Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓަމްސް

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޝަރީފު ރިޓަޔަރ ކުރައްވައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 28 އަހަރު ޚިދުމަތް ކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ނޮވެމްބަރު 2023 | އަންގާރަ 00:42
ކޮމިޝަނަރ އޮފް ކަސްޓަމްސް ރިޓަޔަރ ކުރެއްވުމުން ކަސްޓަމްސް އިން ހަނދާނީ ފިލައެއް އަރުވަނީ

ކޮމިޝަނަރ އޮފް ކަސްޓަމްސް ރިޓަޔަރ ކުރެއްވުމުން ކަސްޓަމްސް އިން ހަނދާނީ ފިލައެއް އަރުވަނީ

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް, ޢަބްދުﷲ ޝަރީފު ރިޓަޔަރ ކުރައްވައިފިއެވެ.

ޝަރީފު ވަޒީފާއިން ހޯމަ ދުވަހު ރިޓަޔަރ ކުރެއްވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 28 އަހަރު ޚިދުމަތް ކުރެއްވުމަށްފަހުއެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ މުއައްސަސާގެ އެކި މަގާމުތައް އަދާ ކުރައްވާފައެވެ.

Advertisement - newsAdvertisement

ކޮމިޝަނަރ ގެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު، ޝަރީފު އައްޔަންކުރެއްވީ 23 ޖޫން 2020 ގައެވެ. އެމަގާމަށް އޭނާ އައްޔަން ކުރެއްވީ އޭރު ކޮމިޝަނަރގެ މަގާމުގައި ހުންނެވި އަޙުމަދު ނުޢުމާން އަވަހާރަވުމާ ގުޅިގެންނެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝަރީފު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ ގެ މަގާމުގައެވެ.

މަގާމުން ރިޓަޔަރ ކުރައްވައި ޝަރީފު ކުރެއްވި ޓްވީޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވަޒީފާއިން ރިޓަޔަރ ކުރައްވާއިރު ކަސްޓަމްސްގެ މުވައްޒަފުންނަށާއި ކަސްޓަމްސްގެ ކުރިއެރުމަށް ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއް ކޮށްދެވުމުގެ އުފާ އިހުސާސް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު ރިޓަޔަރ ކުރެއްވުމުން ކަސްޓަމްސް އިން ވަނީ އޭނާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި އޭނާގެ ބެއްލެވުމުގެދަށުން، ކަސްޓަމްސްގެ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަކުރުމަށް ޒަމާނީ ނިޒާމުތައް ތައާރަފުކުރުމާއި، ވަސީލަތްތައް ޤާއިމުކުރުމާއި އަދި ބޯޑަރ ސެކިއުރިޓީގެ ދާއިރާ ހަރުދަނާކުރުމަށް ކުރެއްވި މަސައްކަތްތައް އެ މުއައްސަސާއިން ފާހަގަކުރެއެވެ.

ޝަރީފް ކަސްޓަމްސްގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 12 ޖެނުއަރީ 1993ގައި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަގާމުންނެވެ. ޝަރީފަކީ ކަސްޓަމްސްގެ މުވައްޒަފެއްގެ ގޮތުގައި އެކި މަޤާމުތަކުގައި އުޅުއްވުމަށްފަހު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާ ހަވާލުވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު