީރާ އެކު ރޯހިތު އެކްޝަން ފިލްމެއް ހަދަން ތައްޔާރު ވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެއީ ކޮން ނަމެއް ކިޔާ ފިލްމެއް ކަން އަދި އޭގައި ރަންވީރާ އެކު ފިލްމުގައި ހަރަކާތްތެރިވާ އަންހެން ބަތަލާއަކީ ކާކު ކަމެއް ހާމައެއް ނުކުރެއެވެ.

މިއީ ކޮންއިރަކު ސިނަމާތަކަށް އަންނާނެ ފިލްމެއް ކަމެއް ރޯހިތު ނުބުނި ކަމުގައި ވިއަސް އަޑުތައް ފެތުރިފައިވަނީ މިފިލްމު ނެރުމަށް ރޯހިތު ހަމަޖައްސާފައި ވަނީ މިއަންނަ އަހަރުއެވެ. އަދި މިއަހަރު ނިމޭ ހިސާބުގައި މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު