Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް

ކެޕްޓަންކަމުން ބާބަރް އަޒަމް ވަކިކުރަން ނިންމައިފި

15 ނޮވެމްބަރު 2023 | ބުދަ 04:31

އަމިއްލަ އަށް އިސްތިއުފާ ދިނުމުގެ ފުރުސަތު އޭނާ އަށް ދީފައިވޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 15 ނޮވެމްބަރު 2023 | ބުދަ 04:31
ޕާކިސްތާންގެ ކެޕްޓަން ބާބަރް އަޒަމް

ޕާކިސްތާންގެ ކެޕްޓަން ބާބަރް އަޒަމް

ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ކަމުން ބާބަރް އަޒަމް ވަކިކުރަން ނިންމައިފި އެވެ.

ޕާކިސްތާނުގެ ކްރިކެޓް ބޯޑުން މި ގޮތަށް ނިންމީ މިހާރު ކުރިއަށްދާ ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ނުގޮސް ކެޓުމާއި އޮގަސްޓް މަހު ބޭއްވި އޭޝިޔާ ކަޕުގެ ފައިނަލަށް ނުގޮސް ޓީމު ކަޓާފައިވާތީ އެވެ. މިހެންވެ ނިންމާފައިވަނީ ހުރިހާ ފޯމެޓެއްގެ ކެޕްޓަންކަމުން ވެސް އޭނާ ވަކިކުރާ ގޮތަށެވެ.

މި ގޮތަށް ނިންމި އެންމެ މުހިންމު ސަބަބަކީ އޭޝިޔާ ކަޕާއި ވޯލްޑްކަޕުގައި ބާބަރްގެ ބެޓިން އަދި ބޯލިން އާއި ކެޕްޓަނެއްގެ ޒިންމާ ވެސް ނެގުން ވެސް ކަމުނުދާތީ ކަމަށް ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބުނެއެވެ.

ނަމަވެސް ކްރިކެޓް ބޯޑުން ވަނީ އަމިއްލަ އަށް އިސްތިއުފާ ދިނުމުގެ ފުރުސަތު އޭނާ އަށް ދީފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދުގެ ވަގުތެއްގައި ބާބަރް ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ އިސްވެރިންނާ މަޝްވަރާކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެއް ދުވަހުގެ ކްރިކެޓް މެޗުތަކުގެ ކެޕްޓަން ޕާކިސްތާނުން ބާބަރަށް ދިނީ 2021ގަ އެވެ. އަދި ޓެސްޓް ކްރިކެޓް މެޗުތަކުގެ ކެޕްޓަންކަން ދިނީ 2019 ވަނަ އަހަރު އެވެ.

އެއް ދުވަހުގެ މެޗުތަކުގެ އައު ކެޕްޓަނަކަށް ހަމަޖެއްސުން ގާތީ ޝާން މަސްއޫދެވެ. އަދި ކުރިއަށް އޮތް ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ކެޕްޓަންކަން ކުރަން ހަމަޖައްސާފާވައިނީ އިތުބާރު ބޯލަރު ޝާހީން ޝާހް އަފްރީދީ އެވެ.

ޕާކިސްތާނުގެ ކޯޗު މިކޭ އަރްތޫރު ބުނީ މިސްޓޭކް ހެދުމަކީ ބޮޑުވެގެންވާ ޖަރީމާއެއްނޫން ކަމަށާއި ބާބަރް ކެޕްޓަންކަމުގައި ހުރެފިނަމަ ޓީމަށް ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ބެލެވޭ ގޮތުގައި ކޯޗުގެ މަގާމު ވެސް ބޯޑުން ބަދަލުކުރާނެ އެވެ.

ޕާކިސްތާނުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ވަސީމް އަކްރަމް ބުނީ ބާބަރަށް މުބާރާތުގައި ރަނގަޅަށް ބެޓް ނުކުރެވުނީ ކެޕްޓަންކަމުގެ ޒިންމާ ނަގަންޖެހުމުން މާބޮޑަށް ޕްރެޝަރު ބޮޑުވެގެން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

ޕާކިސްތާން ގައުމީ ކްރިކެޓް ޓީމް

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2023

ބިދޭސީ ކޯޗުންގެ ބަދަލުގައި ޕާކިސްތާން ކްރިކެޓް ޓީމަށް އެ ގައުމުގެ ކޯޗުން

20 ނޮވެމްބަރު 2023
ބިދޭސީ ކޯޗުންގެ ބަދަލުގައި ޕާކިސްތާން ކްރިކެޓް ޓީމަށް އެ ގައުމުގެ ކޯޗުން
28 އޯގަސްޓު 2023

އޭޝިޔާ ކަޕް: ޕާކިސްތާނަށް އިދިކޮޅު ޓީމުތައް ޓެސްޓްނުކުރެވުނު

28 އޯގަސްޓު 2023
އޭޝިޔާ ކަޕް: ޕާކިސްތާނަށް އިދިކޮޅު ޓީމުތައް ޓެސްޓްނުކުރެވުނު
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
29 މެއި 2017

ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމަށް އިންޑިއާއިން އެހީވާން ނިންމައިފި

29 މެއި 2017
ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމަށް އިންޑިއާއިން އެހީވާން ނިންމައިފި
24 މެއި 2017

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި
22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް