Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫއަށް ތިންވަނަ ކުއާޓަރުގައި 167.3 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް!

އަހަރުގެ މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 ނޮވެމްބަރު 2023 | ހޮނިހިރު 08:13
އުރީދޫ ހެޑްކުއާޓަރު

އުރީދޫ ހެޑްކުއާޓަރު

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 167.2 މިލިއަން ރުފިޔާ ލިބިފައިވާކަމަށް، އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.

އުރީދޫއިން އާއްމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެ މުއްދަތުގެ ތެރޭގައި 523.9 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ. ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 501.8 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނު އާމްދަނީ ވަނީ މިދިޔައަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރުވެސް އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 471.1 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އުރީދޫގެ އާމްދަނީ އިތުރުވެފައިވާއިރު ސާފު ފައިދާވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ ދެވަނަ ކުއާޓަރުގައި (ޓެކުހަށް ކެނޑުމަށްފަހު) އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 158.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ލިބުނީ 167.2 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 127.2 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ޑިޖިޓަލް ރާއްޖެއެއް އުފައްދައި، ޑިޖިޓަލް ޚިދުމަތްތަކުން މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން އުރީދޫއިން ފާހަގަކުރެއެވެ. އެގޮތުން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް, "އީފާސް" އުރީދޫއިން ވަނީ އިންޓަގްރޭޓް ކޮށްފައެވެ.

މީގެ އިތުރުން މި ކުއާޓަރުގެ ތެރޭގައި އެ ކުންފުނިން ވަނީ، ހުޅުމާލޭގައި ހަދާފައިވާ ހެޑްކުއާޓަރުވެސް ހުޅުވާފައެވެ. މި އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ކުރިއެރުމަށް މަގުފަހިވާފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިފައިވެއެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

13 މެއި 2017
ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު