Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމާސްގެ އަތްދަށުގައި ތިބި އަސީރުން

ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ތެރެއިން ބައެއް އަސީރުން ދޫކޮށްލުމާއި ގުޅޭ މަޝްވަރާތައް އަދިވެސް ކުރިޔަށް

9 ނޮވެމްބަރު 2023 | ބުރާސްފަތި 01:41

މިންކަން ކުރިޔަށް އޮތް ހަފްތާގައި ކުރިޔަށްދާނެކަމަށް ބެލެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 01:41
ހަމާސްއިން ދޫކޮށްލި ޢުމުރުން ދުވަސްވީ އަންހެންމީހާ

ހަމާސްއިން ދޫކޮށްލި ޢުމުރުން ދުވަސްވީ އަންހެންމީހާ

ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ތެރެއިން 10 އާއި 15 ދެމެދުގެ އަސީރުން މިނިވަންކުރުމާއި ގުޅޭ މަޝްވަރާތައް އިސްރާއީލާއި ހަމާސް އާ ދެމެދު ކުރިޔަށްދާކަމަށް ރޮއިޓަރސް އާއި އޭއެފްޕީން ބުނެފިއެވެ.

އަސީރުން މިނިވަންކުރުމާއި ގުޅޭ މަޝްވަރާތައް ކުރިޔަށްދަނީ ގަތަރު މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ. އަސީރުން ދޫކޮށްލަނީ ދެތިން ދުވަހަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލާގޮތަށްކަމަށް ހަމާސް އާއި މިސްރުގެ ފަރާތްތަކާއި ހަވާލާދީ ރޮއިޓަރސް އާއި އޭއެފްޕީން ވަނީ ރިޕޯޓްކޮށްފައެވެ.

މިމަޝްވަރާތަކާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ މި ޑީލާ ގުޅޭ ގިނަކަންކަން އަދި ކަށަވަރުނުވާކަމަށެވެ.

އެގޮތުން އަސީރުންގެ ގޮތުގައި ހަމާސް އިން ދޫކޮށްލަން އެއްބަސްވެފައިވާ އަސީރުންގެ އަދަދު ސާފުނުވާކަމަށާއި 10 އާއި 15އާ ދެމެދު އަސީރުން ދޫކޮށްލާނެކަމަށް ބެލެވޭކަމަށެވެ.

އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްވަރާތައް ބޮޑަށް ކުރިޔަށްދަނީ 12 އަސީރުން ދޫކޮށްލުމާމެދުގައި ކަމަށާއި އޭގެ ދެބައިކުޅަ އެއްބަޔަކީ އެމެރިކާ ރައްޔިތުންނެވެ. އޭގެ ބަދަލެއްގެ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ތިން ދުވަހުގެ މުއްދަތަށް މެދުކަނޑާލާ އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދޭންޖެހޭނެއެވެ.

ގިނަ މަޝްވަރާތަކެއް މިހާރުވެސް ކުރިޔަށްދާކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ. އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނެފައިވަނީ ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ އަސީރުން ދޫކޮށްނުލާހާ ހިނދަކު ހަމަލާތައް ދިނުން ހުއްޓާނުލާނެކަމަށެވެ.

ހަމާސްގެ ދަށުގައި 240 އަސީރުން ތިބިކަމަށް ލަފާކުރެވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާގެ ރައްޔިތުން މިނިވަންކުރުމުގެ މަޝްވަރާތައް އެމެރިކާ އާއި އިސްރާއީލާ ދެމެދު ހިނގަމުންދާތާ 48 ގަޑިއިރު ވަނީ ވެފައެވެ. އެމެރިކާއިން އެންމެ ބޮޑަށް އިސްރާއީލަށް ބާރު އަޅަމުން އަންނަކަމަކީ އަސީރުން ސަލާމަތުން މިނިވަންކުރުމެވެ.

އަނެއްކޮޅުން އެއްވެސް ސަބަބަކާ ހުރެ އަސީރުން މިނިވަންވާނަމަ އެކަމުގެ ބޮޑު ޕްރެޝަރެއް އިސްރާއީލުގެ ތެރެއިން ނަތަންޔާހޫއަށް ކުރިމަތިވާނެއެވެ.

ރޮއިޓަރސް އިން މިސްރުގެ ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ ހަމަލާ ބަދަލުކުރުން 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދު މެދުކަނޑާލުމާއި ހަމަލާދޭ ސަރަހައްދު ކުޑަކުރުމަށާއި އަސީރުން މިނިވަންކުރުމުގެ ކަންކަން ކުރިޔަށް އޮތް ހަފްތާގައި ކުރިޔަށްދާނެކަމަށް ބެލެވޭކަމަށެވެ.

ޓީވީ މެދުވެރިކޮށް ހަމާސްގެ އަސްކަރީ ވިންގު ބައްސާމް ބްރިގޭޑްގެ ސްޕޯކްސްޕާސަން އަބޫ އުބައިދާ ބުދަ ދުވަހު ބުނެފައިވަނީ ހުރިހާ އަސީރުން ދޫކޮށްލާނެ ހަމައެކަނި ގޮތަކީ އިސްރާއީލުގެ ޖަލުތަކުގައި ތިބި ހުރިހާ ފަލަސްތީން ރައްޔިތުން މިނިވަންކުރުންކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

29 ޖުލައި 2017

ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި

29 ޖުލައި 2017
ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި
30 ޖޫން 2017

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

30 ޖޫން 2017
ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް