Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

އެއާޕޯޓުގެ 80 މިލިއަން ޑޮލަރު: އަމީރު ވިދާޅުވީ އެ ފައިސާ ހަމަޖެއްސީ މި ސަރުކާރުން ކަމަށް

އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމަށް، އަރަބި ކޯޑިނޭޝަން ގްރޫޕުގެ މެމްބަރުންނާއެކު މަޝްވަރާކުރެވުނު

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2023 | ބުދަ 13:42
ފިނޭންސް މިނިސްޓަރު، އަމީރު

ފިނޭންސް މިނިސްޓަރު، އަމީރު

ރާއްޖޭގެ މައި ވައިގެބަނދަރު، ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތަށް ބޭނުންވާ 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ހަމަޖެއްސެވީ މި ސަރުކާރުން ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި، ވެލާނާ އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ 79.8 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ އަބޫދާބީ ފަންޑް ފޯ ޑެވެލޮޕްމެންޓުން ހަމަޖެއްސިކަމަށް، އިންތިގާލީ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލު، ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން "ރާއްޖެ އެމްވީ"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، މި ސަރުކާރުން އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަރަބި ކޯޑިނޭޝަން ގްރޫޕުގެ މެމްބަރުންނާ އެއްކޮށް މަޝްވަރާތައް ކުރިއަށްގެންދިޔަކަމަށެވެ.

އެގޮތުން ސައޫދީ ފަންޑާއި، އަބޫދާބީ ފަންޑާއި، ކުވައިތު ފަންޑާއި އަދި އޯޕެކް ފަންޑް ފޯ ޑިވަލޮޕްމެންޓް (އޮފިޑް)އާއެކު ކުރެވުނު މަޝްވަރާތަކުގައި، ސައޫދީ ފަންޑުން 100 މިލިއަން ރުފިޔާ ހަމަޖެހުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަޝްވަރާތަކުގެ ދަށުން، ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެ ގައުމަށް ވަޑައިގަތުމަށްވެސް އެ ގައުމުން ދައުވަތު އެރުވިކަމަށާއި، އެހެން ނަމަވެސް އެވަގުތު ރައީސްގެ މަސައްކަތްޕުޅު ހުރިގޮތުން ވަޑައިނުގެންނެވުނީ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، އެ ފައިސާ ހޯދުމަށް ސިޓީ ފޮނުވުމުގެ އިތުރުން، އެ ފަރާތްތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގެ ތެރޭގައިވެސް މަޝްވަރާ ކުރެވުނުކަމަށާއި، އެ މަޝްވަރާގެ މަތިން، އަބޫދާބީން ވެސް އެ ޔަގީންކަން ދީފައިވާކަމަށެވެ.

އެގޮތުން އެ މަޝްވަރާތަކުގެ ސަބަބުން، ސައޫދީ ފަންޑުން ލިބުނު 100 މިލިއަނުގެ އިތުރަށް، އެ މަސައްކަތް ކުރުމަށް އިތުރަށް ބޭނުންވި ގާތްގަޑަކަށް 80 މިލިއަން ޑޮލަރު އަބޫދާބީ ޑިވެލޮޕްމެންޓް ފަންޑުން ދިނުމަށް ޔަގީންކަން ދިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާތަކުގެ ޔަގީންކަން ހޯދީ މި ސަރުކާރުން ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު