Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ރިޔާސަތު ބަލަހައްޓާނެ މީހަކު ނެތިގެން މަޖިލިސް ޖަލްސާ ހުއްޓޭނެ ސިނާރިއޯއެއް ޤަވާއިދަށް ބަލާއިރު ނެތް: އެމްޑީޕީ

ނަޝީދު މަޤާމުން ވަކި ކުރުމަށް 49 މެންބަރަކު ސޮއި ކުރައްވައި ޤަރާރު ވަނީ ހުށަހަޅުއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ނޮވެމްބަރު 2023 | ހޯމަ 06:48
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ނެތިގެން މަޖިލިސް ޖަލްސާ ހުއްޓޭނެ ސިނާރިއޯއެއް މަޖިލީހުގެ ޤަވާއިދުގައި ނެތްކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އެމްޑީޕީގެ ފަރާތުން ވަކީލު އަބްދުﷲ އަފީފް ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މުޙައްމަދު އިބްރާޙީމްއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ނާއިބްރައީސް ހާޒިރުނުވާ ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅައި، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

އެމްޑީޕީގެ ވަކީލު ވިދާޅުވީ، ނަޝީދު މަޤާމުން ވަކި ކުރުމަށް 49 މެންބަރަކު ސޮއިކުރައްވައި ޤަރާރު ހުށަހަޅުއްވާފައިވާ ކަމަށާއި، އެއީ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ބޮޑު އަދަދެއްކަމަށެވެ.

އެ މައްސަލަ 29 އޮކްޓޯބަރު 2023ގައި އެޖެންޑާ ކުރުމަށްފަހު ޖަލްސާ ކެންސަލްވި ގޮތާއި، އޭގެފަހުން މި މައްސަލަ ތާވަލު ކުރުމަށްފަހު ވެސް ކެންސަލްވަމުން ދިޔަ ގޮތުގެ މައްޗަށް އެމްޑީޕީގެ ވަކީލު ވަނީ އަލިއަޅުވާލައްވާފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ދިނުމަށްފަހު 14 ދުވަސް ވުމުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގައި މި މައްސަލަ އެޖެންޑާ ކުރުމަކީ މަޖިލީހަށް އޮންނަ އިޙުތިޔާރެއް ނޫން ކަމަށާއި، އެއީ ލާޒިމު ކަމެއްކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، މަޖިލީހުގެ ނާއިބްރައީސް ހާޒިރުނުވާ ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާނެ ފަރާތްތަކުގެ ތަރުތީބު 3 ޖޫން 2019 ގައި އޮތް ޖަލްސާގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެއީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙީމް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

އެމްޑީޕީގެ ވަކީލު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 205 ވަަނަ މާއްދާ މަޖިލީހުން މާނަ ކޮށްފައިވާ ގޮތުން މަޖިލީހުގެ އެހެން ޤަވާއިދުތަކުގެ ބާރު ކެނޑިފައިވާ ކަމަށާއި، އެކަން އެެހެން ނުކުރެވޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބުރައީސް ކަމަށެވެ.

އެހެންނަމަވެސް، ނާއިބްރައީސް ނެތް ޙާލަތުގައި ވެސް މަޖިލިސް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަކަށް އެ މާއްދާ މާނަ ކުރަންޖެހޭކަމަށް އެމްޑީޕީން ދެކެއެވެ. އެގޮތުން އެ މާއްދާގެ މާނައަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ރިޔާސަތު މަޖިލީހުގެ ނާއިބްރައީސަށް ޚާއްސަވެގެންވާ ކަމަކަށް ހެދުމެއް ނޫންކަމަށް ޤާނޫނުގެ މަޤްސަދުން ދޭހަވާކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ ހުރިހާ މާއްދާއެއް އެކުއެކީގައި ކިޔާލުމުން ދޭހަވަނީ މަޖިލީހުގެ ރިޔާސަތާ ޙަވާލުވާނެ ފަރާތެއް ނެތިގެން ޖަލްސާ ހުއްޓުމަކަށް ނާންނާނެކަަންކަމަށެވެ.

އެމްޑީޕީގެ ވަކީލު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ މައްސަލަ ހުށަހެޅިފައި އޮއްވައި އެ މައްސަލަ ނުނިންމައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށް ޤަވާއިދުގައި ބުނެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ)ގައި ވަނީ ބުނެފައެވެ.

އެގޮތުގެ މަތިން އިތުބާރު ނެތްކަމުގެ ޖަލްސާގައި އެޖެންޑާ ކުރުމަށްފަހު، ޖަލްސާ ކެންސަލްވެފައިވާތީ ޤަރާރު ހުށަހެޅިފައިނުވުމަކީ މި ޙާލަތަށް ނުފެތޭނެ ސަބަބެއް ނޫންކަމަށް ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު މަޖިލިސް އިދާރާއިންނާއި ބަންޑާރަނައިބުގެ އޮފީހުން ވަނީ މައްސަލައަށްޖަވާބުދާރީވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު