Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއެފް ކޮލިފިކޭޝަން ކޯސް

އެސްއެފް ކޮލިފިކޭޝަން ކޯސް ފުރިހަމަކުރި ސިފައިންނަށް ޓެބް ހަވާލުކޮށްފި

8 ނޮވެމްބަރު 2023 | ބުދަ 00:39

ޖުމްލަ 42 ސިފައިން ބައިވެރިވެ، އޭގެ ތެރެއިން 18 ސިފައިން ވަނީ ކޯސް ފުރިހަމަކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ނޮވެމްބަރު 2023 | ބުދަ 00:39
ސެޓްފިކެޓް 4 އިން ސްޕެޝަލް އޮޕަރޭޝަންސް 5 ކޯސް ފުރިހަމަކުރި ސިފައިން

ސެޓްފިކެޓް 4 އިން ސްޕެޝަލް އޮޕަރޭޝަންސް 5 ކޯސް ފުރިހަމަކުރި ސިފައިން

އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ގުޅިގެން ހިންގި ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯސް، "ސެޓްފިކެޓް 4 އިން ސްޕެޝަލް އޮޕަރޭޝަންސް 5" ކޯސް ފުރިހަމަކުރި ސިފައިންނަށް، ސްޕެޝަލް ފޯސަސް (އެސްއެފް)ގެ ޓެބް ހަވާލު ކޮށްދީފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބުދަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ސިފައިންގެ ޔުނިފޯމްގައި އެސްއެފް ޓެބް ހަރުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ. 

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި އެ ކޯސް ފުރިހަމަކުރި ސިފައިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް)ގެ ކޮމާންޑިންގ އޮފިސަރ މޭޖަރ ޖެނެރަލް ވައިސް ވަޙީދު އެވެ. މީގެ އިތުރުން ކޯހުގެ މުދައްރިބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޝާމިންއެވެ.

1 އަހަރާއި 15 ދުވަހުގެ މުއްދަތަކަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް، ލ.ކައްދޫގައި ކުރިއަށްގެންދިޔަ މި ތަމްރީނުގައި ޖުމްލަ 42 ސިފައިން ބައިވެރިވެ، އޭގެ ތެރެއިން ކޯސް ފުރިހަމަކޮށް 18 ސިފައިން ވަނީ ފާސްވެފައެވެ. މި ކޯހުން ފާސްވި ސިފައިންގެ ތެރެއިން 15 ފަރާތެއް ޑިސްޓިންކްޝަން ހާސިލުކުރިއިރު، ތިން ސިފައިން ވަނީ ހަޔަރ ޑިސްޓިންކްޝަން ހާސިލުކޮށްފައެވެ. 

ސްޕެޝަލް ފޯސަސް ތަމްރީނަކީ ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ ތަމްރީނެކެވެ. މިގޮތުން މި ކޯސް ބިނާވެގެންދަނީ ރާއްޖޭގައި ފުރިހަމަކުރާ ކޮލިފިކޭޝަން ތަމްރީނުގެ މަރުހަލާ އާއި، ސްރީލަންކާގައި ފުރިހަމަ ކުރާ އެޑްވާންސް ޓްރޭނިންގ މަރުހަލާއެވެ. މިގޮތުން ރާއްޖޭގައި ކުރިއަށްގެންދާ ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯހުގެ މުއްދަތަކީ 1 އަހަރާއި 15 ދުވަހެވެ. މީގެ އިތުރުން ސްރީލަންކާގައި ކުރިއަށްގެންދާ އެޑްވާންސް ތަމްރީނަކީ ފަސް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ތަމްރީނެކެވެ. ސްރީލަންކާގައި ކުރިއަށްދާ ފޭސްގައި އެއަރބޯން ޓްރޭނިންގ އާއި އެންޓި ހައިޖެކް އަދި ހޮސްޓެޖް ރެސްކިއުއާއި ޖަންގަލް ވޯފެއަރ ފަދަ މާއްދާތައް ކިޔަވައިދޭނެއެވެ. ސްރީލަންކާގައި ކުރިއަށްގެންދާ މި ތަމްރީނު މަރުހަލާ ނިމުމުން އެސްއެފްގެ ބެރޭއާއި ބެޖް އަދި ޔުނިފޯމް ލިިބި، ސްޕެޝަލް ފޯސަސްގެ އޮޕަރޭޓިވްއަކަށް އެ ސިފައިންގެ މީހާ ވެގެން ދާނެއެވެ. 

ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯހަކީ ސްޕެޝަލް ފޯސަސްއާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ މިންގަނޑަށް ހިންގާ ކޯހެކެވެ.

"ސެޓްފިކެޓް 4 އިން ސްޕެޝަލް އޮޕަރޭޝަން 5" ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ސަރވިސް ކޯރގެ ކޮމަޑާންޓް، މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤުގެ އިތުރުން ބައެއް ޖެނެރަލް އޮފިސަރުންނާއި ޔުނިޓް ކޮމާންޑަރުންވެސް ބައިވެރިވެލެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި

09 އެޕްރީލު 2017
ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
02 މާރިޗު 2017

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

02 މާރިޗު 2017
ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
16 ފެބުރުއަރީ 2017

ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި

16 ފެބުރުއަރީ 2017
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް