Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަރބަންކޯ

ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވިނަރެސް ފްލެޓަށް ފޯމު ހުށަހެޅުން މަޑުޖައްސާލައިފި

ޓެކްނިކަލް މައްސަލައެއް ޖެހި ޝަކުވާތައް ލިބުނުކަމަށް އަރބަންކޯއިން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ނޮވެމްބަރު 2023 | ހޯމަ 00:54
ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓު ގަތުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފޯމު ހުށަހެޅުން އަރބަންކޯއިން މަޑުޖައްސާލައިފިއެވެ.

އެ ކުންފުނިން އާދީއްތަ ދުވަހުގެ ރޭ ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ފްލެޓު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އާދީއްތަ ދުވަހު ހުޅުވާލި ވަގުތު އެ ޕޯޓަލަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެހެންވެ، އެ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ފޯމު ހުށަހެޅުން މަޑުޖައްސާލީ ކަމަށް އެ އަރބަންކޯއިން ބުންޏެވެ.

އޮންލައިން ޕޯޓަލަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށްފަހު އެ ފްލެޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އަރބަންކޯއިން ބުންޏެވެ.

ވިނަރެސް ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައަޅާފައިވާ ފްލެޓުތަކަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތައްކަން އަރބަންކޯއިން ފާހަގަކުރެއެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލުކަން ފުރިހަމަ ނުވާ ފަރާތްތަކާއި ޔުނިޓު އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓު އިހްތިޔާރުކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކި ހުރި ފްލެޓްތައްވެސް މީގެތެރޭގައި ހިމެނެއެވެ.

ވިނަރެސް އެޕާޓްމަންޓުތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަރބަންކޯއިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން، އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވުނު މަޝްރޫއެއް ކަމަށް އެކުންފުނިން ފާހަގަކުރެއެވެ. 10 ޓަވަރުގެ މި މަޝްރޫއަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް، މެދުފަންތީގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިންގައި، ޚިދުމަތް ފޯރުކޮށްދޭ މަޝްރޫއެވެ.

އަރބަންކޯވިނަރެސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
21 ޑިސެމްބަރު 2024

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި

21 ޑިސެމްބަރު 2024
އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި
21 ޑިސެމްބަރު 2024

ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ

21 ޑިސެމްބަރު 2024
ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ
04 ޑިސެމްބަރު 2024

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ

04 ޑިސެމްބަރު 2024
ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ
22 ސެޕްޓެމްބަރު 2024

ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ދައުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމަނީ

22 ސެޕްޓެމްބަރު 2024
ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ދައުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމަނީ
30 އެޕްރީލު 2024

ޓެކްނިކަލް މައްސަލަ އެއް ދިމާވެފައިވާތީ އޮންލައިން ޕޯޓަލްމެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމުތައް ބާތިލު

30 އެޕްރީލު 2024
ޓެކްނިކަލް މައްސަލަ އެއް ދިމާވެފައިވާތީ އޮންލައިން ޕޯޓަލްމެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމުތައް ބާތިލު
01 ފެބުރުއަރީ 2024

ވިނަރެސް ފްލެޓްތަކުގެ މަހު ކުލިން 4،200 ރުފިޔާ ކުޑަކޮށްފި

01 ފެބުރުއަރީ 2024
ވިނަރެސް ފްލެޓްތަކުގެ މަހު ކުލިން 4،200 ރުފިޔާ ކުޑަކޮށްފި
11 ޖެނުއަރީ 2024

ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

11 ޖެނުއަރީ 2024
ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
10 ޖެނުއަރީ 2024

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު