Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

ރީބްރޯޑްކާސްޓު ކުރެވޭނީ ލައިސެންސް އޮވެގެން، ހުއްދަނެތި ކުރާނަމަ ޖޫރިމަނާ ކުރާނެ

މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ލައިސަންސް އައުކުރުން ލާޒިމު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2023 | ހޯމަ 00:51
ބްރޯޑްކޮމްގެ މެމްބަރުން

ބްރޯޑްކޮމްގެ މެމްބަރުން

ވިޔަފާރި އުސޫލުން ރީބްރޯޑްކާސްޓް ކުރާނަމަ، ލައިސަންސް ނަގަން ލާޒިމްކޮށް ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

މި ގަވާއިދަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ގެނައި ދެވަނަ އިސްލާހުގައި ވަނީ ހަތަރު ކަމެއް ބަޔާންކޮށްފައެވެ. އެގޮތުން ރަށްތަކާއި ސިޓީތަކާއި ހޮޓާ، ރެސްޓޯރެންޓް އަދި ރިސޯޓުތަކުގައި، އެއާޓެލް، ޑިޝްޓީވީ ނުވަތަ އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ ބޭނުމަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ޗެނަލް ރީބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ނެތި ޚިދުމަތް ދެމުންދިއުމާއި، އެ ޚިދުމަތް ވިޔަފާރި އުސޫލުން ލިބިގަންނަ ފަރާތްތަކުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

Advertisement - newsAdvertisement

އަމިއްލަ ބޭނުމަށް ފިޔަވައި ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ނެގުން ގަވާއިދަށް ގެނައި އައު އިސްލާހުގެ ދަށުން ލާޒިމުވާނެއެވެ. އަދި ލައިސަންސްގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އެ ލައިސަންސް އައުކުރުމަށް ހުށަހެޅުން ލާޒިމްކޮށް، އެ މުއްދަތުގެ ފަހުން ލައިސަންސް އައު ކުރުމަށް ހުށަހެޅުންތައް ބަލައިނުގަންނާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޗެނަލް ރައިޓްސް ނެތި ވިޔަފާރި އުސޫލުން ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުން ހުއްޓުވުމުގެ ގޮތުން އެ ރައިޓްސް ނެތި ބްރޯޑްކާސްޓް ކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ. އަދި އަހަރީ ފީ ނުދައްކާ ފަރާތްތައް ވެސް ޖޫރިމަނާ ކުރާނެ ކަމަށް ބުންޏެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހު މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކޮށްފައިވާއިރު، އެ ގަވާއިދަށް އަމަލުކުރަން ވަނީ ފަށާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

02 ސެޕްޓެމްބަރު 2025
"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

19 އޯގަސްޓު 2025
ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

18 އޯގަސްޓު 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

24 ޖޫން 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު